ރަސްމާލެ
ހަބަރު
21 Aug 2025 | 18:19
ޗައިނާ ކުންފުނިން ރަސްމާލެ ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފި

ރަސްމާލެ ހިއްކުމަށް ފަށާފައިވާ މަޝްރޫޢުގެ ދަށުން ޗައިނާ ހާބާރ އިންޖިނިއަރިން ކުންފުންނާ ހިއްކަން ހަވާލުކުރި ބައިގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ރަސްމާލެ ހިއްކުމަށް ޗައިނާގެ ހާބާރ އިންޖިނިއަރިން ކުންފުންޏާއެކު ސޮއިކޮށްފައިވަނީ މިހިނގާ އޮގަސްޓްމަހުގެ 2 ވަނަ ދުވަހުއެވެ. އެޗްޑިސީން ބުނީ ޗައިނާގެ އެ ކުންފުނިން ބިން ހިއްކުމަށް ބޭނުންކުރާނީ، ތްރެއިލަރ ސަކްޝަން ހޮޕަރ ދްރެޖަރެއްކަމަށްވާ ޖުން ޔަންގް އެވެ. މި ޑްރެޖަރުގެ ކެޕޭސިޓީއަކީ 21،000 ކިއުބިކް މީޓަރ އެވެ. މި ޑްރެޖަރަކީ ރަސްމާލެ ހިއްކުމަށް މިހާތަނަށް ބޭނުންކުރި ޑްރެޖަރަށްވުރެ ދެގުނަ ބޮޑު ޑްރެޖަރެއްކަމަށް އެޗްޑީސީން ބުނެއެވެ.

ރަސްމާލެ ހިއްކުމަށް ކުރަމުންގެންދާ މަސައްކަތުގެ ދަށުން ފުށިދިއްގަރުފަޅުން ހިއްކުމަށް ހަމަޖެހިފައިވާ 1009 ހެކްޓަރުގެ ތެރެއިން މިހާތަނަށް ނިމިފައިވަނީ 129.60 ހެކްޓަރެވެ. މިއީ 12.84 އިންސައްތައެވެ. މި ސަރަހައްދުން ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކުން 21،641 މުރަކަ ރައްކާތެރިކަމާއެކު ނެގުމަށްފަހު ވަނީ ބެންހާފަރާއި، ކ.މަނިޔަފުށީގެ އިތުރުން ބައެއް ރިސޯޓްތަކުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމުތަކަށް ބަދަލުކޮށްފައެވެ.

ރަސްމާލެ

ރަސްމާލެ ސައިޓް ޖޭގެ 29 ހެކްޓަރު ހިއްކައި ނިންމާފައިވާއިރު، މިހާރު ކުރިއަށްދަނީ، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވުމުގެ މަސައްކަތްކަަމަށް އެޗްޑީސީން ބުނެއެވެ. މީގެ އިތުރުން މޯހަން މުތާއަށް ހިއކްނަ ްހަވާލުކުރި 394 ހެކްޓަރުގެ ތެރެއިން 100.60 ހެކްޓަރު ހިއްކައި ނިމިފައިވާއިރު، ޑްރެޖަރުގެ މެއިންޓަނަންސް ނިމުމާއެކު ބާކީބައި ހިއްކުމުގެ މަސައްކަތް ފަށާނޭކަމަށްވެސް ބުނެއެވެ.

ރަސްމާލެ ހިއްކަނީ ހުޅުމާލެއަށްވުރެ ބިންގަނޑު އުސްކޮށެވެ. ހުޅުމާލެ ހިއްކާފައިވަނީ ކަނޑުގެ ލޮނުގަނޑަށްވުރެ 2 މީޓަރު އުސްކޮށް ކަމަށްވާއިރު، ރަސްމާލެ ހިއްކަނީ 2.5 މީޓަރު އުސްކޮށެވެ. ފުށިދިއްގަރުފަޅު ހިއްކައިގެން ރަސްމާލެ ތަރައްގީ ކުރުމުގެ މަޝްރޫއަކީ މި ސަރުކާރުން ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އިއުލާނުކުރި އެންމެ ބޮޑު މަޝްރޫއެވެ. މި މަޝްރޫއުގެ ދަށުން 1200 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކާ 11900 އަށްވުރެ ގިނަ ގޯއްޗާއި 26000 ފްލެޓު ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
ޕެރަ ސްޕޯޓްސް ކްލަބްގެ އަހަރީ އެއްވުން ކުލަގަދަކޮށް ބާއްވައިފި
ޕެރަ ސްޕޯޓްސް ކްލަބްގެ އަހަރީ ދުވަސް ފާހަގަކުރުމާއި، މި އަހަރު ކާމިޔާބުކަމާއެކު ބޭއްވުނު "ބްލައިންޑް ފޯލްޑް ރަން" ގެ ކާމިޔާބީ ފާހަގަކޮށް، އެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކުގެ އަގުވަޒަންކުރުމަށް ޚާއްޞަ އަހަރީ އެއްވުމެއް ބާއްވައިފިއެވެ. މިއީ މިފަދަ އެއްވުމެއް އެ ކްލަބުން ބޭއްވި 5 ވަނަ އަހަރެވެ.
26 Sep 2026
އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި
ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލައަށް ވީނަމަވެސް، ބައިނަލްއަގުވާމީ މުހިންމު މަޝްވަރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ