އެންމެ ފަހުން ހުޅުވި މުލި އެއާޕޯޓް
ހަބަރު
02 Sep 2025 | 14:26
އަތޮޅުތެރޭގެ ނުވަ އެއާޕޯޓް އެމްއޭސީއެލްގެ ދަށަށް، ރީޖަނަލް އެއާޕޯޓް އުވާލަނީ

ރީޖަނަލް އެއާޕޯޓްސްގެ ދަށުން ހިންގަމުން އައި ހުރިހާ އެއާޕޯޓެއް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓްގެ ދަށަށް ބަދަލުކޮށްފި އެވެ.

ރީޖަނަލް އެއާޕޯޓްސްތައް އެމްއޭސީއެލްގެ ދަށަށް ބަދަލުކޮށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އުވާލުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. މިއީ ހަރަދު ކުޑަކުރުމާއި ހިންގުން ހަރުދަނާކޮށް ހިދުމަތް ރަނގަޅު ކުރުމުގެ ގޮތުން ގެންނަން ނިންމި ބަދަލެކެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން މިއަދު ބުނީ މީގެ ދެ ހަފްތާއެއްހަ ދުވަސްކުރީން ފެށިގެން އަތޮޅުތެރޭގައި ރީޖަނަލް އެއާޕޯޓްގެ ދަށުގައި ހުރި ހުރިހާ އެއާޕޯޓެއްގެ ހިންގުމާއި އެމްއޭސީއެލް އިން ހަވާލުވެފައިވާ ކަމަށެވެ. އެ ގޮތުން ޖުމްލަ ނުވަ އެއާޕޯޓެއްގެ ހިންގުން އެ ކުންފުނީގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ.

މި ނިންމުމާއެކު އެއާޕޯޓްތަކުގެ މަރާމާތު ކުރުމާއި ހިންގުން ހަރުދަނާކޮށް ހިދުމަތްތައް އިތުރަށް ރަނގަޅު ކުރާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ރީޖަނަލް އެއާޕޯޓްސް އުވާލުމުގެ މަސައްކަތް ކުރިއަށް

ރީޖަނަލް އެއާޕޯޓްސްގެ ދަށުން ހިންގަމުން އައި ހުރިހާ އެއާޕޯޓަކާއި އެމްއޭސީއެލް އިން ހަވާލުވުމާ އެކު ސަރުކާރުން ކަނޑައަޅާފައިވާ ގޮތަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އުވާލުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. ނަމަވެސް އިދާރީ ހުރިހާ ކަމެއް ނިންމުމަށް ފަހު އެ ކުންފުނި އުވާލެވޭނެ ސީދާ ތާރީހެއް ނޭންގެ އެވެ.

އެ މަސައްކަތް ބާރަށް ކުރިއަށް ގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

މިހާރުވެސް ބައެއް އެއާޕޯޓްތަކުގެ މަސައްކަތް ދަނީ ކުރިއަށެވެ. އަދި ބައެއް އެއާޕޯޓްތައް އެޅުމަށް ވަނީ ނިންމާފަ އެވެ. ބައެއް މަސައްކަތް ހަވާލުކޮށްފައި ވަނީވެސް އެމްއޭސީއެލްއަށެވެ. އެ ގޮތުން މަކުނުދޫ އެއާޕޯޓާއި މަތިވެރި އެއާޕޯޓް އަޅާނީ ވެސް އެމްއޭސީއެލް އިންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.