މިރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ
ހަބަރު
27 Aug 2025 | 00:21
އަޒުމަކީ ލާމަރުކަޒީ ނިޒާމު ޗެންޕިއަން ކޮށްދިނުން: ރައީސް

އަޒުމުކަނޑައަޅުއްވައިގެން ހުންނެވީ، މާލޭ ސިޓީގެ މޭޔަރުކަމުގައި ހުންނެވި އިރު ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ފަދަ ހުރަސްތަކާއި އުނދަގޫތައް، މި ސަރުކާރުގައި ކައުންސިލްތަކަށް ކުރިމަތިވިޔަނުދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި 16 ވަނަ އިސްލާހާ ގުޅިގެން ބައެއް ފަރާތްތަކުން ސަރުކާރަށް އަމާޒުކުރާ ފާޑުކިޔުމަށް އިޝާރާތްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ މަނިކުފާނު އެދިވަޑައިގަންނަވަނީ ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރެއްވުމަށް ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

މޭޔަރު ކަމުގައި ހުންނެވި އިރު، އޭރުގެ ސަރުކާރުން ސިޓީ ކައުންސިލަށް ކުރިމަތިކުރެއްވި ފިއްތުންތަކަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުން ކައުންސިލްތަކަށް އެފަދަ ފިއްތުންތައް ކުރިމަތިވިޔަ ނުދެއްވާނޭ ކަމަށެވެ. ކައުންސިލްތައް ބާރުވެރި ކުރެއްވުމަށް ގާނޫނީ ގޮތުންނާއި އެ ނޫން ގޮތްގޮތުން ވެސް ފިޔަވަޅުތައް އަޅުއްވަމުން ގެންދަވަނީ އެ މަގްސަދު ގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެގޮތުން އަންހެނުން ކުރިއަރުވާ ކޮމިޓީތަކުގެ އިނާޔަތަށް ގެންނެވި ބަދަލާއި ކައުންސިލްތަކުގެ އާ އިމާރާތްތަކުގެ މަޝްރޫއުތަކާއި، ކައުންސިލްތަކުން މުސްތަގިއްލުކަމާއެކު އިގްތިސާދީ މަންފާ ހޯދުމަށް މަގުފަހިކުރެއްވުމަށްޓަކައި، ރަށްރަށާއި ފަޅުތައް ރަށްރަށުގެ އިހްތިސާސްގައި ހިމެނުއްވުމާއި ރަށްރަށުގެ ބައިތަކުގެ ގޮތުގައި ހަމަޖެއްސެވުން ފަދަ ފިޔަވަޅުތަކުން އެ މަނިކުފާނު މިސާލު ދެއްކެވިއެ ވެ. މީގެ އިތުރުން، ރައްޔިތުންގެ ޚިޔާލާއެކު ހުށަހަޅާ ތަރައްގީގެ ޕްލޭނާއި ފާސްކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ހުށަހަޅާ ކަންކަމަށް ސަރުކާރުން މަގުފަހިކޮށްދެއްވާނޭ ކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ވަނީ ތަފާތު ކުރެއްވުމެއް ނެތި ވައުދުތައް ފުއްދެވުމުގެ އަޒުމުގައި ހުންނެވިކަން ތަކުރާރުކުރައްވައި، ތަޢައްޞަބެއް ނެތި ވިސްނައިފި މީހަކަށް، ލާމަރުކަޒީ ބާރުވެރިކަމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅުތައް ސާފުވާނޭ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި
ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލައަށް ވީނަމަވެސް، ބައިނަލްއަގުވާމީ މުހިންމު މަޝްވަރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.