ޖަމީލް ލިޔުއްވި ވާހަކަފޮތްތައް ނެރުމުގެ ހަފްލާ..
ހަބަރު
29 Aug 2025 | 18:23
ކުޅަދާނަ ލިޔުންތެރިޔާ ޖަމީލް ލިޔުއްވި އަލިރަސްގެފާނު ވާހަކައާއި ބޮޑުތަކުރުފާނުގެ ވާހަކަ ނެރެފި

ކުޅަދާނަ ލިޔުންތެރިޔާ ޢަބްދުﷲ ޖަމީލް ލިޔުއްވި އަލިރަސްގެފާނު ވާހަކައާއި ބޮޑުތަކުރުފާނު ވާހަކަ ނެރެފިއެވެ.

އަލިރަސްގެފާނު ވާހަކައާއި ބޮޑުތަކުރުފާނުވާހަކަ ނެރުމުގެ ހަފްލާ ބާއްވާފައިވަނީ ޤައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ހަފްލާގައެވެ. މި ދެ ފޮތް ނެރެދެއްވީ، ވިޔަފާރިވެރިޔާ، މުހައްމަދު އަލީ ޖަނާހް އާއި އޭނާގެ މަންމާފުޅެވެ. 

ފޮތް ނެރުމުގެ ހަފްލާގައި ޖަމީލް ވަނީ، މި ވާހަކަތައް ފޮތެއްގެ ސިފާގައި ނެރުމަށް ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މަޙްމޫދު ޝައުގީ ދެއްވި ހިތްވަރު ފާހަގަކުރައްވާފައެވެ. ޖަމީލް ވިދާޅުވީ މި ދެ ފޮތުގެ ވާހަކަތައް ގެނެސްދީފައިވާނީ މިހާރުގެ ކުދިންނަށް ޝައުގުވެރިވާނޭހެން ކިޔާލަން އަދި ގެންގުޅެންވެސް ފަސޭހަވާނޭގޮތަށް ކަމަށެވެ. މިގޮތުން މި ދެ ފޮތަކީ އޭގެން ކިޔަވާ ކުދިންނަށް ރަނަގޅު މަންފާއެއްކުރާ އަދި ޤައުމީ އަބްތާލުންނާބެހޭ ރަނގަޅު ތަސައްވުރެ އުފެދޭނޭ ވާހަކަތަކަކަށް ވާނޭކަމަށް ކުރި މަސައްކަތްތަކެއްކަންވެސް ޖަމީލްގެ ވާހަކާގައި ފާހަގަކުރެއްވިއެވެ.

ޖަމީލް ލިޔުއްވި ވާހަކަފޮތްތައް ނެރުމުގެ ހަފްލާ..

މި ހަފްލާގައި ފޮތް ނެރުމުގައި އެހީތެރިވެދެއްވި ޖަނާހް ވަނީ އޭނާ މި މަސައްކަތުގެ ޝައުގުވެރިކަން އުފެދުނުގޮތް ވަރަށް ތަފްސީލީގޮތެއްގައި އަލިއަޅުއްވާލައްވައި ވާހަކަދައްކަވާފައެވެ. އެގޮތުން ޤައުމުތަކަށް ކުރެއްވި ދަތުރުފުޅުގައި އެޤައުމުތަކުގެ ތާރީހާ ގުލޭގޮތުން ދަސްވި ފިލާވަޅުތަކުން، ރާއްޖެ މިއަދު މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގައި ބޮޑުތަކުރުފާނާއި އަލިރަސްގެފާނު ފަދަ ބަތަލުން ކުރެއްވި މަސައްކަތް ޖަނާހް ފާހަގަކުރެއްވިއެވެ. އެގޮތުން ޖަމީލްގެ މިފަދަ މަސައްކަތަކަށް އެހީތެރިވެދިނުމަށް ނިންމީ ޤައުމަށްޓަކައި ކުރާ ކަމެއްގެ ގޮތުގައިކަން ޖަނާހް ވިދާޅުވިއެވެ.

ޖަމީލް ލިޔުއްވި ވާހަކަފޮތްތައް ނެރުމުގެ ހަފްލާ..

ޖަމީލަކީ މީގެ ކުރިންވެސް އަދަބީ މި ފަންނުގައި ފާހަގަކޮށްލެވޭފަދަ ފޮތްތަކެއް ލިޔުއްވާފައިވާ ކުޅަދާނަ މުޞައްނިފެކެވެ. އޭނާ ލިޔުއްވި ފާހަގަކޮށްލެވޭ ފޮތްތަކުގެ ތެރޭގައި އޯކިޑް ނަމުގައި ކުރީގެ ރައީސް މުހައްމަދު އަމީންގެ ހަޔާތާ ގުޅޭ ފޮތާއި، މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމްގެ ހަޔާތްޕުޅުގެ މައްޗަށް ލިޔުއްވާފައިވާ ފޮތް ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
އިކޯސޮކް އަށް ރާއްޖެ އިންތިހާބުވުމަކީ ތާރިހީ ކާމިޔާބީއެއް: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ، އިކޯސޮކްގެ 2027- 2029 ދައުރުގެ ގޮނޑިއަކަށް ދިވެހިރާއްޖެ އިންތިޚާބުވުމުގެ ފަޚުރުގައި، އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގަ އެވެ.
04 Jun 2026
އދގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލީހަށް ފުރަތަމަ ފަހަރަށް ރާއްޖެ އިންތިހާބުވެއްޖެ
04 Jun 2026
އީދު ފާހަގަކުރަން މިލަންދޫ ކައުންސިލުން 321،000ރ، މާލި ނެރެ ދަފިނަގަން ލައްކައެއް
އެހެން ކަމުން ބޮޑު އީދު ފާހަގަކުރުމަށް މިލަންދޫ ކައުންސިލުން ވަނީ 321,940 ރުފިޔާ ހަރަދުކޮށްފަ އެވެ.
04 Jun 2026
ނަޝީދަށް ދައުލަތުގެ ވެރިކަން ދޭގޮތަށް އެއްބަސްވުމަކީ އެމްޑީޕީ އެކުވެރިވާނެ ކަމެއް ނޫން: ފަޒްނާ
"އަޅުގަނޑުގެ ޕޮއިންޓަކީ ވަކި އަތަކަށް ނުޖެހި އިންސާފުވެރި ކަމާއެކު މަސައްކަތް ކުރަން ޖެހޭ މަޤާމަކަށް ވަކިއަތަކަށް ޖެހިގެން ހުރިމީހަކު އައިސްގެން ޕާޓީގެ އެކުވެރި ކަމެއް ނުދެމެހެއްޓޭނެއޭ އެވެ,"
04 Jun 2026
ހައްޖުން އަންނަ އެއްވެސް ފަރާތެއް ރޯގާއަށް ޝައްކު ކުރެވޭނަމަ ކިއުގަ ނުޖެހި އައިޖީއެމްއެޗަށް ދެއްކޭނެ
އައިޖީއެމްއެޗުން ބުނީ، ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުން ހުން ނުވަތަ ރޯގާއަށް ޝައްކު ކުރެވޭފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ހޮސްޕިޓަލްގެ ކުއްލި ފަރުވާދޭ ބަޔަށް އައިސް ކައުންޓަރުގައި އިންނަ މުއައްޒަފަށް ރިޕޯޓްކުރުމަށް އިލްތިމާސްކުރާ ކަމަށެވެ
04 Jun 2026
ޕާކިސްތާން އަތުން ބަލިވެ، ފައިނަލަށް ދިއުމުގެ ދޮރު ރާއްޖެއަށް ބަންދުވެއްޖެ
މުބާރާތުގައި މިއަދު ޕާކިސްތާން އަތުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗްގައި ޕާކިސްތާނު މޮޅުވިއިރު، އެޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.