ފައްޔާޒް... ފޮޓޯ: ފައްޔާޒުގެ ފޭސްބުކް
ހަބަރު
26 Aug 2025 | 17:46
ޖަރުމަނުވިލާތުގައި އެއްޗެއް ގޮވައި، ދިވެއްސަކު ސީރިއަސް ހާލަތެއްގައި

ޖަރުމަނުވިލާތުގެ މިއުނިކްގައި އެއްޗެއް ގޮވައި ހިނގި ހާދިސާގައި ދިވެއްސަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެއްޗެއް ގޮވައި ހިނގި މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ، ބ.ތުޅާދޫއަށް ނިސްބަތްވާ ފައްޔާޒް ދާއޫދަށެވެ. 

ފައްޔާޒަށް ފަރުވާދެމުންދަނީ، މިއުނިކް ބޮގޭންހައުސަން ހޮސްޕިޓަލުގެ އައިސީޔޫގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ހާލު ވަރަށް ސީރިއަސްއެވެ. ހާދިސާގެ މައުލޫމާތު އެހާ ސާފު ނުވިނަމަވެސް، އޭނާގެ ބޮލަށް ވަރަށްބޮޑަށް ގެއްލުން ލިބިފައިވާކަމަށް މި ހާދިސާގެ މައުލޫމާތު އެނގޭ ފަރާތަކުން ވޮއިސްއަށް ވަނީ ކަށަވަރުކޮށްދީފައެވެ. މި ހާދިސާ ހިނގީ ކޮން އިރަކުކަމެއް އަދި ސާފެއް ނުވެއެވެ.

ފައްޔާޒަކީ ރާއްޖޭގައި އުފެދުނު އެންމެފުރަތަމަ ކައިޓް ސާފަރުންގެ ތެރޭގައި ހިމެނޭ ޒުވާނެކެވެ.

ފައްޔާޒް މިހާރު ދިރިއުޅެމުން އަންނަނީ ޖަރުމަނުވިލާތުގައެވެ. އޭނާގެ އަންހެނުންނަކީ ޖަރުމަނުވިލާތުގެ ރައްޔިތެކެވެ. ފައްޔާޒުގެ ކުޑަ ފިރިހެން ކުއްޖަކު ހުންނައިރު، އޭނާ ކުރިން ދިރިއުޅެމުން އައިސްފައިވަނީ ތުޅާދޫގައެވެ. ފައްޔާޒަކީ އެންމެންނާ ގުޅޭ ވަރަށް ހިތްހެޔޮ ޒުވާނެއްކަމަށް ތުޅާދޫ މީހުން ފާހަގަކުރެއެވެ.

މިކަމާ ގުޅޭގޮތުން ޖަރުމަނު އެމްބަސީއަށް ގުޅާލުމުން އެދުނީ ހާރިޖިއްޔާއާ ގުޅައިގެން މައުލޫމާތު ހޯދުމަށެވެ. ވޮއިސް އިން މިކަމުގައި ދިވެހި ހާރިޖިއްޔާގެ ބަހެއް ހޯދާލުމަށް މީޑިއާ އޮފިސަރާ ގުޅިނަމަވެސް ފޯނަށް ޖަވާބު ނުދޭތީވެ އަދި ވަނީ މައުލޫމާތު ލިބޭގޮތް ނުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ