މުޙައްމަދު މުސްތަފާ އަދި އޭނާގެ މަންމަ
ހަބަރު
02 Sep 2025 | 14:17
މަންމަގެ ކެންސަރަށް ފަރުވާ ހޯދަން މޯޑު އެދެނީ އާއްމުންގެ ފަރާތުން ދީލަތި އެހީއަކަށް

ރ. އިނގުރައިދޫ ލަންސިމޫގޭ މުޙައްމަދު މުސްތަފާ (ކުޑަމޯޑު) ބުނީ، މަންމަގެ ކެންސަރުގެ ދަތުރުތައް 2019 ވަނަ އަހަރުން ފެށިގެން ހަމަ ކޮންމެ އަހަރަކުހެން ކުރަމުން އަންނަ ކަމަށެވެ. އަދި ހަމަ އެހެންމެ ކޮންމެ ފަހަރަކުވެސް އާސަންދައާއި އެންސްޕާގެ އެހީތެރިކަންވެސް ލިބެމުން އަންނަ ކަމަށެވެ.

އެހެންނަމަވެސް ރަށުން މާލެ އައުމާއި މާލޭގައި މަޑުކުރުމާއި މާލެއިން އިންޑިއާއަށް ގޮސް އިންޑިއާގައި އުޅޭ އުޅުމުގައި ހޭދަވާ ހޭދަތަކަކީވެސް އިންތިހާ ތަކުލީފު ބޮޑު އަދަދުތަކަށް މުސްތަފާ އަދި މުސްތަފާގެ ޢާއިލާއަށް އޮންނަނީ ވެފައެވެ. އެހެންނަމަވެސް ފާއިތުވި ހަ އަހަރުވެސް މުސްތަފާ އަދި މުސްތަފާގެ ޢާއިލާއިން އެ ޚަރަދުތައް މެނޭޖުކުރީ ޢާއިލީ އަދި ގާތް މީހުންގެ އެހީތެރިކަމާއި އެއް ބަނޑު އެއްބަފާ ކުދިންގެ މެދުގައި އިންތިޒާމުވެގެން ނެގި ކުދި ލޯނުތަކާއި ކުދި ދަރަނިތަކުންނެވެ.

މިފަހަރު މިއޮތީ އަނެއްކާވެސް މަންމަގެ ކެންސަރު ދަތުރުގައި މުސްތޮފާ އާއި އާއިލާ އިންޑިއާއަށް ފުރަން ޖެހިފައެވެ. އާސަންދަ އާއި އެންސްޕާގެ އެހީތެރިކަން މިފަހަރުވެސް ލިބޭނެކަމާއިމެދު މުސްތޮފާ ޔަޤީން ކަށަވަރު ކުރެއެވެ. އެހެންނަމެސް ތަޖުރިބާގެ އަލީގައި މުސްތޮފާއަށް ފާހަގަވާ ކަމަކީ އިންޑިއާއަށް ދާ ކޮންމެ ދަތުރެއްގައިމެ ކީމޯ ތެރަޕީތައް ފަދަ ތެރަޕީތައް ދިނުމުގައި މަދުވެގެން 25 ވަރަކަށް ދުވަހު މަޑުކުރަން ޖެހޭ ކަމާއި އާސަންދަ އެންސްޕާއިން ލިބޭ އެހީގެ އިތުރަށްވެސް މަދުވެގެން (3،000( ތިން ހާހެއްހާ ޑޮލަރު ހޭދަވާކަމެވެ.

ރ. އިނގުރައިދޫ، ލަންސިމޫގޭ ފާޠިމަތު ހުސެއިން (މުސްތޮފާގެ މަންމަ)ގެ އިތުރު ފަރުވާއަށާއި ޓެސްޓްތައް ހެދުމަށް ވީހާވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ދިއުމަށް ޑަކުޓަރުން ލަފާދީފައިވާ މި ދަނޑިވަޅުގައި މުސްތޮފާ އަދި އެ ޢާއިލާއިން އެދެނީ ރައްޔިތުންގެ ލޮބުވެތި އެހީއަކަށެވެ.

މަންމަގެ ކެންސަރު ދަތުރަށް އެހީތެރިކަމަށް އެދޭއިރު މުސްތޮއަކީ ޚާއްޝަ އެހީއަށް ބޭނުންވާ ފަރާތެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

އެ ތަކުލީފުތަކާއެކުވެސް މަންމައާއި ބައްޕަ އަދި މުޅި އާއިލާއަށްޓަކައި އަބަދުވެސް ޤުރުބާނީ ވުމުގައި މުސްތޮއަކީ ސާބިތުކަމުގައި ހުރި މިސާލެކެވެ. މަންމައާއި ބައްޕައަށް ވެވުނު ހުރިހާ ގޮތަކުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލުކަން މުސްތޮއަށް މިންވަރު ކުރެއްވީތީ  މާތް ﷲ އަށް މުސްތޮ ހަމްދާއި ޝުކުރު ކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި
ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލައަށް ވީނަމަވެސް، ބައިނަލްއަގުވާމީ މުހިންމު މަޝްވަރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.