އައްޑޫސިޓީ
ހަބަރު
07 Sep 2025 | 17:06
ޤައުމީ ތަރައްޤީގެ 20 އަހަރުގެ ޕްލޭން ޖެނުއަރީމަހު އިފްތިތާހްކުރަނީ

މިހާރު އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ 20 އަހަރުގެ ޕްލޭން އަންނަ ޖެނުއަރީމަހު އިފްތިތާހްކުރެވޭވަރު ވާނޭކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން މިއަދު ވަނީ ދިވެހިރާއްޖޭގެ ކުރިއަށް އޮތް 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާގޮތާ ބެހޭ މައުލޫމާތު ރާއްޖޭގެ މީޑިއާތަކާ ހިއްސާކޮށްފައެވެ. "ވިލުންތެރި ރާއްޖެ 2045" ގެ ނަމުގައި މިހާރު ފަށާފައިވާ ޤައުމީ ތަރައްޤީގެ ޑްރާފްޓިން މަސައްކަތް ފަށާފައިވާއިރު، މި މަސައްކަތުގެ ފުރަތަމަ ޕައިލެޓް ޕްރޮގްރާމް ފަށާފައިވަނީ އިއްޔެ ކ.ގުރައިދޫންނެވެ. އެއަށްފަހު ކުރިއަށްއޮތް ހަފްތާގެ ތެރޭގައި އަތޮޅުަކުގެ ރަށްތަކަށް ޓީމްތައް ޒިޔާރަތްކުރާނޭކަމަށް މާލީ ވުޒާރާގެ ޕްލޭނިން ޑިމާޓްމަންޓުން ވަނީ ބުނެފައެވެ.

މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ، ނެކްސިއާ މޯލްޑިވްސްއާ އެވެ. މަސައްކަތް ރާވާފައިވާގޮތަށް ކުރިއަށްދާނަމަ، އަންނަ ޖެނުއަރީމަހު ޤައުމީ ތަރައްޤީގެ 20 އަހަރުގެ ޕްލޭން އިފްތިތާހްކޮށް، މުޅި މަސައްކަތްތައް ޖޫންމަހުގެ ތެރޭގައި ނިންމާލެވޭނޭކަމަށް ސަރުކާރުން ބުނެއެވެ.

ތަރައްޤީގެ ޕްލޭން ތައްޔާރުކުރުމަށް 10 ޓީމަކުން އަތޮޅުތެރޭގައި ހަރަކާތްތެރިވުމަށް ނިންމާފައިވާއިރު، ތިން ހަފްތާތެރޭގައި މީހުން ދިރިއުޅޭ 180 ރަށުގެ މީހުންނާ ބައްދަލުކޮށް މައުލޫމާތު ނެގިގެންދާނޭކަމަށް މި މަސައްކަތް ކުރިއަށްގެންދާ ފަރާތުން ބުނެއެވެ. ރައްޔިތުންގެ ފަރާތުން ނެގޭ މައުލޫމާތުތަކުގެ ތެރޭގައި އުމްރާނީ އަދި އިގްތިސާދީގޮތުން އެމީހަކު ދިރިއުޅެމުން އަންނަ ރަށް އޮންނަން ބޭނުންވާ ގޮތާ ގުޅޭގޮތުން އެރަށެއްގައި ދިރިއުޅެމުންދާ މީހުންގެ ހިޔާލުހުރިގޮތް ނެގިގެންދާނެއެވެ.

"ވިލުންތެރި ރާއްޖެ 2045" ގެ ނަމުގައި 2025 އިން 2045 އަށް އަމަލު ކުރަން ރާވާ 20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ މި ޕްލޭނަކީ އެކުލަވާލުމުގައި ރާއްޖޭގެ ވީހާ ގިނަ ފަރާތްތަކެއްގެ ޚިޔާލާއި ބައިވެރިވުން ހޯދުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެއްކަމަށް ސަރުކާރުން ބުނެއެވެ. މި ޕްލޭނަކީ 2040 ވަނަ އަހަރު އަންނަ އިރު, ދިވެހިރާއްޖެއަކީ ތަރައްގީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާ މުހިންމު މަސައްކަތްޕުޅެކެވެ.

20 އަހަރު ދުވަހުގެ ޤައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމުގެ ބޭނުމަކީ ޤައުމުގައި ކުރެވޭ އެންމެހައި ކަންކަމަކީ ދުރު ރާސްތާއަށް ވިސްނައިގެން، ލިބެންހުރި ވަސީލަތްތަކުގެ ބޭނުން, ދެމެހެއްޓެނިވި ގޮތެއްގައި ހިފައިގެން، ޤައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާކުރަނިވި ގޮތެއްގައި ކަންކަން ކުރަން މަގުފަހިކުރުމެވެ. އަދި ދުނިޔޭގެ އިޤްތިޞާދަށާއި ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާއި އަދި ވަކިން ޚާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމާއި އެކަންކަމުން އަރައިގަނެވޭނެ ޤާބިލުކަން ހުރި ވިލުންތެރި ރާއްޖެ އެއް ބިނާކުރުންކަމަށް ސަރުކާރުން ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި
ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލައަށް ވީނަމަވެސް، ބައިނަލްއަގުވާމީ މުހިންމު މަޝްވަރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.