މަސްމާރުކޭޓް އިމާރާތް... ފޮޓޯ: ވޮއިސް
ހަބަރު
21 Aug 2025 | 15:30
މަސްމާރުކޭޓު އިމާރާތުގައި ޤަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވަން މާލެސިޓީ ކައުންސިލުން ނިކުމެއްޖެ

މާލޭ މަސްމާރުކޭޓް އިމާރާތުގައި ޤަވާއިދާ ހިލާފަށް ވިޔަފާރިކުރަމުންގެންދާކަން ފާހަގަ ކުރެވިފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލެސިޓީ ކައުންސިލުން މިއަދު ބުނެފައިވަނީ، ރޯމަސްމާރުކޭޓުގެ ފުރަތަމަ ފަންގި ފިލާއާއި ދެވަނަ ފަންގިފިލާގައި އެއްވެސް އެއްބަސްވުމެއް ނެތި ޤަވާޢިދާ ޚިލާފަށް ވިޔަފާރިތައް ކުރަމުންގެންދާކަމަށެވެ. އެގޮތުން މާރުކޭޓުގެ ތެރޭގައި ހިންގަމުންދާ ބައެއް ފިހާރަތަކާއި ގުދަންތަކާއި އެހެނިހެން ބޭނުމަށް ބޭނުން ކުރަމުންދާ ތަންތަން ހުރިކަން ފާހަގަކުރެވިފައިވާކަމަށް ސިޓީ ކައުންސިލުން މިއަދު ނެރުނު އާއްމު ބަޔާނެއްގައި ވަނީ ބުނެފައެވެ.

މާލެސިޓީ ކައުންސިލުން ވަނީ މާރުކޭޓް އިމާރާތުގެ ތެރޭގައި އުސޫލާ ހިލާފަށް ވިޔަފާރިކުރާކަން ފާހަގަވި ތަންތަނަށް ނޯޓިސް ދީ، އެތަންތަން ހިންގަމުންދަނީ އެއްބަސްވުމެއްގެ ދަށުން ކަމަށްވާނަމަ އެކަން 7 ދުވަހުގެ ތެރޭގައި ކައުންސިލާ ހިއްސާކުރަން އެދިފައެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގައި އެކަމަށް އިޖާބަ ނުދީފިނަމައެތަންތަން ސާފްކުރުމުގެ މަސައްކަތް ފަށައި އެތަންތަނުގައި ހުންނަ ތަކެތި ކުނީގެ ގޮތުގައި ނައްތާލާނޭކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މަސްމާރުކޭޓު އިމާރާތުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާކަމަށް ސިޓީ ކައުންސިލުން ބުނެފައިވާއިރު، އެ އިމާރާތުގެ މަތީ ފަންގިފިލާގައި އިމްޕޯތްމުދާ ވިއްކަމުންދާކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް އެތަނުން އެއްވެސް ތަނެއްގައި ސިޓީކައުންސިލުގެ އެއްވެސް ކަހަލަ ލިޔުމެއް ހިއްޕާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

މާލޭ މަސްމާރުކޭޓް ދެވަނަ ފަންގިފިލާގައި ބައެއް ފަރާތްތަކުން ގަވާއިދާ ހިލާފަށް ވިޔަފާރިކުރުމާއި، ވިޔަފާރި އުސޫލުން ބޭރު މީހުން ނިންދަވާ ތަންތަން ހަދައި ވިޔަފާރި ކުރަމުންދާތީވެ، ސިޓީކައުންސިލުން 2021 ވަނަ އަހަރު ވަނީ އެތަންތަން ހުސްކުރަން އަންގާފައެވެ. 

މާލޭ މަސްމާރުކޭޓުގައި ޤަވާއިދާ ހިލާފަށް ވިޔަފާރި ހިންގަމުން އަންނަކަން ސިޓީކައުންސިލުން ފާހަގަކޮށްފައިވައިރު، އެތަން ތަރައްޤީކުރުމަށް ދެ އެއްބަސްވުމެއް ހަދާފައި އޮތް މައްސަލައެއް ވަނީ ފެންމަތިވެފައެވެ. ނަމަވެސް އެ އެއްބަސްވުންތަކުގެ ސައްހަކަމާމެދު މާލެސިޓީ ކައުންސިލްގެ ވެރިންގެ މެދުގައި ހިޔާލުތަފާތުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
ޕެރަ ސްޕޯޓްސް ކްލަބްގެ އަހަރީ އެއްވުން ކުލަގަދަކޮށް ބާއްވައިފި
ޕެރަ ސްޕޯޓްސް ކްލަބްގެ އަހަރީ ދުވަސް ފާހަގަކުރުމާއި، މި އަހަރު ކާމިޔާބުކަމާއެކު ބޭއްވުނު "ބްލައިންޑް ފޯލްޑް ރަން" ގެ ކާމިޔާބީ ފާހަގަކޮށް، އެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކުގެ އަގުވަޒަންކުރުމަށް ޚާއްޞަ އަހަރީ އެއްވުމެއް ބާއްވައިފިއެވެ. މިއީ މިފަދަ އެއްވުމެއް އެ ކްލަބުން ބޭއްވި 5 ވަނަ އަހަރެވެ.
26 Sep 2026
އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި
ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލައަށް ވީނަމަވެސް، ބައިނަލްއަގުވާމީ މުހިންމު މަޝްވަރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ