ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތް
ހަބަރު
03 Sep 2025 | 11:40
ލޯނުތައް ދައްކަން މީގެކުރިން ހޭދަނުކުރާވަރަށް ހޭދަކޮށްފި

މީގެ ކުރިން އެކި އަހަރުތަކުގައި ސަރުކާރުގެ ހަރަދުތައް ފޫބެއްދުމަށް ނެގި ލޯނުތައް އަދާކުރުމަށް މީގެކުރިން ނުކުރާވަރަށް މިއަހަރުގެ ތެރޭގައި ހޭދަކޮށްފައިވާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓަށް ބަލާއިރު، ހުސްވި ހަފްތާގެ ނިޔަލަށް ލޯނުތައް އަދާކުރުމަށް ކުރި ހޭދައިގެ ޖުމްލަ އުޅެނީ 3.9 ބިލިއަން ރުފިޔާގައެވެ. ފިނޭންސްގެ ރެކޯޑްތަކުން ދައްކާގޮތުގައި މިއީ އަދި ރެކޯޑެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ލޯނުތައް ދެއްކުމަށް ހޭދަކޮށްފައިވަނީ، 1.6 ބިލިއަން ރުފިޔާއެވެ.

ރައްޔިތުން މަޖިލީހުގެ މިއަހަރަށް ފާސްކުރި ބަޖެޓްގައިވާގޮތުން ލޯނުތައް ދެއްކުމަށް ފާސްކުރި އަދަދުކަމަށް ކަނޑައަޅާފައިވަނީ، 3.8 ބިލިއަން ރުފިޔާއެވެ. 

ސަރުކާރަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމުގެ މުއްދަތު ކައިރިވަމުން އަންނައިރު، ދާދިފަހަކުން އިންޑިއާ ސަރުކާރުން ވަނީ، މީގެ ކުރިން އެޤައުމުން ނެގި ބައެއް ލޯނުތައް އަނބުރާ ދައްކަންޖެހޭ މުއްދަތު ފަސްކޮށްދީފައވެެ. މީގެ ތެރޭގައި ކުރީގެ ސަރުކާރުން 2019 ވަނަ އަހަރު ބަޖެޓް ސަޕޯޓަށް ބޭނުންވާ ފައިސާ ހޯދުމަށް އިންޑިއާއިން 50 މިލިއަން ޑޮލަރުގެ ލޯނު ހިމެނެއެވެ.

ކުރީ ސަރުކާރުތަކުން ބޭރުގެ އެކި ފަރާތްތަކުން ނަގާފައިވާ ކުރު މުއްދަތުގެ ދަރަނީގެ މައްސަލައަކީ މި ސަރުކާރަށް ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުމެއްކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ބުނެފައެވެ. 

ކުރިއަށްއޮތް އަހަރު ވެގެންދާނީ ރާއްޖޭގެ ތާރީހުގައިވެސް އެންމެ ބޮޑު އަދަދަކުން ދަރަނިތައް ދައްކަންޖެހޭނެ އަހަރަށްކަމަށް މާލީ ވުޒާރާއިން ވަނީ ބުނެފައެވެ. އެގޮތުން ބޭރުގެ އެކި ފަރާތްތަކުން ނަގާފައިވާ ލޯނުތަކުގެ އިންޓަރެސްޓާއެކު 1 ބިލިއަނަށްވުރެ ގިނަ ޑޮލަރު ދައްކަންޖެހޭަނޭކަމަށް މާލީ ވުޒާރާއިން ފާހަގަކުރެއެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 15 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ.

އަންނަ އަހަރު ދައްކަންޖެހޭ 1 ބިލިއަން ޑޮލަރުގެ ތެރޭގައި ހިމެނެނީ 2021 ވަނަ އަހަރު ވިއްކާފައިވާ ސަވަރިން ސުކޫކަށް ދައްކަންޖެހޭ 500 މިލިއަން ޑޮލަރެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި
ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލައަށް ވީނަމަވެސް، ބައިނަލްއަގުވާމީ މުހިންމު މަޝްވަރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.