މާޒިޔާ އާއި އަލް އަރަބީ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: އަދަދު ސްޕޯޓްސް
ކުޅިވަރު
12 Aug 2025 | 20:23
އޭއެފްސީ ޖެލެންޖް ލީގު ކޮލިފައިންގ: އަލް އަރަބީ އަތުން ބަލިވެ މާޒިޔާ ކަޓައިފި

އޭއެފްސީ ޗެލެންޖް ލީގު ކޮލިފައިންގައި މިއަދު ހަވީރު، އަމިއްލަ ދަނޑުގައި ކުވެއިތުގެ އަލް އަރަބީ އަތުން 4-0 ގެ ނަތިޖާއަކުން ބަލިވެ މުބާރާތުގެ ގުރޫޕް ސްޓޭޖުން ރާއްޖޭގެ މާޒިޔާއަށް ފުރުސަތު ގެއްލިއްޖެ އެވެ.

ގަލޮޅު ރަސްމީ ދަނޑުގައި މިއަދު މެންދުރުފަހު ކުޅުނު މިމެޗުގެ ވަރަށް ކުރީކޮޅު އަލް އަރަބީ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް ލީޑުހޯދާފައެވެ. މިލަނޑު މެޗުގެ ދެވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ނައިޖީރިއާ ފޯވާޑް އަނަޔޯ އިވުއާލާ އެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބެލްޖިއަމް ފޯވާޑް ފޮންޓެއިން އެންގޯއި އެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މިހާފުގައި މާޒިޔާގެ އަހުމަދު އައިހަމް އަދި ހަމްޒާ މުހައްމަދު (ހަމްޕު) އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި ދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އަލް އަރަބީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި އަލް އަރަބީ އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން އެޓީމުގެ ތިންވަނަ ލަނޑު ދެވަނަ ހާފުގައި 53 ވަނަ މިނެޓުގައި ކާމިޔާބުކުރީ ފަހުހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ނައިޖީރިއާ ފޯވާޑް ކްރިސްޓޮފާ ޕޮވޭއި އެވެ.

އަލް އަރަބީގެ ހަތަރުވަނަ ލަނޑު ފަހުހާފުގެ 87 ވަނަ މިނެޓުގައި ކާމިޔާބުކުރީ އެޓީމުގެ މިޑްފީލްޑަރު ހުސެއިން އަލް މޮހްސިން އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-0 ގެ ނަތީޖާއަކުން އަލް އަރަބީ ކުރީގައި އޮވެގެންނެވެ.

މިއީ، އޭއެފްސީގެ މުބާރާތެއްގެ ކޮލިފައިން ބުރުން މާޒިޔާ ކެޓި ފުރަތަަމަ ފަހަރެެވެ. މީގެ މާޒިޔާ އިން ވަނީ، އޭއެފްސީ މުބާރާތްތަކުގެ ކޮލިފައިންގައި އެޓީމުން ވާދަކުރި ދެ ފަހަރު ވެސް ގްރޫޕް ސްޓޭޖުން ޖާގަ ހޯދައިފަ އެވެ.

އެގޮތުން، 2014 ވަނަ އަހަރުގެ އޭއެފްސީ ކަޕް ކޮލިފައިންްގައި، ފިލިޕީންސްގެ ޝެރެސް އަތުން މޮޅުވިއިރު، 2020 ވަނަ އަހަރުގެ އޭއެފްސީ ކަޕް ކޮލިފައިންގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އާއި އިންޑިއާގެ ބެންގަލޫރުގެ ފަހަތައް ޖައްސާލުމަށްފަހު އެޓީމު ވަނީ ގްރޫޕް ސްޓޭޖުން ޖާގަ ހޯދާފަ އެެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.