ކުރީގެ ރައީސް ނަޝީދު... ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު
28 Aug 2025 | 10:37
މީޑިއާ ކޮންޓްރޯލްކުރާ ބިލް ތަސްދީގު ނުކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

ރައްޔިތުްނގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މީޑިއާ ކޮންޓްރޯލްކުރާ ބިލް ތަސްދީގު ނުކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު މިއަދު ވިދާޅުވީ، މިހާރު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވާ އެ ބިލް ތަސްދީގުކޮށްފިނަމަ އެކަމުގެ ނޭދެވޭ އަސަރު މުޅި ގައުމަށް ކުރާނޭކަމަށެވެ.

ރާއްޖެއަށް މިނިވަން މީޑިއާގެ ވެއްޓެއް ގާއިމްކުރުމަށް އެންމެ ބުރަކޮށް މަސައްކަތްކުރެއްވި، ލިޔުއްވި ބައެއް ލިޔުއްވުންތަކާ ގުޅިގެން ޖަލުގެ ތޭރިތަކުގައި އުމުރުގެ ބައެއް ދުަވަސްތައް ހޭދަކުރެއްވި ރައީސް ނަޝީދު ވިދާޅުވީ، ހިޔާލްފާޅުކުރުމުގެ މިނިވަންކަން ސަރުކާރުން ހަނިކުރުމަކީ ޤައުމުގެ މިނިވަންކަމާއި ކުރިއެރުމަށް އެކަމުގެ ނޭދެވޭ އަސަރުކުރާނޭކަމެއްކަމަށެވެ. މި ޕޯސްޓްގައި ރައީސް ނަޝީދު ވަނީ މަޖިލީހަށް ހުށަހެޅިފައިވާ މީޑިއާ ބިލް ތަސްދީގުނުކުރުމަށް ރައީސް ޑރ.މުއިއްޒުގެ އަރިހުގައި އެދިވަޑައިގަންނަވާފަައެވެ.

މީޑިއާ ކޮންޓްރޯލްކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މިނިވަން މެމްބަރެއްގެ ގޮތުގައި ހުންނެވި، ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާން އަބޫބަކުރެވެ. ހަންނާން ހުށަހަޅުއްވާފައިވާ މި ބިލްގައިވާގޮތުން މީޑިއާ ރެގިއުލޭޓް ކުރުމަށް ކޮމިޝަނެއް ވުޖޫދަށް އަންނައިރު އެ ކޮމިޝަނުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ 3 މެމްބަރަކު ތިއްބަވާއިރު، ކޮމިޝަނުގެ ރައީސަކުވެސް އައްޔަނުކުރަނީ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުންނެވެ. 

މީގެ އިތުރުން މި ބިލްގައި މައްސަލަ ބެލުމަށް އެންގުމަށްފަހުވެސް ފުލުހުންނަށް މީޑިއާ ހައުސްއަށް ގޮސް ވަނުމުގެ ފުރުސަތާއި ވަކިވަކި ނޫސްވެރިންނާއި މީޑިއާ ހައުސްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމުގެ ބާރު ސަރުކާރަށް ލިބިދީފައި ވެއެވެ.

މީޑިއާ ކޮންޓްރޯލް ކުރާ ބިލް މަޖިލީހުން ބޭރުކުރުމަށް ނޫސްވެރިން ވަނީ ގޮވާލާފައެވެ. މީގެ އިތުރުން ނޫސްވެރިންގެ ބެލެނިވެރިފަރާތް ، މޯލްޑިވްސް މީޑިއާ ކައުންސިލުންވެސް ވަނީ ބިލް އަނބުރާ ގެންދިއުމަށް ގޮވާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި
ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލައަށް ވީނަމަވެސް، ބައިނަލްއަގުވާމީ މުހިންމު މަޝްވަރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.