ބަންޑާރަ ނައިބު އަހުމަދު އުޝާމް... ފޮޓޯ: ރައީސް އޮފީސް
ހަބަރު
28 Aug 2025 | 16:25
މީޑިއާ ބިލް އަނބުރާ ނަގަންޖެހޭ ސަބަބެއްނެތް: އުޝާމް

މީޑިއާ ބިލް އަނބުރާ ނަގަންޖެހޭ ސަބަބެއްނެތްކަމަށް ދައުލަތުގެ ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އުޝާމް ވިދާޅުވީ މަޖިލީހުގައި މިހާރު އޮތް މޯލްޑިވްސް މީޑިއާ ރެގިއުލޭޝަންބިލް އަނބުރާ ނަގަންޖެހޭ ސަބަބެއް އޮތްކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ. 

އުޝާމް ވިދާޅުވީ މީޑިއާބިލުގައި މީޑިއާއަށް ހަރުކަށި ފިޔަވަޅުތަކެއް ހުރިކަމަށް ގަބޫލުނުކުރައްވާ ކަމަށާއި، ބިލް ދިރާސާކުރުމަށްފަހު ފަހުން ކަންކަން ރަނގަޅުކުރެވިދާނެ ކަމަށެވެ. އުސާމް ވިދާޅުވީ 2022 ވަނަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައި މީޑިއާ ކައުންސިލުން ފޮނުވާފައިއޮތް ބިލެއްގެ ޑްރާފްޓެއް އޮތްއިރު އޭގައި ބަޔާންކުރާ ކަންތައްތަކާ މިހާރު ބިލާއި މާބޮޑު ތަފާތެއް ނެތްކަމަށެވެ.

އެގޮތުން މީޑިއާ ކައުންސިލުން ފޮނުވާފައިވާ އެ ބިލުގައިވެސް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ 2 މެމްބަރުން ހިމެނޭކަން ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ.

މީޑިއާ ބިލް މައްސަލާގައި މިއަދު ނޫސްވެރިން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއާ ރައީސް އޮފީހުގައި ބައްދަލުކުރައްވާފައވެެ. މި ބައްދަލުވުމުގައި ރައީސް ވަނީ މީޑިއާތަކަށް ދެރަވާގޮތަށް ކަންކަން ނުކުރާނޭކަމަށް ވިދާޅުވެފައެވެ. އަދި މި ސަރުކާރަކީ މީޑިއާ ޕްރޯ ސަރުކާރެއްކަން ރައީސް ތަކުރާރުކުރެއްވިއެވެ. ނަމަވެސް ބިލް އަނބުރާ ގެންދަވާނޭކަމުގެ ވާހަކައެއް ރައީސް ވިދާޅުވެފައި ނުވާކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި ނޫސްވެރިން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.