ހޯސޭ މޮރީނިއޯ
ކުޅިވަރު
29 Aug 2025 | 14:14
ފެނަބާޗޭގެ ކޯޗު މޮރީނިއޯ މަގާމުން ވަކިކޮށްފި

ތުރުކީގެ ފެނަބާޗޭ އިން އެކުލަބުގެ ކޯޗު ޕޯޗުގަލްގެ ހޯސޭ މޮރީނިއޯ މަގާމުން ވަކިކޮށްފައިވާކަށް އެކުލަބުން ބުނެފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ފެނަބާޗޭ އިން އެކުލަބުގެ ކޯޗުކަމުގެ މަގާމުން މިއަދު މޮރީނިއޯ ވަކިކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު ޔުއެފާ ޗެންޕިއަންސް ލީގު ޕްލޭއޮފްގައި ޕޯޗުގަލްގެ ބެންފީކާ އަތުން ރަށުން ބޭރުގައި 1-0 ގެ ނަތީޖާއަކުން ބަލިވެ މިސީޒަނުގެ ޗެންޕިއަންސް ލީގުން އެޓީމަށް ފުރުސަތު ނުލިބުމުންނެވެ.

އުމުރުން 62 އަހަރުގެ މޮރީނިއޯ ފެނަބާޗޭގެ ކޯޗުކަމުގެ މަގާމާއި 2024 ވަނަ އަހަރުގެ ޖުލައި މަހު ހަވާލުވީ އިޓަލީގެ ރޯމާގައި ތިން އަހަރު ހޭދަކުދުމަށްފަހު އެވެ. އަދި އޭގެ ކުރިން މޮރީނިއޯ ވަނީ ޔޫރަޕްގެ ނަން މަޝްހޫރު ގިނަ ޓީމުތަކަކަށް އިރުޝާދު ދީފައެވެ. އޭގެ ތެރޭގައި ޕޯޗުގަލްގެ ޕޯޓޯ، ސްޕެއިންގެ ރެއާލް މެޑްރިޑް، އިޓަލީގެ އިންޓަ މިލާން، ޕްރެމިއާ ލީގުގެ ޓޮޓެންހަމް އަދި މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން ދެފަހަރެއްގެ މަތިން ޗެލްސީއަށް އިރުޝާދު ދީފައިވެއެވެ.

ކުލަބު ފުޓްބޯޅައިގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ މޮރީނިއޯގެ ކޯޗިން ކެރިއަރުގައި ޕޯޓޯގެ އިތުރުން އިންްޓަ މިލާނާއެކު ޔުއެފާ ޗެންޕިއަންސް ލީގު ކާމިޔާބުކުރުމުގެ އިތުރުން އޭނާ ވަނީ މެންޗެސްޓާ ޔުނައިޓެޑާއެކު ޔުއެފާ ޔޫރޮޕާ ލީގު އަދި ރޯމާއެކު ޔުއެފާ ކޮންފަރެސް ލީގު ކާމިޔާބުކޮށް ކުލަބު ފުޓްބޯޅައިގެ ޔޫރަޕްގެ އެންމެ ޝަރަފްވެރި ތިން މުބާރާތް އެންމެ ފުރަތަަމަ ކާމިޔާބުކުރި ކޯޗުކަމުގެ ޝަރަފް ހޯދާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ