ލެވަންޑޮސްކީ (ކ) ޔަމާލް އަދި އޯލްމޯ އާއެކު އުފާފާޅުކުރަނީ..
ކުޅިވަރު
09 Aug 2025 | 02:56
ޔުއެފާ އިން ޔަމާލް އަދި ލެވަންޑޮވްސްކީ ޖޫރިމަނާކޮށްފި

ޔޫރަޕްގެ ފުޓްބޯޅަ މައި އިދާރާ ޔުއެފާ އިން ބާސެލޯނާގެ ޒުވާން ފޯވާޑް ލަމީން ޔަމާލް އަދި ތަޖްރިބާކާރު ފޯވާޑް ރޮބަޓް ލެވަންޑޮވްސްކީ މިއިން ކޮންމެ ކުޅުންތެރިއަކު 5،000 ޔޫރޯ އިން ޖޫރިމަނާކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޔުއެފާ އިން މިދެކުޅުންތެރިން ޖޫރިމަނާ ކޮށްފައިވަނީ މިދިޔަ ސީޒަން ޗެންޕިއަންސް ލީގުގެ ސެމީފައިނަލް ދެވަނަ ލެގުގައި އިންޓަ މިލާން ދަނޑުގައި ކުޅެ 4-3 ގެ ނަތީޖާއަކުން ބާސެލޯނާ ބަލިވި މެޗަށް ފަހު އެންޓި-ޑޯޕިންގ ގަވާއިދަށް މި ދެކުޅުންތެރިން އިޚްތިރާމް ނުކުރުމުގެ ސަބަބުންނެވެ.

ޔުއެފާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ދެކުޅުންތެރިންވެސް ޖޫރިމަނާ ކޮށްފައިވަނީ ޑޯޕިންގ ކޮންޓްރޯލް އޮފިސަރުގެ އިރުޝާދުތަކާ ޚިލާފުވެ ޑޯޕިންގ ކޮންޓްރޯލް ސްޓޭޝަނަށް ދިއުން ލަސްވުމުގެ ސަބަބުންނެވެ.

މިމެޗުގައި ޔަމާލްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މެޗަށްފަހު ޑޯޕިން ޓެސްޓް ހެދުމަށް ޔަމާލް އިންކާރުކުރުމާއެކު ބައެއް ފަރާތްތަކުން ވަނީ ޔަމާލް ޑޯޕިންގެ ޤަވާއިދުތަކާއި ޚިލާފުވެފައިވާކަމުގެ ތުހުމަތުގެ އިނގިލި ދިއްކުރަމުންނެވެ.

މީގެ އިތުރުން، ބާސެލޯނާގެ ކޯޗު ހާންސި ފްލިކް ވެސް ވަނީ 20،000 ޔޫރޯގެ ޖޫރިމަނާއަކާއި އެކު ޔުއެފާ ކްލަބް މުބާރާތްތަކުގެ އެއް މެޗަށް ސަސްޕެންޑްކޮށްފައެވެ. މި އަދަބު ދީފައިވަނީ ޔުއެފާގެ އާންމު އުސޫލުތަކާ ޚިލާފުވުމުގެ އިތުރުން އަސާސީ އަޚްލާޤީ މިންގަނޑުތަކާ ޚިލާފުވުމުގެ ސަބަބުންނެވެ.

މީގެ އިތުރުން ފްލިކްގެ އެސިސްޓެންޓް މާކަސް ސޯގް ވެސް ވަނީ ޖޫރިމަނާކުރުމުގެ އިތުރުން އެއް މެޗަށް ސަސްޕެންޑްކޮށްފައެވެ. އަދި މި ހުރިހާ އަދަބެއްވެސް ވަގުތުން ތަންފީޒު ކުރެވޭނެއެވެ. އަދި ބާސެލޯނާގެ ދެން އެންމެ އަވަހަށް ކުޅޭ ޗެންޕިއަންސް ލީގު މެޗުގައި ފްލިކްގެ އިތުރުން ސޯގްއަށް ވެސް ބެންޗުގައި ތިބުމުގެ ފުރުސަތެއް ނުލިބޭނެއެވެ. އަދި އެމެޗުގައި ބާސެލޯނާގެ ސަޕޯޓަރުން ދަނޑަށް އެއްޗެހި އުކުމުގެ ސަބަބުން 5،250 ޔޫރޯ އަދި ފަޓާސް ޖެހުމުގެ ސަބަބުން 2،500 ޔޫރޯ އިން އެކުލަބް ވަނީ ޖޫރިމަނާ ކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.