ސިޔާސީ ޕާޓީގެ ޤާނޫނުގެ ދެލިކޮޕީގެ ސްކްރީން ޝޮޓެއް
ހަބަރު
02 Sep 2025 | 13:29
ސިޔާސީ ޕާޓީތަކަށް މިފަހަރު ދޫކުރީ 27.9 މިލިއަން ރުފިޔާ: އިލެކްޝަންސް

އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުވެފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ޝަރުތު ހަމަވާ ޕާޓީތަކަށް ދޫކުރުމަށް 27.9 މިލިއަން ރުފިޔާ ބޭންކަށް ފޮނުވާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަނުން ބުނީ މިއަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދުވަހާ ހަމައަށް 10,000 މެންބަރުން ހަމަވި ސިޔާސީ ޕާޓީތަކަށް، ދޫކުރަންޖެހޭ ފައިސާގެ ޕޭމަންޓް ޕްރޮސެސް ކުރުމަށްފަހު، އިއްޔެ ބޭންކަށް ފޮނުވާފައިވާކަމަށެވެ. އިލެކްޝަނުން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިފަހަރު އެންމެގިނަ ފައިސާ ލިބޭ ޕާޓީތަކުގެ ތެރޭގައި ހިމެނެނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، އާއި އިދިކޮޅު އެންމެބޮޑު ޕާޓީ، އެމްޑީޕީއެވެ.

ޕާޓީތަަކަށް ދޫކުރި ފައިސާގެ އަދަދު:

- ޕީއެންސީއަށް 13.3 މިލިއަން ރުފިޔާ

- އެމްޑީޕީއަށް 8.4 މިލިއަން ރުފިޔާ

- ޖުމްހޫރީ ޕާޓީއަށް 2.6 މިލިއަން ރުފިޔާ

- އެމްޑީއޭއަށް 1.7 މިލިއަން ރުފިޔާ

- އަދާލަތު ޕާޓީއަށް 1.7 މިލިއަން ރުފިޔާ

ސިޔާސީ ޕާޓީތަކާ ބެހޭ ޤާނޫނުގެ 35 ވަނަ މާއްދާގައި ބުެނފައިވަނީ ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޫކުރެވޭ ފައިސާއަކީ، އެއަހަރަކަށް ފާސްކުރާ ބަޖެޓުގެ 0.1 އިންސައްތައެވެ. ސިޔާސީ ޕާޓީތަކަށް މިއަހަރުގެ ބަޖެޓުން ޖުމްލަ 27 މިލިއަން ރުފިޔާ ދޫކުރިއިރު، މިދިޔަ އަހަރު ސިޔާސީ 5 ޕާޓީއަކަށް ވަނީ، އެޕާޓީއެއްގައި މެންބަރުން ތިބި ނިސްބަތުން، ބޮލަކަށް 193.23 ރުފިޔާ ގެ މަގުން ފައިސާ ދޫކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެފަހުން އާންމުކޮށްފައިވާ ދަފްތަރުގައިވާ ގޮތުން ވެރިކަންކުރާ ކޮންގްރެސް ޕާޓީ ގައި ތިބީ 68،665 މެންބަރުން ތިބިއިރު. އެމްޑީޕީ ގައި 43،765 މެންބަރުން އެބަ ތިއްބެވެ. ދެން އެންމެ މެންބަރުން ގިނަ ޖުމްހޫރީ ޕާޓީގައި ތިބީ 13،456 މެންބަރުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި
ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލައަށް ވީނަމަވެސް، ބައިނަލްއަގުވާމީ މުހިންމު މަޝްވަރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.