އެމްއެމްއޭ ކުރިމަތިން އޮންނަ ފުރާ ސަރަހައްދު
ހަބަރު
21 Aug 2025 | 21:16
ފަޅު ބަންދުކުރުމުން ފެރީތަކަށް އިތުރު ދެ ސަރަހައްދެއް

މާލޭ އުތުރުފަރާތުގެ ލޯކަލް މާރުކޭޓުގެ އިރުމަތީ ތޮއްޓާއި އެއްގަމުތޮށި މަރާމާތުގެ މަސައްކަތް ކުރަމުން ދާތީ އެ ސަރަހައްދުން ހިދުމަތް ހޯދަމުންދިޔަ ދުވަހު ފެރީތަކަށް އިތުރު ދެ ސަރަހައްދެއް ހަމަޖައްސައިފި އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އިން ބުނީ މާލޭ އުތުރުފަރާތުގެ ލޯކަލް މާރުކޭޓުގެ އިރުމަތީ ތޮއްޓާއި އެއްގަމުތޮށި މަރާމާތުކުރަން ފެށުމާއި ގުޅިގެން އެ ސަރަހައްދުން ހިދުމަތް ހޯދަމުންދިޔަ ދުވަހު ފެރީތަކަށް ހުއްޓުމެއްނެތި ހިދުމަތް ދިނުމަށްޓަކައި އެމްޕީއެލް އިން ވަނީ އިތުރު ދެ ސަރަހައްދެއް ހަމަޖައްސާފައި ކަމަށެވެ.

އެހެން ކަމުން އުތުރު ފަރާތުގެ ތޮށިތައް މަރާމާތުގެ މަސައްކަތް ނިމެންދެން 20 އޮގަސްޓުން ފެށިގެން 19 ނޮވެމްބަރުގެ ދުވަހުގެ ނިޔަލަށް ތިން މަސް ދުވަހަށް އެމްޕީއެލްގެ ނޯތު ހާބަރުންނާއި ސައުތުވެސްޓް ހާބަރު (ޓީ ޖެޓީ) ން އެ ހިދުމަތް ލިބޭނެ ކަމަށެވެ.

މި ތިން މަސް ދުވަސް ހަމަވެ މަރާމަތުގެ މަސައްކަތް ނިމުމުން މި ދެ ހާބަރުން ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް މި ދެ ހާބަރު ހިންގުމުގެ އުސޫލުގައިވާ ގޮތަށް ހިދުމަތްދޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން މަގު ފުޅާކޮށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ވަނީ ފަށާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
ޕެރަ ސްޕޯޓްސް ކްލަބްގެ އަހަރީ އެއްވުން ކުލަގަދަކޮށް ބާއްވައިފި
ޕެރަ ސްޕޯޓްސް ކްލަބްގެ އަހަރީ ދުވަސް ފާހަގަކުރުމާއި، މި އަހަރު ކާމިޔާބުކަމާއެކު ބޭއްވުނު "ބްލައިންޑް ފޯލްޑް ރަން" ގެ ކާމިޔާބީ ފާހަގަކޮށް، އެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކުގެ އަގުވަޒަންކުރުމަށް ޚާއްޞަ އަހަރީ އެއްވުމެއް ބާއްވައިފިއެވެ. މިއީ މިފަދަ އެއްވުމެއް އެ ކްލަބުން ބޭއްވި 5 ވަނަ އަހަރެވެ.
26 Sep 2026
އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި
ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލައަށް ވީނަމަވެސް، ބައިނަލްއަގުވާމީ މުހިންމު މަޝްވަރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ