މެންބަރު ފަލާހް އަދި ކުރީގެ މިނިސްޓަރު ޝާހިދު --
ހަބަރު
02 Sep 2025 | 18:57
ފަލާހްގެ ރައްދު: ކުރި ވައްކަން ހެއްކާއެކު އަރާހަމަކުރާނެ

ކުރީގެ ސަރުކާރުގައި ހިންގާފައިވާ ވައްކަންތައް ހެއްކާއެކު އަރާހަމަ ކުރާނެ ކަމަށް ވިދާޅުވެ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ކޮންގްރެސް ޕާޓީގެ ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ރައްދު ދީފި އެވެ.

އޭނާގެ ރަައްދު, ޝާހިދަށް އަމާޒުކުރީ އަންނަ މަހުގެ ތިންވަނަ ދުވަހު އެމްޑީޕީން މުޒާހަރާ ކުރަން ނިންމުމުން އެކަން ހާމަކޮށް ޝާހިދު ކުރެއްވި ޕޯސްޓަކާއި ގުޅިގެންނެވެ. އާންމުންގެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވާ ފަލާހް ވިދާޅުވި ގޮތުގައި އެމްޑީޕީން އުޅެނީ ގައުމު ހަލަބޮލި ކުރާށެވެ. އަދި މުޒާހަރާ ކުރަނީ ކޮށްފައިވާ ވައްކަންތައް މިހާރު ބަލަން ފަށާތީ އެވެ.

އަދި ވިދާޅުވީ ޖަރީމާ ހިންގާ ގައުމު ނޮޅާ ހުސްކޮށްލުމަށް ފަހު އެހެން މީހުންގެ ބޮލަށް ކަނޑާލާ މަތިޖަހަން އަބަދު އުޅެވޭނެ ކަމަށް ހީނުކުރުމަށް އިންޒާރުކޮށްފައިވެ އެވެ.

‏"ބަދަލުގެ ނަމުގައި އެކަނި ފަސް އަހަރު ގާތް ރަހްމަތްތެރިންނަށް 800 މިލިއަން ރުފިޔާ ބަހާލި. ކޮވިޑުގައި ގައުމުތަކުން ލިބުން ހާހިލޭ އެހީ އެހެރީ ރާއްޖެއިން ބޭރުގައި އަމިއްލަ އެކައުންޓްތަކުގައި," އިދިކޮޅުގެ ވެރީންނަށް ތުހުމަތު ކުރައްވާ ފަލާހް ވިދާޅުވި އެވެ.

‏އަދި ވިދާޅުވީ ޕްރޮޖެކްޓް ހިންގުމުގެ ނަމުގައި ހުރީ ކަރުދާހުގައި ސޮއިކޮށްލި ގޮތަށް އެއްވެސް މަސައްކަތެއްނުކޮށް ކަމަށެވެ. ނަމަވެސް އެކުވެރި ކުންފުނިތަކަށް އެތައްސަތޭކަ މިލިއަން ރުފިޔާ ބަހާލާފައިވާ ކަމަށާ އެކަން ކުރީ ބައިއަޅާ ގޮތަށް ކަަމަށެވެ.

".. ހީނުކުރަށްވާ ދިވެހި ރައްޔިތުން އެހާ މޮޔަ ކަމަށް. ތިއުޅެނީ މިހާލުގައި ގައުމު ޖައްސާފަ އަދިވެސް ހިތް ނުފުރިގެންތަ. މިގޮތަށް ކިޔާނަމަ ރައްޔިތުންނަށް އެމްޑީޕީގެ ވެރިން ހިންގާފަހުރި ޖަރީމާތަށް ހާހުން ކިޔާލަން އެބަހުރި. އިންތިޒާރުކޮށްލައްވާ ކުރި ވައްކަންތައް އަރާހަމަކުރާނެ ހެއްކާއެކު," ޝާހިދުގެ ޕޯސްޓަށް ރައްދު ދީ ފަލާހް ކުރި ޕޯސްޓްގައި ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި
ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލައަށް ވީނަމަވެސް، ބައިނަލްއަގުވާމީ މުހިންމު މަޝްވަރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.