އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ހަބަރު
15 Aug 2025 | 19:20
ދަރިފުޅާ ގުޅޭ ވާހަކަތައް ޝަހީމް ދޮގުކުރައްވައިފި، ގައިގަ ބަނދެން ވޭޕް އެތެރެއެއް ނުކުރޭ

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ދޮށީ ދަރިފުޅު އަބްދުالله މާހިލް ޝަހީމްއާ ގުޅޭގޮތުން ފަތުރަމުންދާ ވާހަކަތައް ޝަހީމް ދޮގުކުރައްވައިފި އެވެ.

ޝަހީމްގެ ދަރިފުޅު މާހިލް, ރޭ ވަނީ މެލޭޝިޔާ އިން އައިސްފަ އެވެ. އޭނާ ހުއްޓުވާ ބަލާ ފާސްކުރިއިރު ގައިގައި ބަނދެގެން ވޭޕްގެ ސާމާނު އެތެރެކުރި ކަމަށް ބުނެ ނޫސްތަކުގައި ވަނީ ރިޕޯޓް ކޮށްފަ އެވެ. އެތަކެތި އެތެރެކުރީ ގައިގައި ބަނދެގެންނާއި ލަގެޖްގައި ކަމަށް ވެސް ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުން 118 ވޭޕް ސްޓިކް މާހިލް އެތެރެކުރަން އުޅުނެވެ. އަދި މިލިއަނަކަށް ވުރެ ގިނަ ރުފިޔާ އިން އޭނާ ވަނީ ޖޫރިމަނާ ކޮށްފަ އެވެ.

އެ ވާހަކަތަކާއި ގުޅޭގޮތުން މިނިސްޓަރު ޝަހީމް ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފަ އެވެ. ވިދާޅުވީ ގައިގައި ބަނދެގެން ވޭޕް ސާމާނުތަކެއް އެތެރެކުރި ކަމަށް ބުނެ ހަގީގަތާއި ހިލާފު ވާހަކަތަކެއް ފެތުރުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ. އަދި އޭނާގެ ދަރިފުޅު މާހިލް އަކީ މެލޭޝިޔާގެ އެމްބަސީގައި ވަޒީފާގައި ހުރި މީހެއް ނޫން ކަަމަށްވެސް ވިދާޅުވި އެވެ.

"ހަބަރުތައް ރަނގަޅު ކުރުން އެދެން," ގޯސްކޮށް ލިޔެފައިވާ ހަބަރުތައް އިސްލާހު ކުރުމަށް އެދި މިނިސްޓަރު ޝަހީމް ލިޔުއްވާފައިވެ އެވެ.

މިނިސްޓަރު ޝަހީމް ދޮގުކުރި ރިޕޯޓްގައި ބުނާ ގޮތުން މާހިލް ހުރީ އެމްބަސީގެ ވަޒީފާއެއްގަ އެވެ. މުސާރައާ އެލަވަންސްތަކާއެކު ލައްކައެއްހާ ރުފިޔާ ލިބޭ ކަަމަށެވެ. ނަމަވެސް މިނިސްޓަރު ޝަހީމް ކުރީން ވެސް ވަނީ އެ ވާހަކަ ދޮގު ކުރައްވާފަ އެވެ. 

ކޮމެންޓް
އިއްބެ
ބަދެގެންވިޔަސް ނުބަދެވިޔަސް ތިއެއްޗެއް އެތެރެކުރިހޭ،،،ވަޒީފާގަ ހުއްޓަސްނެތަސް 100000ރ ލިބޭހޭ ނުލިބޭހޭ ސުވާލަކީ؟
15 Aug 2025
އިސްލާހު
"ރިޕޯޓްތައް ބުނާގޮތުން 118 ވޭޕް ސްޓިކް މާހިލް އެތެރެކުރަން އުޅުނެވެ. އަދި މިލިއަނަކަށް ވުރެ ގިނަ ރުފިޔާ އިން އޭނާ ވަނީ ޖޫރިމަނާ ކޮށްފަ އެވެ." މީ ކިހިނެއް ވާ ކަމެއްތޯ.؟
16 Aug 2025
ގުޅޭ ލިޔުންތައް
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.
27 Sep 2026
ރަސްމާލެއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް އޮޓަމެޓިކުން ވާރުތަ ނުވާނެ
ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހަކަށް އަދި އާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވިސާ ދިނުމާއި ކެންސަލްކުރުމަކީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަމައެކަނި އެ އިދާރާއިން ކުރާ ކަމެއްކަން ވަޒީރު ސާފުކޮށްދެއްވިއެވެ.
27 Sep 2026
ސައިކަލެއްގެ މަޑިދަށުން ދޮޅު ލައްކަ ރުފިޔާ ވަގަށް ނަގައިފި
މީގެ އިތުރުން ފުލުހުން ބުނީ، އެ ފައިސާގެ ތެރެއިން، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާ، އަދި 40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އަނެއް 55،000 ރުފިޔާ، ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
27 Sep 2026
ފަތުރުވެރިކަން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނަން: ރައީސް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިންނަށް ލިބޭ ތަޖުރިބާތައް ފުރިހަމަކުރުމަށްޓަކައި، އާ އީޖާދުތައް ބަލައިގަނެ، ހުނަރުތަކަށް އިންވެސްޓްކޮށް، ޑިޖިޓަލް ޙައްލުތަކުގެ ބޭނުން ހިފުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
27 Sep 2026
އިނގިރޭސިން ބަލިކޮށް ސްޕެއިން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި
ދެވަނަ ހާފު ފެށުނުތަނާހެން އިންގްލެންޑަށް ޕެނަލްޓީއެއް ލިބުނެވެ. އެއީ ރޮޑްރީ، ބެލިންހަމްއަށް ކުރި ފައުލަކާ ގުޅިގެން ވީއޭއާރު ބެލުމަށްފަހު ދިން ޕެނަލްޓީއެކެވެ. ނަމަވެސް ކޭން ފޮނުވާލި ޕެނަލްޓީ ގޯލުގެ ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ.
27 Sep 2026
ކްރިއޭޓިވް ނެޓްވޯކުގެ ކްރައިމް ތްރިލާ ސީރީޒް "ޖުންޖުލާ" އޮކްޓޫބަރުގައި ދައްކަން ފަށަނީ
ވީޑިއޯކްލަބް މެދުވެރިކޮށް ނެރޭ ގޮތަށް ހެދުމުން ރާއްޖޭގެ އެކި ހިސާބުތަކުގެ އިތުރުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް ވެސް ފަސޭހައިން ބަލާލެވޭނެ
27 Sep 2026
ހޮރްމުޒް ކަނޑުއޮޅި ހުޅުވާލުމުގެ ހުށަހެޅުން ޓްރަމްޕް ގަބޫލެއް ނުކުރި
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ޓެލެގްރާމްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕްގެ މި ނިންމުން ފާހަގަކުރައްވަމުން، ޓްރަމްޕަކީ މީގެ ކުރިންވެސް އެކި ފަހަރު އެކި ގޮތަށް، ދެކޮޅުނުޖެހޭ ވާހަކަ ދައްކާ މީހެއް ކަމަށް ތުހުމަތު ކުރެއްވިއެވެ. އަދި ވިދާޅުވީ، މެދުވެރިން މެދުވެރިކޮށް އެމެރިކާގެ ރަސްމީ ބަސް ލިބުމުން، އޭގެ މައްޗަށް ބިނާކޮށް އީރާނުން ގޮތެއް ނިންމާނެ ކަމަށެވެ.
27 Sep 2026
"މުސްތަޤުބަލު ބިނާކުރުމަށް މަތީ ސާނަވީ އިމްތިޙާނަކީ މުހިއްމު މަރުޙަލާއެއް"
މިއަހަރުގެ މަތީ ސާނަވީ އިމްތިޙާނު މިއަދު ފެށުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ، މިއަހަރު އެ އިމްތިޙާނުގައި ބައިވެރިވާ ދިވެހި ހުރިހާ ދަރިވަރުންނަށާއި އެކުދިންގެ ޢާއިލާތަކަށާއި މަދުރަސާތަކަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގަންނަވާފައެވެ.