08 Jun 2019 | 11:50
ސޫދާންއިން ޑިމޮކްރަސީއަކަށް ކުރަމުންދިޔަ އުންމީދު ނިމުނީ؟

2010 ވަނަ އަަހަރުގެ އަރަބި ބަހާރަކީ ގިނަ ބަޔަކު ދަންނާނެ، އަދި ހަނދާނުގައި ހުންނާނެ ދުވަސްވަރެކެވެ. އަރަބި ދުނިޔޭގައި ގޮށްމުށުގެ ވެރިކަން ކުރަމުންދިޔަ ކަމަށް ދުނިޔޭގެ ގިނަ ގައުމުތަކާއި ޖަމާއަތްތަކުން ދެކުނު އެތައް ވެރިއެއްގެ ވެރިކަމަށް ހިތި ނިމުންއައެވެ. ތޫނިސްއިން ފެށުނު މި ބަދަލުގެ އޮއެވަރު އައި ދުވަސްވަރު މުޅި ދުނިޔެއަށްވެސް ކުރެވުނު އިހުސާސަކީ އަމާން މުޖުތަމައުއަކާއި ދިމިކްރާތީ އުސޫލުތަކާއި ދިމާލަށް އެގައުމުތަކުން މިސްރާބު ޖަހަމުންދާ ކަމެވެ. ނަަމަވެސް އެ އިހުސާސަކީ ހުވަފެނީ ބިލާހަކަށް ވެފައިވާކަމީ އެންމެން ދަންނަ ހަގީގަތެކެވެ.

އަރަބި ބަހާރުގެ ނިމުމަށްފަހުގައިވެސް އަރަބި ދުނިޔޭގެ ގައުުމުތަކުން މަދުމަދުން ނަމަވެސް ބަދަލުގެ ކުލަވަރުތައް ފެންނަމުންދިޔައެވެ. މިގޮތުން އެފަދަ އުންމީދެއް ސޫދާންގެ މަގުތައްމަތިންވެސް ފެނުނެވެ. ތެލާއި ޕާނުގެ އަގު ބޮޑުވެ، ސަރުކާރުގެ އެތަކެއް ނޭއްގާނީ ސިޔާސަތުތަކާއި ދެކޮޅަށް ރައްޔިތުން ތެދުވިއެވެ. ސޫދާންގެ ޑޮކްޓަރުންގެ ޖަމްއިއްޔާއާއި އެތަކެއް އާންމުން ކުރި މި ވަރުގަދަ މުޒާހަރާތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ ސޫދާންގެ ގިނަ ދުވަސްވީ ރައީސް އުމަރު އަލް ބަޝީރު މަގާމުން ދުރުކުރުމަށް އެގައުމުގެ ސިފައިންނަށް މަޖުބޫރުވުމެވެ. މިކަން ކުރުމަށްފަހު ސިފައިން ވަނީ ޓްރާންސިޝަނަލް މިލިޓަރީ ކައުންސިލެއް ބިނާކޮށް، ތިން އަހަރުގެ މުއްދަތަކަށް ބަހާލައިގެން ގައުމު އިސްލާހުކޮށް ފުރިހަމަ ދާއިމީ ސަރުކާރެއް ގާއިމްކުރުމަށް ނިންމާފައެވެ. 

މިކަން ކުުރުމަށްޓަކައި ބޭނުންވާ ވަގުތީ ސަރުކާރެއް އުފެއްދުމަށްޓަކައި ސިފައިންގެ ފަރާތްތަކުން ދިޔައީ ދޭތެރެއިން މައްސަލަ ޖެހުނުކަމުގައިވިޔަސް، ޖުމްލަކޮށް ސުލްހަވެރިކަމާއި އެކު މުޒާހަރާާގެ އިސްވެރިންނާއި ވާހަކަދައްކަމުންނެވެ. 

މި ހާލަތުގައިވެސް ސޫދާންގެ އަސްކަރީ މައި މަރުކަޒުގެ ކުރިމަތީގައި ގާއިމްވެތިބި ފަރާތްތަކުން ދިޔައީ ޑިމޮކްރަސީގެ ފޮނި އުންމީދުކުރަމުންނެވެ. އެހެނަސް މިދިޔަ ހޯމަ ދުވަހު ހިނގައިިދިޔަ ކަމަކުން އެ އުންމީދު ހާސިލްވެދާނެތޯ ގިނަބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ޓްރާންސިޝަނަލް މިލިޓަރީ ކައުންސިލްގެ ދެވަނަ އިސްވެރިޔާ އިސްކޮށް ހުންނަ ޕެލަމިލިޓަރީ ގްރޫޕެއްކަމުގައިވާ ރެޕިޑް ސަޕޯޓް ފޯސެސް އިން ވަނީ ސިފައިންގެ މައި މަރުކަޒު ކުރިމަތީގައި ތިިބި އެތައްހާސް ބަޔަކަށް ބަޑިންނާއި މުގުރުބުރިއާއި ވަކަރުބުރިން ފަދަ ތަކެތިން ހަމަލާދީފައެވެ. މި ހަމަލާތަކުގައި ސަތޭކައަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް މިހާތަނަށް ރިޕޯޓްކުރެވިފައިވާއިރު، އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ. މީގެ އިތުރުން މީހުން ދިރިތިއްބައި އަންދާލި ކަމަށާއި އަންހެނުންތަކެއް ރޭޕްކުރުމަށްފަހު ހަށިގަނޑުގެ ބައިތައް ކޮށާލާ، ނީލަންކޯރަށް އެއްލާލިކަމުގެ ތުުހުމަތުވެސް ވަނީ ކުރެވިފައެވެ.

މީގެ ކުރިން ސޫދާނުގެ ދާރްފޫރުގައި އެތަކެއް ލާއިންސާނީ ޖަރީމާތަކެއް ހިންގިކަމުގެ ތުހުމަތުކުރެވިފައިވާ މި ޕެރަމިލިޓަރީ ގްރޫޕުން މިކަން ކުރީ އެ ސަރަހައްދުގައި މަސްތުވާތަކެތި ބޭނުންކުރަން ތިބި ބަޔަކު ހުއްޓުވަން ކަމަށްބުނެއެވެ. ނަމަވެސް މަންޒަރުދުށް ފަރާތްތަކުން ބުނިގޮތުގައި އެމީހުންގެ އަމަލުހުރީ އިންސާނުންގެ އަމަލު ހުންނަ ފަދަ ބީދައިންނެއް ނޫނެވެ. އަދި އޭގެ ތެރެއިން ގިނަބަޔަކު ވާހަކަދެއްކީ ދާރްފޫރުގެ މީހުން ވާހަކަދައްކާ ބަހުރުވައިންކަމަށްވެސް ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން އެފްރިކަން ޔޫނިއަންއިން ސޫދާންެގެ މެންބަރުކަން ވަގުތީގޮތުން ވަނީ ސަސްޕެންޑްކޮށްލާފައެވެ. އިތިއޯޕިޔާާގެ ބޮޑުވަޒީރު، ސޫދާނަށް ސުލްހަ ގެނެވޭތޯ މަސައްކަތްވެެސް އެބަކުރައްވައެވެ. ނަަމަވެސް ވެރިރަށް ޚާރްތޫމްގެ ބޮޑުބަޔެއް އޮތީ ރެޕިޑް ސަޕޯޓް ފޯސަސްގެ ދަށުގައެވެ. އެގައުމުގެ ބޮޑުބަޔަކަށް އިންޓަރނެޓަށް ވަދެވޭނެ ގޮތެއް ނެތެވެ. ސޫދާންގެ ޑިމޮކްރަސީގެ ހުޅުކޮޅު ރޯވުމުގެ ކުރިން ނިވުނީބާވައެވެ؟ ނުވަތަ އެ ހުޅުކޮޅު އަނެއްކާވެސް ރޯވެދާނެބާާވައެވެ؟

ކޮމެންޓް
ގުޅޭ ލިޔުންތައް
19 Sep 2026
ބީއެމްއެލްގައި ހުރި ފައިސާއިން ޓީ-ބިލް ދެއްކި ވާހަކަ މާލީ ވުޒާރާއިން ދޮގުކޮށްފި
މާލީ ވުޒާރާއިން ބުނެފައިވަނީ އެސްބީއައި މެދުވެރިކޮށް 2019 ވަނަ އަހަރު ނަގާފައިވާ 50 މިލިއަން ޑޮލަރުގެ މި ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ދުރާލާ އެކަމަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ. އަދި މި ފައިސާ ދައްކާފައިވަނީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރަމުންދާ ފައިސާ ބޭނުންކޮށްގެން ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ސާފުކޮށްދެއްވާފައެވެ
19 Sep 2026
ޤައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ކުރީގެ ޑިފެންޑަރު ސޮބާ
ޤައުމީ ޓީމުގެ އޮފިޝަލް ޓީމާ ސޮބާހު މި ގުޅުނީ ކުރިއަށް އޮތް ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗުތަކަށް ޓީމު ވަރުގަދަކޮށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
19 Sep 2026
ތޮއްޑޫގައި ބޮޑު އޮޕަރޭޝަނެއް: 107 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
އިމިގްރޭޝަންގެ ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވި މި އޮޕަރޭޝަނުގައި 507 ބިދޭސީއަކު ބަލައި ފާސްކޮށްފައިވެ އެވެ. އޭގެ ތެރެއިން 107 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ބުންޏެވެ.
19 Sep 2026
އެސްޓަންވިލާ އަތުން ސްޕާސް ބަލިވެއްޖެ
ރޮބާޓޯ ޑި ޒާބީގެ އިރުޝާދުގެ ދަށުން ބޮޑު ހޭދައެއްކޮށްގެން ބިނާކޮށްފައިވާ ސްޕާސް ޓީމު ބަލިވީ، އެސްޓަންވިލާގެ ޖޯހަން މަންޒަމްމީ، ނިކޮލަސް ޖެކްސަން އަދި އެމީ ބުއެންޑިއާ ކާމިޔާބުކޮށްދިން ލަނޑުތަކުންނެވެ
19 Sep 2026
ސަރުކާރުން ޓީބިލަށް ފައިސާ ދެއްކުމާ އެ ބޭންކާ ގުޅުމެއް ނެތް
ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުން ޓީބިލްގެ ދަރަނި އަދާކުރުމުގައި ބޭންކުގެ ކަސްޓަމަރުންގެ ޑިޕޮސިޓް އަދި ބޭންކުގެ އަމިއްލަ އެއްވެސް ވަސީލަތެއް ވެސް ބޭނުންކޮށްފައި ނުވާކަމަށެވެ.
19 Sep 2026
ޕްލާސްޓިކް ހޮޅި 2031 އާ ހަމައަށް އެތެރެކުރުން ހުއްދަކޮށްފި
މި ބަދަލު ގެންނެވީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ މަޝްވަރާގެ މަތީންނެވެ. މި ޤަރާރުގެ ދަށުން ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުން މަނާވާ ތާރީޚު މިހާރު ވަނީ 2031 ވަނަ އަހަރުގެ ޖޫން މަހުގެ އެއް ވަނަ ދުވަހަށް ފަސްކޮށްފައެވެ.
19 Sep 2026
ރަޝިއާއިން ހަމަލާއެއް ދީފާނެކަމުގެ ބިރު ބޮޑުވެ ޔޫރަޕް ދިފާޢީ ތައްޔާރީތައް ވަރުގަދަކޮށްފި
ޕޮލެންޑުގެ ބޮޑުވަޒީރު ޑޮނަލްޑް ޓަސްކް ބުރާސްފަތި ދުވަހު އިންޒާރު ދީފައިވަނީ ޔޫކްރެއިނަށް ތާއީދުކުރާ ނޭޓޯ ޤައުމުތަކުގެ ސަރަޙައްދަށް ކުރިއަށް އޮތް މަދު މަސްތަކެއްގެ ތެރޭގައި މޮސްކޯއިން ޑްރޯން ނުވަތަ މިސައިލް ފޮނުވައިފާނެ ކަމަށެވެ.
19 Sep 2026
އަމީނީ މަގު ސެގްމެންޓް އެކެއްގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި
ފާއިތުވި ހަފުތާގެ ތެރޭގައި ތާރު އެޅުން ރޭވިފައި އޮތް ނަމަވެސް، ތާރުއެޅުމުގެ މަސައްކަތް ލަސްވީ މޫސުން ގޯސްވެ ވާރޭ ވެހުމާ ގުޅިގެން ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އެހެންކަމުން މޫސުން ރަނގަޅުވުމާއެކު އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ހެނދުނު ކުރިއަށްގެންގޮސްފައިވާކަމަށް އެ ކުންފުނިން ބުންޏެވެ