މުސްއަބް.. ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު
10 Aug 2025 | 13:50
ސިވިލް ސާވިސް ކޮމިޝަނުން މުސްއަބަށް، މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ސިވިލްކޯޓުން ހުކުމްކޮށްފި

އިސްލާމިކް މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީގެ މަގާމުން ވަކިކުރި މުސްއަބް އަބްދުﷲ އަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ސިވިލްކޯޓުން ހުކުމްކޮށްފިއެވެ.

ސިވިލްކޯޓުން މިދިޔަ ބްރާސްފަތިދުވަހު މިގޮތަށް ހުކުމްކޮށްފައިވަނީ، 2019 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 10 ވަނަ ދުވަހު  މުސްއަބް، އިސްލާމިކް މިނިސްޓްރީގައި އޭނާ ހުންނެވި މަގާމުން ވަކިކުރުމާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލުގެ ހޯދުމަށް އެ ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.

ސިވިލް ސާވިސް ކޮމިޝަނުން މުސްއަބް ވަޒީފާއިން ވަކިކުރުމުން އޭނާ ވަނީ، އެއީ ގާނޫނާ ހިލާފަށް ކުރިކަމެއް ކަނޑައަޅައިދިނުމަށް އެދި ހައިކޯޓުގެ އިތުރުން ސްޕްރީމް ކޯޓަށްވެސްމިދިޔަ އަހަރު މައްސަލަ ހުށަހަޅާފައެވެ. ސިވިލް ސާވިސް ކޮމިޝަނާ ދެކޮޅަށް ކުރި ދައުވާގައި އެކޯޓުގެ ނިންމުން އައިސްފައިވަނީ އޭނާއާ އެއްކޮޅަށެވެ. އަދި މި މައްސަލާގައި ރާއްޖޭގެ އެންމެ މަތީ ކޯޓް، ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެކޯޓުންވެސް ވަނީ ހައިކޯޓުގެ ހުކުމް ދަމަހައްޓާފައެވެ.

ސިވިލް ސާވިސް ކޮމިޝަނުން އޭރު މުސްއަބް ވަކިކޮށްފައިވަނީ އޭނާގެ މައްޗަށް ހުށަހެޅުނު ދެ މައްސަލައެއް ބެލުމަށްފަހުއެވެ. އެއް މައްސަލައަކީ އިސްލާމިކް މިނިސްޓްރީގައި ނެތް މުއައްޒަފަކު ޕޭރޯލްގައި ރަޖިސްޓްރީކޮށް ހިމަނައި އޭނާއަށް މުސާރަދިން މައްސަލައެވެ. އަނެއް މައްސަލައަކީ ދައުލަތުގެ ސިއްރު ލިއުމެއް ސޯޝަލް މީޑިއާއަށް ލީކްކޮށްލިކަމަށް ބުނާ މައްސަލައެވެ. މީގެ ތެރެއިން މުސްއަބް ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވަނީ ސިއްރު ލިޔުން އާއްމުކުރި މައްސަލާގައެވެ.

ސިވިލްކޯޓުން މިއަދު ސިވިލް ސާވިސް ކޮމިޝަނާ ދެކޮޅަށް ކުރި ހުކުމްގައި ބުނެފައިވަނި، ޝަރީއަތަށް ހަރަދުވި 40،000 ރުފިޔާ އާއި މުސްއަބް ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާގެ އެއްބަސްވުމުގެ މުއްދަތުގައިވާ 2 އަހަރާއި 10 މަހުގެ އިތުރުން 15 ދުވަހުގެ މުސާރައާ އިނާޔަތުގެ ގޮތުގައި ލިބެންޖެހޭ 1.14 މިލިއަން ރުފިޔާ ސެޕްތެމްބަރުމަހުގެ 7 ވަނަ ދުވަހުގެ ކުރިން މުސްއަބަށް ދައްކައި ހަލާސްކުރަންޖެހޭނޭ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފި
ނެޝަނަލް ފިޓްނަސް ޕްލޭނުގެ ދަށުން އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފިއެވެ. ބާކީ ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
27 Sep 2026
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ، އާ ބްރޭންޑެއް ތަޢާރަފުކުރުމާއި ހިލޭ ރަހަ ބެލުމާއި ކޮންމެ ދުވަހަކު ނަސީބުވެރިން ހޮވުން ކުރިއަށް ގެންދާނެއެވެ.
27 Sep 2026
ހޮޓެލް އޭޝިއާ މޯލްޑިވްސް: ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުރިއަރާފައިވާ ޕްލެޓްފޯމަށް
2000 ވަނަ އަހަރު އާދައިގެ ކުޑަ ފެށުމަކުން ފެށި ނަމަވެސް ހޮޓެލް އޭޝިއާ މޯލްޑިވްސް ހަރަކާތް މިއަދު ވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ރިސޯޓް ސަޕްލައި އަދި ކަލިނަރީ ދާއިރާގެ އެންމެ އިތުބާރު ހިފޭ އެއް ޕްލެޓްފޯމަށެވެ.
27 Sep 2026
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި
ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.
27 Sep 2026
ރަސްމާލެއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް އޮޓަމެޓިކުން ވާރުތަ ނުވާނެ
ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހަކަށް އަދި އާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވިސާ ދިނުމާއި ކެންސަލްކުރުމަކީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަމައެކަނި އެ އިދާރާއިން ކުރާ ކަމެއްކަން ވަޒީރު ސާފުކޮށްދެއްވިއެވެ.
27 Sep 2026
ސައިކަލެއްގެ މަޑިދަށުން ދޮޅު ލައްކަ ރުފިޔާ ވަގަށް ނަގައިފި
މީގެ އިތުރުން ފުލުހުން ބުނީ، އެ ފައިސާގެ ތެރެއިން، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާ، އަދި 40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އަނެއް 55،000 ރުފިޔާ، ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
27 Sep 2026
ފަތުރުވެރިކަން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނަން: ރައީސް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިންނަށް ލިބޭ ތަޖުރިބާތައް ފުރިހަމަކުރުމަށްޓަކައި، އާ އީޖާދުތައް ބަލައިގަނެ، ހުނަރުތަކަށް އިންވެސްޓްކޮށް، ޑިޖިޓަލް ޙައްލުތަކުގެ ބޭނުން ހިފުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.