އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުން -- ވޮއިސް ފޮޓޯ
08 Sep 2025 | 09:37
ޤައުމީ ޕްލޭނާ އެމްޑީޕީން ދެކޮޅު ހެދިނަމަވެސް، ނެކްސިއާ އިން އެދެނީ ރައްޔިތުން އެއްބާރުލުންދޭން

ޤައުމީ ތަރައްޤީގެ ޕްލޭން އެކަށައެޅުމުގައި ބައިވެރިނުވާން އިދިކޮޅު މައި ޕާޓީ އެމްޑީޕީން ނިންމުމުން، އެ ޕްލޭނުގައި އެންމެންގެ ބައިވެރިވުމާއި ޚިޔާލު ނުދޭނަމަ، އެ މަސައްކަތަށް ހީނަރުކަން އަންނާނެ ކަމަށް އެ ޕްލޭނުގެ މަސައްކަތް ހަވާލުކޮށްފައިވާ ނެކްސިއާ މޯލްޑިވްސް އިން ބުނެފިއެވެ.

ދައުލަތުގެ މީޑިޔާގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ސަރުކާރުގެ ފަރާތުން އެ މަސައްކަތް ހަވާލުކޮށްފައިވާ ނެކްސިއާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ނޭޝަނަލް ޑިވެލޮޕްމަންޓް ފޯމިއުލޭޝަން ޕްލޭން ޕްރޮޖެކްޓުގެ ލީޑަރު ޙާމިދު ސާދިޤު ވިދާޅުވީ، ދުރު މުސްތަޤުބަލެއްގެ ޕްލޭނެއް އޮތުމަކީ ކޮންމެ ބަޔަކު ވެސް ކުރާ މަސައްކަތެއްގައި ވަކި ދިމާލަކަށް ވާސިލުވުމަށް ނުހަނު މުހިންމު ކަމެއް ކަމަށެވެ.

އެހެންކަމުން ޤައުމީ ތަރައްގީގެ އެފަދަ ޕްލޭނެއްގައި ވީހާ ވެސް ގިނަ ފަރާތްތަކުން ބައިވެރިވެ، ކޮމެންޓުތައް ދިނުމަކީ ރަނގަޅު ޕްލޭނެއް އެކުލަވައިލަން ލިބޭ މުހިންމު ފުރުސަތެއް ކަމަށާއި، އެއްވެސް ފަރާތަކުން އެފަދަ ޕްލޭނެއްގައި ބައިވެރިނުވުމަކީ އެ ޕްލޭނަށް ހީނަރުކަން އަންނާނެ ކަމެއް ކަމަށެވެ.

ހާމިދު އެފަދައިން ވިދާޅުވިއިރު، އަލަށް އެކުލަވާ ތަރައްގީގެ ޕްލޭނަށް އަމަލުކުރާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް ބުނެ، އެކަމުގައި ބައިވެރިނުވާން އެމްޑީޕީން ވަނީ ނިންމާފައެވެ.

އެގޮތުން އެމްޑީޕީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ސަރުކާރުން އެ މަސައްކަތް ހަވާލުކޮށްފައިވާ ނެކްސިއާ އިން އެ ޕާޓީއާ ބައްދަލުކުރަން އެދިފައިވާ ކަމަށާއި، އެކަމާ ގުޅިގެން އެ ކުންފުންޏަށް އެ ޕާޓީން ޖަވާބު ދީފައިވާ ކަމަށެވެ.

އެމްޑީޕީން ބުނީ، ދުރު ރާސްތާއަށް އަމާޒުކޮށް އެކުލަވައިލާ ގައުމީ ތަރައްގީގެ ޕްލޭނެއް އޮތުމަކީ މުހިންމު ކަމެއްކަން ގަބޫލުކުރި ނަމަވެސް، ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމުގެ ނަމުގައި ސަރުކާރުން މިހާރު ކަންކަން ކުރަމުންދާ ގޮތާމެދު ކަންބޮޑުވާ ކަމަށެވެ.

އެގޮތުން އެމްޑީޕީން ބުނި ގޮތުގައި، އެ ޕްލޭން ކުރިޔަށް އޮތް 20 އަހަރަށް އެކުލަވާލި ނަމަވެސް، އެ ނިންމުން ނިންމީ ކިހިނެއް ކަމެއް އަދި އެ ނިންމުމުގައި މަޝްވަރާ ކުރަނީ ކޮން ބަޔަކާކަމެއް އެނގެން ނެތެވެ. އަދި އެ ޕްލޭން އެކުލަވާލި ނަމަވެސް އެއްވެސް ޕްލޭނެއް ނެތި ސަރުކާރުން ބައެއް ޢުމްރާނީ މަޝްރޫއުތައް އިއުލާންކޮށް، އަލަށް މަސައްކަތް ފަށާފައިވާ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ. 

އެހެންކަމުން އެފަދަ ޕްލޭނެއް އެކުލަވާލުމުގެ ބޭނުމެއް މިހާރު އޮތް ކަމަށް ނުދެކޭ ކަމަށާއި، އެކަމުގައި ސަރުކާރުގެ ނިޔަތް ހެޔޮ ކަމަށް ވެސް ނުދެކޭ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

"ވިލުންތެރި ރާއްޖެ 2045"ގެ ނަމުގައި ޤައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ސަރުކާރުގެ ފަރާތުން ނެކްސިއާ މޯލްޑިވްސްއާ ހަވާލުކުރީ 17.9 މިލިއަން ރުފިޔާއަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި
ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލައަށް ވީނަމަވެސް، ބައިނަލްއަގުވާމީ މުހިންމު މަޝްވަރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.