ރައީސް މުއިއްޒު އުކުޅަހުގައި ވާހަކަ ދައްކަވަނީ --
ހަބަރު
20 Aug 2025 | 22:49
ރަށު ޓޫރިޒަމްގެ ވިޔަފާރިވެރީންނަށް ރައީސް؛ ހަލާލު ގޮތުގައި ފައިސާ ހޯދާ، އިންތައް ހިފަހައްޓާ

ރަށު ޓޫރިޒަމް ހިންގާއިރު އިންތަކުގައި ހިފެހެއްޓުމަށާއި ހުއްދަ ނޫން ގޮތްގޮތުން ފައިސާ ނުހޯދުމަށް އެ ވިޔަފާރީގައި ހަރަކާތްތެރިވާ އެންމެހާ ވިޔަފާރިވެރީންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގޮވާލައްވައިފި އެވެ.

އެމަނިކުފާނު އެކަމަށް ގޮވާލެއްވީ އއ. އުކުޅަހުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އއ އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ފަހު މަންޒިލެއްގެ ގޮުތުގައި އެ ރަށަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ގެސްޓްހައުސް ހިންގާ ރަށްރަށުގައި ނޭދެވޭ ކަންކަން ހިނގަމުންދާތީ ރައްޔިތުންގެ ޝަކުވާ ލިބިވަޑައިގަންނަވާ ކަމަށެވެ.

ބީޗަށް ދާއިރު ނިވާކަން ކުޑަ ހެދުންލައިގެން ފަތުރުވެރީން އުޅޭ މައްސަލައާ ރަށުތެރޭގައިވެސް އެގޮތަށް އުޅޭ މައްސަލާގައި ކަންބޮޑުވެ ކުޑަކުދީންގެ ފަރާތުން ނޯޓެއް ލިބިފައިވާ ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ގެސްޓްހައުސްތައް ހިންގަނީ ރިސޯޓްތަކުގައި ނޫން ކަަމަށާ އެހެން ކަމުން ވިސްނަން ޖެހޭ ކަންކަން ހުންނާނެ ކަމަށެވެ.

އަދި ދިވެހީންގެ ގަބޫލުކުުރުންތަކާއި އަގީދާއާ ހިލާފު ކަންކަން ހިންގުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ރިސޯޓްތަކާއި ސަފާރީތަކުގައި ކުރާ ކަންކަން ރަށްރަށުގައި ނުކުރެވޭނެ ކަމަަށެވެ. އަދި މުއްސަދިކަން ހޯދުމަށްްޓަކާއި ވެސް ކޮށްގެން ނުވާނެ ކަން ހުންނާނެ ކަމަށް ވިދާޅުވެ ރަށު ޓޫރިޒަމް ހިންގާއިރު އިންތައް ހިފަހައްޓަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަޤީދާ އަޅުގަނޑުމެން މާތްވެގެންވާ އިސްލާމްދީން ބުނެދޭ ހަމަތަކުގެ މަތީން މުއްސަދިކަން ހޯދަން މަސައްކަތް ކުރީމަ މާތްﷲ سبحانه و تعالى އެކަމުގައި ބަރަކާތް ލައްވާނެ," ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު އުކުޅަހު ރައްޔިތުންނާއި ބައްދަލު ކުރެއްވުން 

ރައީސް ވިދާޅުވީ ގާނޫނުގައި ހުންނަ ކުދިކުދި ލޫޕްހޯލްތައް ބޭނުންކޮށްގެން މި ވިޔަފާރީގައި ބައެއް ފަހަރު ގޯސްތައް ހަދަމުންދާ ކަމަށެވެ. އެ ގޮތުން ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރީންނަށް ރަށުގެ ކައިރީގައި ސަފާރީއެއް ބާއްވައިގެން ގެންގޮސް ރާ ދީ ހަދާ ކަަމަށް ވިދާޅުވި އެވެ.

"ކާކަށްތޯ އޮޅުވާލަން މަސައްކަތް މި ކުރަނީ. ހަމަ ޔަގީނުންވެސް ވެރިއިހާލު މޮޅަށް ދެނެވޮޑިގެންވޭ ހުރިހާ ކަމެއް. އަޅުގަނޑުމެން ކޮން މުއްސަދިކަމެއްތޯ މި ހޯދަނީ އެކަލާންގެ ނުރުއްސަވާ މަގަކުން. ކޮން ބަރަކާތެއްތޯ އެކަމުގައި އޮންނާނީ. ކޮން ޝޯޓް ކަޓެއްތޯ ނަގަން މަސައްކަތް މި ކުރަނީ. މިވަގުތު ކަމެއް ނޭންގެ އަޅުގަނޑުމެން މި ދުނިޔެ ދޫކުރާނީ. މާދަމާ މިކަން އިސްލާހު ކުރާނެ ވަގުތު އޮންނާނެތޯ,"

ރައީސް ވަނީ އަމިއްލަ ނަފްދަށް އިހްލާސްތެރި ގާނޫނީ އިމުގެ ތެރޭގައި ވިޔަފާރީގެ ހުރިހާ ކަމެއް ވެސް ކުރުމަށް އިލްތިމާސް ކުރައްވާފަ އެވެ. އަދި ދިވެހީންނަކީ މުސްލިމުންކަން އަބަދުވެސް ހަނދާން ކުރާން ޖެހޭ ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ދުނިޔެ އަކީ ކުޑަހިނދުކޮޅަކު ތިބޭ މަންޒިލެއް ކަމުން ދާންވީ މަންޒިލް ކަށަވަރު ނުކުރާނަމަ އެއަށް ވުރެ މޮޔަ ބަޔަކު ނުތިބޭނެ ކަމަށެވެ.

އެހެން ކަމުން މުއްސަދިކަން ހޯދާނަމަ ރަނގަޅު ގޮތުގައި ހޯދޭތޯ ޔަގީން ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.