ޗައިނާ ސަފީރު ޝިންހުއާ (މެދުގައި) ދިވެހި ނޫސްވެރިންނާއެކު މީގެކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން.... ފޮޓޯ: ވޮއިސް
ހަބަރު
29 Aug 2025 | 17:17
މާލީހާލަތު ރަނގަޅުކުރަން ރައްޔިތުންގެ އެއްބާރުލުން ސަރުކާރަށް ބޭނުންވާނެ: ޗައިނާ ސަފީރު

ރާއްޖެއަށް ދިމާވެފައިވާ މާލީ ނުތަނަވަސްކަމުން އަރައިގަތުމަށް ރައްޔިތުންގެ އެއްބާރުލުން ސަރުކާރަށް ބޭނުންވާނޭކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު  ކޮންގް ޝިންހުއާ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝިންހުއާ ވަނީ ރާއްޖެއާ މެދު ދެކެވަޑައިގަންނަވާގޮތާއި، ރާއްޖޭގެ އިގްތިސާދީ ކުރިމަގު އޮތްގޮތާ ގުޅޭގޮތުން އެމަނިކްފާނުގެ ވިސްނުން ހާމަކުރައްވާފައެވެ. ޝިންހުއާ ވަނީ މީގެ ކުރިން ދިވެހި ނޫސްވެރިންނާ މިއަހަރުގެ މެއިމަހުގެ ތެރޭގައި ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި ސަފީރު ވަނީ ރާއްޖެއަށް ދިމާވެފައިވާ މާލީ ހާލަތުން އަރައިގަތުމުގެ ގާބިލްކަން ދިވެހިންނަށް ލިބިގެންވާކަމަށް ވިދާޅުވެ، ރާއްޖޭގެ އިގްތިސާދާމެދު ޔަގީންކަން އޮތްކަމަށް ވިދާޅުވެ ވާހަކަދައްކަވާފައެވެ.

ސަފީރު ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ހާލަތުން އަރައިގަތުމަށް ސަރުކާރުގެ ގާބިލްކަމަށް އިތުބާރުކުރަންޖެހޭ ކަމަށެވެ. އެގޮތުން ޤައުމުގެ އިގްތިސާދީ އުފާފާގަތިކަމަށް އިޖުތިމާއީ އަދި ސިޔާސީ ހަމަޖެހުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް ސަފީރުގެ ވާހަކައިގައި ވިދާޅުވިއވެެ.

ޝިންހުއާ ވަނީ ރާއްޖެއާ ޗައިނާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ސިޔާސީ ގުޅުމުގެ ތެރެއިން ރާއްޖޭގެ އިގްތިސާދީ އަދި އުމްރާނީ ކުރިމަގަށް ކުރަމުންގެންދާ މަސައްކަތްތަކުގެ މައްޗަށްވެސް ވާހަކަދައްކަވާފައެވެ. އެގޮތުން ޗައިނާ އާއި ދިވެހިރާއްޖެއާ ދެމެދު ގާއިމްކުރެވިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުެގ ދަށުން ދިވެހިންނަށް ކުރިން ނުލިބިއޮތް ފުރުސަތުތަކެއް ފަހިވެގެން ގޮސްފައިވާކަން ފާހަގަކުރެއްވިއެވެ.

ޝިންހުއާ ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު ދިވެހި ގިނަ އުފެއްދުންތަކެއް ޗައިނާ މާކެޓަށް ނެރުމުގެ ފުރުސަތު ލިބިފައިވާކަމަށެވެ. އެގޮތުން ރާއްޖެއިން މަހުގެ އުފެއްދުންތައް ޗައިނާ މާކެޓަށް ނެރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ސަފީރު ވިދާޅުވީ، ޗައިނާއަކީ މަހުގެ އެކި އުފެއްދުންތައް އެންމެގިނައިން އެތެރެކުރާ ޤައުމުކަމުން އޭގެ ފައިދާ ދިވެހިންނަށް ނެގެން އެބައޮތްކަމަށެވެ. އެގޮތުން ރާއްޖެއިން އެންމެގިނައިން އެކްސްޕޯޓްކުރަނީ މަހުގެ އުފެއްދުންތައްކަމުން އެކަމުގެ މަންފާ ޗައިނާ މާކެޓަށްވަދެ ނެރެވެން އެބައޮތްކަމަށް ސަފީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ޗައިނާ ސަފީރެއްގެ ގޮތުގައި ރާއްޖެއަށް ކޮން ޝިންހުއާ ހަމަޖައްސަވާފައިވަނީ މިއަހަރުގެ މެއިމަހުގެ ތެރޭގައެވެ. ޝިންހުއާ އެންމެފުރަތަމަ ރާއްޖެއަށް ޒިޔާރަތްކުރެއްވީ މީގެ އަހަރުތަކެއްކުރިން ފަތުރުވެރިއެއްގެ ގޮތުގައެވެ. ޝިންހުއާ އަކީ ރާއްޖޭގައި ތިއްބަވާ އެހެން ޤައުމުތަކުގެ ސަފީރުންނާ ހިލާފަށް ރާއްޖެއާމެދު ހައްސަ ގޮތްތަކެއް ބަހައްޓަވާކަމަށް ގިނަ ބަޔަކު ފާހަގަކުރާ ޑިޕްލޮމެޓެކެވެ. އެގޮތުން ކޮންމެ ދުވަހަކު އެމަނިކްފާނުގެ ސޯޝަލް މީޑިއާ ޕޯސްޓްތަކުގައި ރާއްޖޭގެ މަންޒަރުތައް ޕޯސްޓްކުރެއްވުމަކީ ގިނަބަޔަކު ފާހަގަކުރާ ކަމެކެވެ.

ކޮމެންޓް
އާދަމް
ރާއްޖޭގެ މާލީ ޙާލަތު ރަނގަޅުވާނީ ސަރުކާރުގެ ޚަރަދު ކުޑަކުރުމަށްޓަކައި އިސް މަގާމުތަކުގެ(ކުންފުނިތަކުގެ ވެރިން ހިމެނޭގޮތަށް) މުސާރަ ކުޑަކުރުމާއި ސަރުކާރުގެ މަތި ލުއިކޮށްގެން
29 Aug 2025
ގުޅޭ ލިޔުންތައް
26 Sep 2026
އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި
ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލައަށް ވީނަމަވެސް، ބައިނަލްއަގުވާމީ މުހިންމު މަޝްވަރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.