ޕީއެންއެފްގެ ވޭކަޕް ޖަލްސާ އޮންނާނެ --
ހަބަރު
20 Aug 2025 | 19:57
ޕީއެންއެފްގެ ވޭކަޕް ޖަލްސާ ކެންސަލެއް ނުވޭ، ކުރިއަށް ދާނެ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން އާޓިފިޝަލް ބީޗުގައި މާދަމާ ރޭ ބާއްވަން ނިންމާފައިވާ ޖަލްސާ ކެންސަލް ނުވާ ކަމަށާ އެ ޖަލްސާ ކުރިއަށް ދާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

މާދަމާ ރޭގެ ޖަލްސާ ބާއްވަނީ "ވޭކަޕް" ނަމުގަ އެވެ. މި ޖަލްސާ އަކީ އެ ޕާޓީން ބާއްވާ ފުރަތަމަ ބޮޑު ޖަލްސާ އެވެ. 

އެ ޕާޓީން މިރޭ ބުނީ މާދަމާ ރޭ ބާއްވާ ގައުމީ އިވެންޓަށް ރައީސް މުއިއްޒު އިސްވެ ހުންނަވާ ހުރަސް އަޅުއްވަމުން ގެންދަވާ ކަމަށެވެ. އެއީ ވަރަށް ދެރަވަރު ކަމެއް ކަމަށް ވެސް ބުންޏެވެ. އެެހެންނަމަވެސް ރޭވިފައިވާ ގޮތަށް މާދަމާ ރޭ 8:30 ގައި އާާޓިފިޝަލް ބީޗުގައި އިވެންޓު ކުރިޔަށްދާނެ ކަމަށް އެ ޕާޓީން ބުންޏެވެ.

".. އިވެންޓު ކެންސަލް ނުވޭ. ކުރިޔަށް ދާނެ," އެ ޕާޓީގެ އިސް ބޭފުޅެއް ކަމަށްވާ ކުރީގެ ސައިންސް މިނިސްޓަރު މަލީހް ޖަމާލް ވިދާޅުވި އެވެ.

ޕީއެންއެފްގެ ވޭކަޕް ޖަލްސާ އޮންނާނެ --<br>

ސިޔާސީ މައިދާނުގައި މިވަގުތު ވެސް އެންމެ ހަރަކާތްތެރި އެއް ޕާޓީއަކީ ޕީއެންއެފް އެވެ. އެ ޕާޓީން ދަނީ ކޮންމެ ހަފްތާއަކު ވެސް ފްރަންޓް އޮފީހުގައި ޖަލްސާ ބާއްވަމުންނެވެ. އެ ޖަލްސާތަކުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާ ވާހަކަފުޅު ދައްކަވަ އެވެ.

ބުރާސްފަތި ދުވަހުގެ ރޭގެ ޖަލްސާގައި ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. އަދި ވާހަކަފުޅު ދައްކަވާނެ އެވެ. ޔާމީން ގެންދަނީ މި ސަރުކާރާއި އިދިކޮޅު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. 

ކޮމެންޓް
ްއެހެނަސް
ވޭއަޕްއޭ ކިޔާ މީހުންވަނީ އެމީހުން އެކިޔާކަންކަން އެމީހުންގެ ވެރިކަމުގަ ވެސް ކޮއްފަ
20 Aug 2025
ގުޅޭ ލިޔުންތައް
27 Sep 2026
ޕެރަ ސްޕޯޓްސް ކްލަބްގެ އަހަރީ އެއްވުން ކުލަގަދަކޮށް ބާއްވައިފި
ޕެރަ ސްޕޯޓްސް ކްލަބްގެ އަހަރީ ދުވަސް ފާހަގަކުރުމާއި، މި އަހަރު ކާމިޔާބުކަމާއެކު ބޭއްވުނު "ބްލައިންޑް ފޯލްޑް ރަން" ގެ ކާމިޔާބީ ފާހަގަކޮށް، އެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކުގެ އަގުވަޒަންކުރުމަށް ޚާއްޞަ އަހަރީ އެއްވުމެއް ބާއްވައިފިއެވެ. މިއީ މިފަދަ އެއްވުމެއް އެ ކްލަބުން ބޭއްވި 5 ވަނަ އަހަރެވެ.
26 Sep 2026
އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި
ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލައަށް ވީނަމަވެސް، ބައިނަލްއަގުވާމީ މުހިންމު މަޝްވަރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ