ބްރޯޑްކޮމްގެ މެމްބަރުން މަޖިލީސް ކޮމިޓީގައި... ފޮޓޯ: މަޖިލިސް
ހަބަރު
31 Aug 2025 | 12:48
މީޑިއާބިލް އެކުލަވާލާފައި އޮތީ ދިރާސާނުކޮށް، ބޮޑެތި ކަންބޮޑުވުން އެބަހުރި: ބްރޯޑްކޮމް

ރައްޔިތުންގެ މަޖިލީހަށް މީޑިއާ ކޮމިޝަން ބިލް ހުށަހަޅާފައިވަނީ ބަލަންޖެހޭ ކަންކަމަށް ނުބަލައި ރަނގަޅަށް ދިރާސާކުރުމެއްވެސް ނެތިކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފިއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލާގުޅޭގޮތުން މަޝްވަރާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން މިއަދު ވަނީ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ބޭފުޅުންނާ ބައްދަލުކޮށް ކޮމިޝަނުގެ ހިޔާލް ހޯދާފައެވެ. މި ބައްދަލުވުމުގައި ބްރޯޑްކޮމްގެ މެމްބަރުން ވަނީ ހުށަހަޅާފައިވާ މީޑިއާ ބިލުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަމަށް ފާހަގަކުރެައްވައި ބިލާމެދު ރުހެވެން ނެތްކަމަށް ހާމަކޮށްފައެވެ.

ބިލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކޮމިޝަންގެ ރައީސް ސަފާ ޝަފީގު ވަނީ މިފަދަ ބިލެއް އެކުލަވާލާއިރު ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކުރަންޖެހޭނޭކަން ފާހަގަކުރައްވައި، ބިލުގެ މަސައްކަތް ނިންމާފައިވަނީ ކަމާ ގުޅުންހުރި ފަރާތްތަކާ އެކަން ހިއްސާނުކޮށްކަން ފާހަގަކުރައްވާފައެވެެ. އެގޮތުން ބިލް ހުށަހެޅިއިރު ބްރޯޑްކާސްޓިން ކޮމިޝަނާ މަޝްވަރާކޮށްފައިނުވާކަން ސަފާ ވިދާޅުވިއެވެ. އަދި ސަފާވަނީ ބިލް ޑްރާފްޓް ކުރުމުގެ މަރުހަލާގައި ކޮމިޝަނާ މަޝްވަރާކޮށްފައި ނުވާތީވެ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ސަފާ ވިދާޅުވީ ކޮމިޝަންތައް އެއް ފުރާޅެއްގެ ދަށަށް ގެންނައިރު، ކުރަންޖެހޭ ވަރަށް ބައިވަރު ކަންކަން ހުންނާނޭކަމަށާއި، މިހާރު ކަންކަން އިންތިޒާމުވެފައި ހުރިގޮތުން މީޑިއާ މޮނީޓަރ ނުކުރެވޭކަމަށެވެ. އެގޮތުން މިފަދަ ބިލަކަށް އަމަލުކުރަ ބަލާއިރު ވަސީލަތްތަކާއި އެނޫންވެސް ކަންކަން ހުރިގޮތުން ބިލްގައި ބަޔާންކޮށްފައިވާ ކަންކަން ކުރެވޭނޭކަމަށް ގަބޫލު ނުކުރެއްވޭކަމަށް ސަފާ ވިދާޅުވިއެވެ.

މިއީ އެއް ދުވަހުން ދެ ދުވަހަކުން ނޫނީ އެ މަސްތަކުން ކުރެވޭނެ ވަރުގެ ކަމެއް ވެސް ނޫން. ވަރަށް ބައިވަރު ކަންތައްތަ ބައިވަރު މި ޕްލެޓްފޯމްތަކެއް އެއްކޮށްލާ ވާހަކަ މި ދައްކަނީ. އަޅުގަނޑު މި ދައްކަނީ ނިއު މީޑިއާ ޑިޖިޓަލް މީޑިއާ ދެއްތޯ ދެން ހަމަ އެހެންމެ ބްރޯޑްކާސްޓް މީޑިއާ ޕްރިންޓް މީޑިއާ ހުރިހާ އެއްޗެހި އެއްކޮށްލާއިރު ވަރަށް ބައިވަރު ގަވާއިދުތައް ހަދަންޖެހޭނެ

ސަފާ ވިދާޅުވިއެވެ

ކޮމިޝަންގެ މެމްބަރު އާއިމިނަތު ޝަހާރަތު ވިދާޅުވީ، ބިލްގައި ނޫސްވެރިންނާއި މީޑިއާތައް ޖޫރިމަނާކުރުމުގެ ވާހަކަ ބަޔާންކުރާއިރު، އެކަމުގައި ބަލަންޖެހޭ އަދި ކުރަންޖެހޭ ދިރާސާތަކެއް އެބަހުރިކަމަށެވެ. އަދި ޖޫރިމަނާތައް ކުރެވޭނީ އެފަރާތްތަކަށް ލިބޭ އާމްދަނީ އާއި މާލީ ހާލަތާއި، އެނޫންވެސް ކަންކަމަށް ބެލުމަށްފަހިކަމަށް އޭނާ ފާހަގަކުރެއްވިއެވެ. 

ބައްދަލުވުމުގައި މެމްބަރުން ވަނީ، މީޑިއާ ބިލެއް އެކުލަވާލާއިރު، ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކަށް ރިޔާއަތް ކުރަންޖެހޭ ކަމަށާއި، އެކަންތައްތަކާ ފުށުއަރާތޯ ބެލުމަށްފަހު ނޫނީ މިފަދަ ބިލެއްގައި ބަޔާންކުރާ ކަންކަން ތަންފީޒުކުރެވެން ނޯންނާނެކަން ފާހަގަކުރައްވައި ވާހަކަދައްކަވާފައެވެ.

ރައްޔިތުްނގެ މަޖިލީހަށް މީޑިއާ ކޮންޓްރޯލް ކުރުމުގެ މި ބިލް ހުށަހެޅީ އަމިއްލަ މެމްބަރެއްކަމަށްވާ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހައްނާން އަބޫބަކުރެވެ. މި ބިލަށް ސަރުކާރަށް ނިސްބަތްވާ މެމްބަރުން ތާއީދުކުރިނަމަވެސް އިދިކޮޅު މެމްބަރުން ވަނީ ބިލް ބޭރުކުރަންޖެހޭކަމަށް ގޮވާލާފައެވެ.

މީޑިއާ ބިލާ ގުޅިގެން މީޑިއާ ސެސޯސިއޭޝަންތަކުންނާއި ބައެއް މީޑިއާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް ބިލް ބޭރުކުރުމަށް ގޮވާލާފައެވެ. މީގެ ތެރޭގައި މީޑިއާ ކައުންސިލާއި، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި
ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލައަށް ވީނަމަވެސް، ބައިނަލްއަގުވާމީ މުހިންމު މަޝްވަރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.