އެމްޑީޕީގެ ޕީޖީ މެންބަރުން
ހަބަރު
08 Sep 2025 | 12:55
އެމްޑީޕީގެ މެންބަރުން ވަޒީރާ ބައްދަލުކުރަން ފިނޭންސަށް ދިޔަ އިރު ވަޒީރު ރާއްޖެއަކު ނެތް

އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ މަޖިލީހުގެ މެންބަރުން މާލީ ވަޒީރު މޫސާ ޒަމީރުއާ ބައްދަލުކުރަން ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތަށް ވަޑައިގެންނެވިއިރު، ވަޒީރު ޒަމީރު ރާއްޖޭގައި ނެތްކަން އެނގިއްޖެއެވެ.

ރާއްޖޭގެ މާލީ ޙާލަތާ ގުޅިގެން ސަރުކާރުން ޙާލަތު އޮތް ގޮތް ބަޔާންނުކޮށް ސިއްރު ކުރާ ކަމަށް ބުނެ މިއަދު ހެނދުނުން ފެށިގެން އެމްޑީޕީން އަންނަނީ މާލީ ވުޒާރާގެ ކުރިމަތީގައި މުޒާހަރާ ކުރަމުންނެވެ. އެ މުޒާހަރާގެ ތެރެއިން އެމްޑީޕީގެ ޕީޖީ މެންބަރުން ވަޒީރާ ބައްދަލުކުރައްވަން އެ ވުޒާރާއަށް ވަދެވަޑައިގަންނަވަން އުޅުއްވުމުން ފުލުހުން ވަނީ އެކަމަށް ހުރަސް އަޅާފައެވެ. އެއާއެކު އެ މުޒާހަރާ ހޫނުވިއެވެ.

އެހެން ނަމަވެސް އެމްޑީޕީގެ މެންބަރުން ވަނީ ފުލުހުންގެ ސަފު ފޫއަޅުވާލައި، ގަދަކަމުން އެ ވުޒާރާގެ ތެރެއަށް ވަދެވަޑައިގަންނަވައިފައެވެ. 

އެހެން ނަމަވެސް އެނގިފައިވާ ގޮތުގައި ވަޒީރު މޫސާ ޒަމީރު މިވަގުތު ރާއްޖެއަކު ނޫޅުއްވައެވެ.

އެމްޑީޕީން މާލީ ވަޒީރާ ބައްދަލުކުރަން ބޭނުންވަނީ ޑޮލަރުގެ އަގު ބޮޑުވުމާއި ސަރުކާރުން ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާތައް ނުދޭތީ ކަމަށް އެ މެންބަރުން ވިދާޅުވެއެވެ. އަދި ތަކެތީގެ އަގު ބޮޑުވެ، ރާއްޖޭގެ އިޤްތިސާދީ ޙާލަތު ސަރުކާރުން ހާމަނުކުރާތީ ވެސް ކަންބޮޑުވާ ކަމަށް އެ މެންބަރުން ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީ މެމްބަރުން މީގެ ކުރިންވަނީ ހަމަ މިގޮތަށް މަރުކަޒީ ބޭންކްގެ ގަވަރުނަރާ ބައްދަލުކުރަން އެމްއެމްއޭ އިމާރާތަށްވެސް ޒިޔާރަތްކޮށްފައެވެ.

އެކަމާ ގުޅިގެން މާލީ ވަޒީރާ ސުވާލުކުރުމަށް ރަސްމީކޮށް އެދިފައިވާ ކަމަށް އެ މެންބަރުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި
ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލައަށް ވީނަމަވެސް، ބައިނަލްއަގުވާމީ މުހިންމު މަޝްވަރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.