ހުޅުމާލޭގައި ހުންނަ އެސްޓީއޯގެ ސިޓީހޮޓާ. ފޮޓޯ: ވޮއިސް
ހަބަރު
04 Sep 2025 | 12:42
އެސްޓީއޯ ހޮޓާ އަގުކުރީ 20 މިލިއަން ޑޮލަރަށް. މިހާރު އެއީ އެޗްޑީސީގެ ތަނެއް

ހުޅުމާލޭގައި އެސްޓީއޯއިން ތަރައްޤީކުރި ސިޓީހޮޓާ އަގުކޮށް، އެތަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއަށް ބަދަލުކުރުމުގެ މުއާމަލާތްތައް ނިންމާލައިފިއެވެ.

މިކަމާ ގުޅިގެން އެސްޓީއޯއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ހުޅުމާލޭގައި ހުންނަ އެކުންފުނީގެ ހޮޓާ، އެޗްޑީސީއާއެކު 20 މިލިއަން ޔޫއެސް ޑޮލަރަށް އަގުކޮށް އެއްބަސްވުމަށްފަހު، ހުޅުމާލޭ ފޭސް ދޭއްގެ ބިމަކަށް ބަދަލުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށް ނިމިފައިވާކަމަށެވެ. އެސްޓީއޯ އާއި އެޗްޑީސީއާ ދެމެދު މި އެއްބަސްވުން ގާއިމްކޮށްފައިވަނީ، ހުސްވި އޮގަސްޓްމަހުގެ 31 ވަނަ ދުވަހެވެ. 

އެސްޓީއޯއިން ބުނީ، މި މުޢާމަލާތާއި ގުޅިގެން އެ ކުންފުނީގެ ހިސާބުތަކަށް އައިސްފައިވާ ބަދަލުތަކުގެ ތަފްސީލު، 2025 ވަނަ އަހަރުގެ އެސްޓީއޯގެ މާލީ ބަޔާންތަކުގައި ހިމެނޭނެ ކަމަށެވެ. އެސްޓީއޯއިން މިކަން އިއުލާނުކޮށްފައިވަނީ، ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީގެ ކޮންޓިނުއިން ޑިސްކްލޯޝަރ އޮބްލިގޭޝަންސް އޮފް އިޝުއަރޒްގެ (ސީ.ޑީ.އޯ.އައި) ރެގިއުލޭޝަންގެ ދަށުންކަމަށް އެކުންފުނިން ބުނެއެވެ.

އެންމެފަހުން ބޭއްވި އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވަނީ، ސިޓީ ހޮޓަލުގެ ބަދަލުގައި ހުޅުމާލެއިން 40،000 އަކަފޫޓުގެ ބިމެއް ހަމަޖެހިފައިވާކަމަށް ވިދާޅުވެފައެވެ. 

އެޗްޑީސީން މިފަހުން ވަނީ އެ ހޮޓާ ތަރައްޤީކުރުމުގެ މަސައްކަތް، ދުބާއީގެ ޑީޕްސީފުޑް ކޮމްޕެނީން ހަދާފައިވާ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައެވެ. ދުބާއީގެ ކުންފުނިން އެތަން ހިންގުމަށް ނިންމާފައިވަނީ، "މަންހަޓަން ގްރޭންޑު" ނަމުގައެވެ.

އެޗްޑީސީން ބުނީ، ފަސްތަރީގެ އެ ހޮޓާ ތަރައްޤީކުރުމަށް ނިންމާފައިވަނީ، ކުރިއަށްއޮތް 12 މަސްދުވަހުގެ ތެރޭގައި މަސައްކަތް މުޅިން ނިންމާގޮތަށެވެ. ފަސްތަރީގެ މި ހޮޓާ ނިމޭއިރު، 158 ކޮޓަރީގެ އިތުރުން ބެންކުއެޓް ހޯލަކާއި މަލްޓި ޕާރޕަސް ހޯލުގެ އިތުރުން ސްވިމިންގ ޕޫލާއި، އިންޓަރނޭޝަނަލް ފުޑް އެންޑް ބެވަރޭޖްގެ 4 ބްރޭންޑާއި ޖިމާއި ސްޕާގެ ޚިދުމަތުގެ އިތުރުން ސިޓީ ހޮޓަލަކުން ދޭ ހިދުމަތްތައް ލިބެން ހުންނާނޭކަމަށް އެ ކުންފުނިން ބުނެއެވެ.

އެޗްޑީސީން ވަނީ ހޮޓާ ނިމޭއިރު، އެތަން ވެގެންދާނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓާ ގުޅާލެވޭނެ މުހިއްމު ހޮޓަލަކަށް ކަމަށެވެ. އެގޮތުން ހޮޓާ ހުޅުވާއިރު ބައިނަލްއަޤްވާމީ 12 އެއާލައިނަކާއެކު ވިޔަފާރީގެ އެއްބަސްވުންތައް ހަދާނޭކަމަށްވެސް ވަނީ ބުނެފައެވެ. 

އެސްޓީއޯއިން ހުޅުމާލޭގައި ސިޓީ ހޮޓަލެއް ގާއިމްކުރުމުގެ މަސައްކަތް އެންމެފުރަތަމަ ފެށީ 2007 ވަނަ އަހަރެވެ. ތަފާތު އެކި އަހަރުތަކުގެ މަތިން ބަޔަކާ ހަވާލުކޮށްގެން އެތަނުގެ މަސައްކަތްތައް ފެށިނަމަވެސް ހޮޓަލުގެ މަސައްކަތް، އޮތީ ކުރިއަށް ނުގޮސް ހުއްޓިފައެވެ. އެގޮތަށް އޮއްވައި އެސްޓީއޯއިން ވަނީ 2024 ވަނަ އަހަރު އެ ހޮޓާ އެޗްޑީސީއާ ހަވާލުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި
ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލައަށް ވީނަމަވެސް، ބައިނަލްއަގުވާމީ މުހިންމު މަޝްވަރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.