"ގްލޯބަލް ސުމޫދް ފްލޮޓިއްލާ" ހަރަކާތުގެ ތެރެއިން...
ހަބަރު
03 Sep 2025 | 09:32
"ގްލޯބަލް ސުމޫދް ފްލޮޓިއްލާ" އިން އެދެނީ ވެވުނު ގޮތަކަށް ޣައްޒާއަށް އެހީވުމަށް

އިސްރާއީލް ސިފައިން ޣައްޒާ ހިފުމަށް ދެމުންގެންދާ ހަމަލާތައް ވަރުގަދަ ކޮށްފައިވާއިރު، މިއީ އެ ސިޓީ ހިސޯރު ނައްތާލުމަށް  އާންމުންގެ ފަރާތުން އެންމެބޮޑަށް އެއްބާރުލުން ބޭނުންވާ ވަގުތުކަމަށް ގްލޯބަލް ސުމޫދު ފްލޮޓިއްލާ މޫވްމަންޓުން ބުނެފިއެވެ.

އިސްރާއީލް ހިސޯރުކުރުމަށް ޔަހޫދީ ސިފައިންގެ އޮޕަރޭޝަންތައް ވަރުގަދަކޮށްފައިވާއިރު، އެ ކަމާ ދެކޮޅަށް އެންމެބޮޑަށް މަސައްކަތްކުރަމުންގެންދާ "ގްލޯބަލް ސުމޫދް ފްލޮޓިއްލާ"ގެ ޓިއުނީޝިޔާގެ ގްރައުންޑް ޓީމުން ދަނޫ މިވަގުތު ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ޖަމާއަތުގެ ޓީމްތައް މިހާރުވެސް ދަނީ ޔޮޓްތަކުގައި ޢައްޒާސިޓީއާ ދިމާލަށް ދަތުރުކުރުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން ބައެއް ތީމުތައް ފުރުވާލާފައިވާއިރު، މިހާރުވެސް ބައެއް ޓީމުތަކުގައި ބައިވެރިވާ ފަރާތްތައް ރަޖިސްޓަރ ވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. 

މިކަމާ ގުޅޭގޮތުން އެޖަމާއަތުގެ ފަރާތުން ރާއްޖެ ތަމްސީލްކުރާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނުން ބުނެފައިވަނީ ޣައްޒާ ހިސޯރު ނައްތާލުމަށް ޓިއުނީޝިއާއިން ފުރުމަށް ހަމަޖެހިފައިވާ ބޯޓުތަކަށް އެރުމަށް އެތައް ގައުމެއްގެ ބައިވެރިން އެބަ ތިބިކަމަށެވެ.

ޓީމުތަކުގައި ބައިވެރިވާ ފަރާތްތައް..

"ބަނޑުހައިހޫނުކަމާއި ޤަތުލްއާންމުގެ މެދުގައި ތާށިވެ މަރަށް ހުށައެޅިފައިތިބި އަހަރެމެންގެ އަޚުންނާއި އުޚްތުންގެ ފުރާނަ ސަލާމަތްކުރެވޭތޯ ކުރެވެން ހުރި ހުރިހާ ކަމެއް އަދި ދެވެން ހުރި ހުރިހާ ޕްރެޝާރއެއް ދިނުމަކީ މި ދަނޑިވަޅުގަ އަހަރެމެން އެންމެ ވެސް ކުރަންޖެހޭނެ ކަމެއް" އައިއޭސީން ބުންޏެވެ.

ޣައްޒާ ހިމާޔަތުގައި ދަތުރުކުރަމުންދާ ޔޮޓެއް.. ފޮޓޯ: އެފްބީ

އިސްރާއީލް ސިފައިން ޢައްޒާ ހިފުމަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފައިވާއިރު، ޣައްޒާގެ ގިނަ އަދަދެއްގެ ރައްޔިތުން މިހާރު ތިބީ އެސިޓީގެ އަތިރިމަތީގައެވެ. އެގޮތުން ގިނަ އަދަދެއްގެ ރައްޔިތުން އަތިރީމަތީ ކޭމްޕްތަކުގައި ތިބިއިރު، މުޅި އެ ސަރަހައްދު ވަނީ ފުރިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި
ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލައަށް ވީނަމަވެސް، ބައިނަލްއަގުވާމީ މުހިންމު މަޝްވަރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.