ޝާހިދު އެމްޑީޕީ ޤަުމީ މަޖިލީހުގެ ޖަލްސާއެއްގައި
ހަބަރު
15 Aug 2025 | 10:45
ފެނިގެން މިދިޔައީ ރައްޔިތުންގެ އަޑު އައްސަވަން ރައީސް ބޭނުންފުޅުނުވި މަންޒަރު: ޝާހިދު

ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ލާމަރުކަޒީ ބިލް ތަސްދީގް ކުރެއްވުމުން ދޭހަކޮށްދެނީ އެމަނިކުފާނު ރައްޔިތުންގެ އަޑުއަހަން ބޭނުންފުޅުނުވި މަންޒަރުކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ވަނީ ތަސްދީގު ކުރައްވާފައެވެ. މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ރައީސް މިއަދު ބިލް ތަސްދީގް ކުރެއްވީ، 100 އަށްވުރެ ގިނަ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށް ނެރެފައިވާ ބަޔާންތަކަށް އެއްވެސް މިންވަރެއްގެ އަޅާލުމެއް ބަލާލުމެއްނެތި ބީރުކަންފަތެއްދެއްވުމަށްފަހުކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާ އެ ބިލް ތަސްދީޤުކުރެއްވުމުން ސާބިތުކޮށްދިނީ، ލާމަރުކަޒީ ނިޒާމު ގެ އުސޫލުތައް ފުނޑުފުޑުކޮށްލުމަށް ބޭނުންފުޅުވުމުގެ އިތުރަށް ރައްޔިތުންގެ އަޑު އަށްސަވަންވެސް އެމަނިކުފާނު ބޭނުންފުޅު ނުވިކަން ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ސަރުކާރުން ލާމަރުކަޒީ އުސޫލްތަކަށް ގެނައި ބަދަލުތަށް ރައްޔިތުން ބަލައެއް ނުގަންނަ ކަމަށާއި، މި ބަދަލުތައް ބާތިލުކޮށް އިހުއޮތް ބާރުވެރިކަން އެމްޑީޕީގެ ސަރުކާރެއްގައި ހޯއްދަވައިދެއްވާނޭ ކަމަށެވެ.

ސަރުކާރުން ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހަށް އިދިކޮޅު އެމްޑީޕީން ވަނީ ވަރަށްބޮޑަށް ފާޑުކިޔާފައެވެ. މިކަމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ ގެނައި އިސްލާހާއެކު ކައުންސިލްތައް އިތުރަށް ބާރުވެރި ވެގެންދާނޭކަމަށެވެ.

އެގޮތުން ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވުމުގެ މައިގަނޑު ބޭނުމަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ވިޔަފާރީގެ ޙަރަކާތްތައް ހިންގުމުގެ ދާއިރާ ޤާނޫނުގައި ކަނޑައެޅުމަށާއި، ހިލޭ އެހީގެ ގޮތުގައި ދައުލަތުން ކައުންސިލްތަކަށް ފައިސާ ދިނުމުގައި ޢަމަލުކުރަންޖެހޭ ބައެއް އުސޫލުތައް މުރާޖަޢާކުރުމަށާއި، ކައުންސިލްތަކުގެ ޢުމުރުގެ ފަހު އަހަރުގެ ތެރޭގައި ކައުންސިލްތަކުން މުހިންމު މާލީ ކަންކަން ނިންމުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުންކަމަށެވެ.

ސަރުކާރުން ގާނޫނަށް ގެންނައި އެއް ބަދަލަކީ ކައުންސިލްތަކުން އުފައްދާ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތައް ވަކި ޝަރުތުތަކަކަށް ފެއްްތުމެވެ. އެ ގޮތުން 10 މިލިއަނަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ނުކުރެވޭނެ އެވެ. މީގެ އިތުރުން ކައުންސިލުގެ ދައުރުގެ ފަހު އަހަރުގައި ފިނޭންސް މިނިސްޓްރީއާއި އެލްޖީއޭގެ އިރުޝާދުތަކާއި ކަނޑައަޅާ އުސޫލުތަކާ ހިލާފަށް ދާއިމީ ނުވަތަ ކޮންޓްރެކްޓު މުވައްޒަފުން ވަޒީފާއަށް ނުނެގޭނެ އެެވެ.

އަދި އެ މުއްދަތުގައި ކައުންސިލުގެ އިހުތިސާސްގެ ދަށުގައި ހުރި ބިންތައް ކުއްޔަށް ދޫނުކުރެވޭނެ އެވެ. މީގެ އިތުރުން ކުރިން ޕްލޭން ނުކުރާ ތަރައްގީގެ މަޝްރޫއުތައްވެސް އެ މުއްދަތުގައި ނުފެށޭނެ އެވެ.

ކޮމެންޓް
މިޔަރެން
ކަލޭމެން ކިތައް ކަންތައްކުރި ތިޔަބުނާހެން. ކަލޭމެންގެ ވެރިކަމުގައި އިދިކޮޅު ކައުންސިލެއް ވެއްޖެޔާތަފާތު ކޮއްފަހުރީ
15 Aug 2025
ސަލެެމް
މަޖިލީހުން ފާސްކުރީ. މަޖިލީހުގަ ތިބެނީ ޤާނޫނުހަދަން ރައްޔިތުން ހޮވާފަ ތިބޭ ބައެއް ނޫންތަ؟ ކައުންސިލްތަކުން އަމަލުކުރާނީ ޤާނޫނުތަކަށް.
15 Aug 2025
ގުޅޭ ލިޔުންތައް
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.
27 Sep 2026
ރަސްމާލެއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް އޮޓަމެޓިކުން ވާރުތަ ނުވާނެ
ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހަކަށް އަދި އާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވިސާ ދިނުމާއި ކެންސަލްކުރުމަކީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަމައެކަނި އެ އިދާރާއިން ކުރާ ކަމެއްކަން ވަޒީރު ސާފުކޮށްދެއްވިއެވެ.
27 Sep 2026
ސައިކަލެއްގެ މަޑިދަށުން ދޮޅު ލައްކަ ރުފިޔާ ވަގަށް ނަގައިފި
މީގެ އިތުރުން ފުލުހުން ބުނީ، އެ ފައިސާގެ ތެރެއިން، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާ، އަދި 40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އަނެއް 55،000 ރުފިޔާ، ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
27 Sep 2026
ފަތުރުވެރިކަން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނަން: ރައީސް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިންނަށް ލިބޭ ތަޖުރިބާތައް ފުރިހަމަކުރުމަށްޓަކައި، އާ އީޖާދުތައް ބަލައިގަނެ، ހުނަރުތަކަށް އިންވެސްޓްކޮށް، ޑިޖިޓަލް ޙައްލުތަކުގެ ބޭނުން ހިފުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
27 Sep 2026
އިނގިރޭސިން ބަލިކޮށް ސްޕެއިން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި
ދެވަނަ ހާފު ފެށުނުތަނާހެން އިންގްލެންޑަށް ޕެނަލްޓީއެއް ލިބުނެވެ. އެއީ ރޮޑްރީ، ބެލިންހަމްއަށް ކުރި ފައުލަކާ ގުޅިގެން ވީއޭއާރު ބެލުމަށްފަހު ދިން ޕެނަލްޓީއެކެވެ. ނަމަވެސް ކޭން ފޮނުވާލި ޕެނަލްޓީ ގޯލުގެ ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ.
27 Sep 2026
ކްރިއޭޓިވް ނެޓްވޯކުގެ ކްރައިމް ތްރިލާ ސީރީޒް "ޖުންޖުލާ" އޮކްޓޫބަރުގައި ދައްކަން ފަށަނީ
ވީޑިއޯކްލަބް މެދުވެރިކޮށް ނެރޭ ގޮތަށް ހެދުމުން ރާއްޖޭގެ އެކި ހިސާބުތަކުގެ އިތުރުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް ވެސް ފަސޭހައިން ބަލާލެވޭނެ
27 Sep 2026
ހޮރްމުޒް ކަނޑުއޮޅި ހުޅުވާލުމުގެ ހުށަހެޅުން ޓްރަމްޕް ގަބޫލެއް ނުކުރި
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ޓެލެގްރާމްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕްގެ މި ނިންމުން ފާހަގަކުރައްވަމުން، ޓްރަމްޕަކީ މީގެ ކުރިންވެސް އެކި ފަހަރު އެކި ގޮތަށް، ދެކޮޅުނުޖެހޭ ވާހަކަ ދައްކާ މީހެއް ކަމަށް ތުހުމަތު ކުރެއްވިއެވެ. އަދި ވިދާޅުވީ، މެދުވެރިން މެދުވެރިކޮށް އެމެރިކާގެ ރަސްމީ ބަސް ލިބުމުން، އޭގެ މައްޗަށް ބިނާކޮށް އީރާނުން ގޮތެއް ނިންމާނެ ކަމަށެވެ.
27 Sep 2026
"މުސްތަޤުބަލު ބިނާކުރުމަށް މަތީ ސާނަވީ އިމްތިޙާނަކީ މުހިއްމު މަރުޙަލާއެއް"
މިއަހަރުގެ މަތީ ސާނަވީ އިމްތިޙާނު މިއަދު ފެށުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ، މިއަހަރު އެ އިމްތިޙާނުގައި ބައިވެރިވާ ދިވެހި ހުރިހާ ދަރިވަރުންނަށާއި އެކުދިންގެ ޢާއިލާތަކަށާއި މަދުރަސާތަކަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގަންނަވާފައެވެ.