އެމްބެސެޑަރުކަން ހަވާލުކުރުމުގެ ތެރެއިން..
ހަބަރު
18 Aug 2025 | 10:00
މޯލްޑިވްސް އިސްލާމިކް ޓޫރިޒަމްގެ ފުރަތަމަ އެމްސެސެޑަރުކަން މަޝްހޫރު އިންފްލުއެންސަރ ޝުޢައިބް މާ އަށް

މޯލްޑިވްސް އިސްލާމިކް ޓޫރިޒަމްގެ އެމްބެސެޑަރުކަން މަޝްހޫރު އިންފްލްުއެންސަރ ޗައިނާގެ ޝުއައިބު މާ އަށް ދީފިއެވެ.

ޝުއައިބް މާ އަށް އެމްބެސެޑަރުކަން ހަވާލުކުރުން ކުރިއަށްގެންގޮސްފައިވަނީ މިދިޔަ ހޮނިހިރުދުވަހުގެ ރޭ އުކުޅަހުގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. ޝުއައިބަށް އެމްބެސެޑަރުކަން ހަވާލުކޮށްދެއްވީ ތޮއްޑޫ ދާއިރާގެ މަޖިލީހުގެ މެމްބަރު ހުސައިން ސަމީރު އަދި އުކުޅަހު ކައުްނސިލުގެ ރައީސް ޝައުކަތް އިބްރާހީމެވެ. 

މި ހަފްލާގައި އެމްއެމްޕީއާރުސީގެ ބޯޑު މެމްބަރު އަބްދުއްﷲ ސަމީއު އާއި މޯްލޑިވްސް އިސްލާމިކް ޓޫރިޒަމްގެ ޗެއާޕާސަން އަހުމަދު ފައިސަލް އަދި އިކުޅަހުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ.

މޯލްޑިވްސް އިސްލާމިކް ޓޫރިޒަމަކީ ދުނިޔޭގެ މުސްލިމް ފަތުރުވެރިންނަށް އަމާޒުކޮށް ރާއްޖޭގައި އިސްލާމީ އުސޠލްތަކާ އެއްގޮތަށް ފަތުރުވެރިކަން ފުޅާކުރުމުގެ މަގްސަދުގައި ރަޖިސްޓްރީކޮށްގެން ހިންގަމުްނގެންދާ ޖަމިއްޔާއެކެވެ. މި ޖަމިއްޔާއިން މަސައްކަތް ފަށާފައިވަނީ މީހުންދިރިއުޅޭ ރަށްރަށުގެ ފަތުރުވެރިކަމުގެ ވިޔަފާރިއަށް އެހީވުމަށެވެ. އެގޮތުން އޯފް ސީޒަނުގައި ދިމާވާ ގޮންޖެހުންތަކަށް އެޖަމިއްޔާއިން ގެންދަނީ އެހީތެރިވަމުންނެވެ.

މި ހަފްލާގައި ވާހަކަދައްކަމުން ސެމްބެސެޑަރު ޝުއައިބް ބުނީ މޯލްޑިވްސް އިސްލާމިކް ޓޫރިޒަމްގެ ސަފީރުކަން ލިބުމަކީ ޝަރަފެއް ކަމަށާއި، އެމްބެސެޑަރެއްގެ ހައިސިއްޔަތުން މުސްލިމް ޓޫރިސްޓުންނަށް އަދި ވަކިން ޗައިނާގެ މުސްލިމުންނަށް ދިވެހިރާއްޖެ ޕްރޮމޯޓްކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނޭކަމަށެވެ.

އުކުޅަހު ކައުންސިލުން ބުނީ އިސްލާމިކް ޓޫރިޒަމް ވުޖޫދަށް ގެނައުމަށް މަރްހޫމް ޝެއިހް ފަރީދް އިސް ދައުރެއް އަދާކުރެއްވި ކަމަށާއި މިއަދު ކުލަޖެހިގެން މިދިޔައީ އެމަނިކުފާނު ގެންގުޅުއްވި ތަސައްވުރެއްގައިކަމަށެވެ.

ޝުއައިބް މާ އަކީ ޗައިނާގެ މުސްލިމުންގެ މެދުގައި ވަރަށް މަގްބޫލް ފަރާތެކެވެ. އޭނާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް އަމާޒުކޮށް ޗައިނާގެ ފަތުރުވެރިކަން ކުރިއަރުވާ ފަރާތެކެވެ. އޭނާގެ ޕްލެޓްފޯމްތައް ފޮލޯކުރާ އެތައްހާސް ބަޔަކު އުޅޭއިރު ޓިކްޓޮކްގައި މިލިއަނާ ގާތްކުރާ އަދަދަކަށް ފޮލޯވަރުން ތިބެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.