އާރުޑީސީން ރަށެއްގެ މަގުހެދުމުގެ މަސައްކަތް ކުރިއަށްގެންދަނީ..
ހަބަރު
04 Sep 2025 | 10:30
އާރުޑީސީގެ ސައިޓްތަކުގައި މަސައްކަތްކުރާނޭ މީހުން ހޯދަނީ

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން އަތޮޅުތަކުގައި ފެށުމަށް ތައްޔާރުވަމުންދާ އުމްރާނީ ބައެއް މަސައްކަތްތައް ކުރުމަށް މީހުން ހޯދުމަށް އިއުލާނުކޮށްފިއެވެ.

އާރުޑީސީން ވަނީ ތިން ރަށެއްގެ ސައިޓްތަކަށް ބޭނުންވާ މީހުން ހޯދުމަށް އިއުލާނުކޮށްފައިވާއިރު، އެރަށްތަކުގެ ތެރޭގައި ހިމެނެނީ، މ.ކޮޅުފުއްޓާއި، ނާލާފުށީގެ އިތުރުން، މުއްޔެވެ. އާރުޑީސީން އިއުލާނުކޮށްފައިވާ ވަޒީފާތަކުގެ ތެރޭގައި ސައިޓް ސުޕަވައިޒަރުންނާއި، ޕްރޮޖެކްޓް އެސިސްޓަންޓުންނާއި، އިންވެންޓަރީ މެނޭޖްމަންޓް އޮފިސަރުންގެ އިތުރުން، ބާބެންޑާ އަދި ޑްރައިވަރުން ހިމެނެއެވެ.

ސަރުކާރުން ވަނީ އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް އާރުޑީސީއާ ހަވާލުކޮށްފައެވެ. މިގޮތުން މިދިޔަ އޮގަސްޓްމަހުގެ ތެރޭގައިވެސް ސަރުކާރުން ވަނީ އާރުޑީސީއަށް 11 ރަށެއްގެ މަގުތައް ހެދުމުގެ މަސައްކަތް ހަވާލުކޮށްފައެވެ. އެ މަޝްރޫޢުތަކުގެ ޖުމްލަ އަގު 850 މިލިއަން ރުފިޔާއަށް އަރާއިރު، އާރުޑީސީން ދަނީ މަގުހެދުމުގެ އިތުރުންވެސް ފުޓްސަލް ދަނޑުތަކާއި އެނޫންވެސް އެފަދަ މަޝްރޫއުތައް ހިންގަމުންނެވެ.

ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި އަތޮޅުތެރޭގެ އުމްރާނީ މަސައްކަތްތަކުގެ މުހިއްމު ގިނަ މަޝްރޫޢުތައް ނިންމައި ރައްޔިތުންނަށް އެކަމުގެ ލުއިފަސޭހަކަން ހޯދައި ދިނުންކަމަށް ރައީސް ޑރ.މުއިއްޒު ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި
ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލައަށް ވީނަމަވެސް، ބައިނަލްއަގުވާމީ މުހިންމު މަޝްވަރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.