ރައީސުލްޖުމްހޫރިއްޔާ އާ ބައްދަލުކުރެއްވުމަށް ނޫސްވެރިން ރައީސް އޮފީހަށް ވަންނަނީ..
ހަބަރު
28 Aug 2025 | 13:57
މީޑިއާ ބިލް މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ އާއި ނޫސްވެރިންގެ ބައްދަލުވުމެއް ކުރިއަށްދަނީ

މީޑިއާ ރެގިއުލޭޓްކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލުގެ މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އާއި ނޫސްވެރިންގެ ބައްދަލުވުމެއް ފަށައިފިއެވެ.

މި ބައްދަލުވުން ކުރިއަށްދަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ބައްދަލުވުމުގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުގެ އިސް ނޫސްވެރިންނާއި، ސީނިއާ ނޫސްވެރިން ބައިވެރިވެއެވެ. ރައީސް ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ނިންމެވީ، މީޑިއާ ކޮންޓްރޯލްކުރާ ބިލާ ގުޅިގެން ނޫސްވެރިންގެ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރުމުންނެވެ.

އެގޮތުން މީޑިއާ ބިލް މައްސަލާގައި ނޫސްވެރިން ވަނީ އިއްޔެ އާއި މިއަދު ރައީސް އޮފިސް ދޮށުގައި އިހްތިޖާޖުކުރުން ކުރިއަށްގެންގޮސްފައެވެ. މިއަދު ރައީސް އޮފީސް ދޮށުގައި ކުރި އިހުތިޖާޖުގައި ބައިވެރިވި ނޫސްވެރިންނާ ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ޚަލީލާއި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ވަނީ ބައްދަލުކުރައްވައި ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. 

މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ މީޑިއާ ބިލް ކޮމިޓީ މަރުހަލާގައި ބަދަލުގެނައުމުގެ ފުރުސަތު އޮތްކަން ފާހަގަކުރައްވާފައެވެ. އަދި މީޑިއާ ކޮންޓްރޯލްކުރުމުގައި ރައީސްގެ ބައިވެރިވުން އޮންނަން ބޭނުން ނުވާކަންވެސް ވަނީ ވިދާޅުވެފައެވެ.

މީޑިއާ ކޮންޓްރޯލްކުރާ ބިލް މަޖިލީހަށް ހުށަހެޅުއްވ އަމިއްލަ މެމްބަރެއްކަމަށްވާ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާން އެވެ. މި ބިލް މަޖިލީހުން ބޭރުކުރުމަށް ނޫސްވެރިންގެ ޖަމިއްޔާ އާއި މީޑީއާތަކުން ދަނީ ގޮވާލަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި
ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލައަށް ވީނަމަވެސް، ބައިނަލްއަގުވާމީ މުހިންމު މަޝްވަރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.