ރައީސް ރަސްދޫ ކައުންސިލާއި ބައްދަލު ކުރެއްވުން --
ހަބަރު
20 Aug 2025 | 19:09
މިސްކިތް އަޅަން ރަސްދޫން ބިމެއް ދޭން ކައުންސިލުން ބޮޑު އަގެއް ކިޔުން، ރައީސްގެ ކަންބޮޑުވުން

އއ. ރަސްދޫގައި މިސްކިތެއް ބިނާކުރުމަށް ބިމެއް ހަމަޖައްސައި ދިނުމަށް އެދުމުން ބޮޑު އަގަކަށް ބިން ދޭން ކައުންސިލުން ނިންމި ނިންމުމާއިމެދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

އއ އަތޮޅުގެ ރަށްތަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ހަތް ވަނަ ރަށެއްގެ ގޮތުން ރައީސް ވަނީ ރަސްދޫއަށް ވަޑައިގެންފަ އެވެ. އެ ރަށު ކައުންސިލާއެކު ބޭއްވެވި ބައްދަލްވުމަށް ފަހު ރައީސް ވަނީ ރައްޔިތުންނާއި ބައްދަލު ކުރައްވާފަ އެވެ. އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ އެ ރަށުގައި ޒަމާނީ މިސްކިތެއް ބިނާކުރުމަކީ އެމަނިކުފާނުގެ ވައުދެއް ކަން ފާހަގަ ކުރައްވާފަ އެވެ.

އެ މަސައްކަތް ކުރުމަށް ބިމެއް ހަމަޖެއްސުމަށް ކައުންސިލްގައި އެދުމުން ބިމެއް ހަމަޖައްސައިދިނީ ވަރަށް ބޮޑު އަގަކަށް ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާ ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް މިހާރު ގެނެސްފައިވާ ބަދަލާއެކު އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ.

ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ކުރެވޭ މަަސައްކަތަކާއި ބިނާތަކަށް ދޫކުރާ ބިންތަކުން ކުލި ނެގުމާއި ބޮޑު އަގުގައި ދިނުން ފަދަ ކަންކަން ދެން ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ހޮސްޕިޓަލާއި, މިސްކިތާއި ޕޮލިސް އިދާރާއާއި ފެނާއި ނަރުދަމާފަދަ ކަންކަން ކުރުމަށް ރަށްރަށުން ބިން ހަމަޖައްސާއިރު ކުލި ނެގުމާއި ބޮޑު އަގުގައި ބިން ދިނުމަކީ ބަލަައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެހެން ކަމުން ކައުންސިލްގެ ނިންމުން ބަދަލުކޮށް އެ ބިން ނޫނީ އެހެން ބިމެއް ނަމަވެސް މިސްކިތް ބިނާކުރުމަށް ހަމަޖެއްސުމަށް އެދިވަޑައިގަތެވެ.

10,000 އަކަފޫޓް ބިމެއް ރަސްދޫ ކައުންސިލަށް

މިއަދުގެ ޖަލްސާގައި ރައީސް ވަނީ ރަސްދޫ އިން ފުލުހުންނަށް ދީފައިވާ ބޮޑު ބިމުން ބައެއް ކައުންސިލާއި ހަވާލު ކުރުމަށް ނިންމާފައިވާކަން އިއުލާނު ކުރައްވާފަ އެވެ. މިއީ މީގެ އެތައް އަހަރެއް ކުރީން ރަސްދޫ އިން ފުލުހުންނަށް ދީފައިވާ ބިމެކެވެ. އެއީ އެ ރަށުގައި ޕޮލިސް ސްޓޭޝަން ގާއިމުކުރުމަށް ދިން ބިމެކެވެ.

ރައީސް ވިދާޅުވީ އެ ބިމުން 10,000 އަކަފޫޓްގެ ބައެއް ކައުންސިލާއި ހަވާލު ކުރަން ނިންމާފައިވާ ކަމަށެވެ. އެއީ ވަރަށް މުހިންމު ސަރަހައްދަކުން ފުލުހުންނަށް ދޫކޮށްފައިވާ ބޮޑު ބިމެއްކަން ފާހަގަކޮށް ރައީސް ވިދާޅުވީ ކައުންސިލަށް އެ ބިން ހަވާލުކުރުމުން އާމްދަނީ ހޯދޭނެ ތަނަވަސް މަގެއް ފަހިވާނެ ކަމަށެވެ.

އެމަނިކުފާނުގެ ބޭނުންފުޅަކީ ކައުންސިލްތައް ބާރުވެރިކޮށް މާލީ ގޮތުން ފުރުސަތުތައް ފަހިކޮށް ދެއްވުން ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
ޕެރަ ސްޕޯޓްސް ކްލަބްގެ އަހަރީ އެއްވުން ކުލަގަދަކޮށް ބާއްވައިފި
ޕެރަ ސްޕޯޓްސް ކްލަބްގެ އަހަރީ ދުވަސް ފާހަގަކުރުމާއި، މި އަހަރު ކާމިޔާބުކަމާއެކު ބޭއްވުނު "ބްލައިންޑް ފޯލްޑް ރަން" ގެ ކާމިޔާބީ ފާހަގަކޮށް، އެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކުގެ އަގުވަޒަންކުރުމަށް ޚާއްޞަ އަހަރީ އެއްވުމެއް ބާއްވައިފިއެވެ. މިއީ މިފަދަ އެއްވުމެއް އެ ކްލަބުން ބޭއްވި 5 ވަނަ އަހަރެވެ.
26 Sep 2026
އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި
ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލައަށް ވީނަމަވެސް، ބައިނަލްއަގުވާމީ މުހިންމު މަޝްވަރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ