"ގްލޯބަލް ސުމޫދް ފްލޮޓިއްލާ"ގެ ބޯޓުގައި އަލިފާން ރޯވެފައި
ހަބަރު
09 Sep 2025 | 09:33
ތޫނިސްގައި ތިއްބާ ގްލޯބަލް ސުމޫދް ފްލޮޓިއްލާގެ މައި އެއްބޯޓަށް ޑްރޯން ޙަމަލާއެއް ދީފި

ޔަހޫދީ ނިރުބަވެރި ދައުލަތް، އިޒްރޭލުން ޣައްޒާއަށް ދެމުންދާ ލާއިންސާނީ އަނިޔާތަކާ ދެކޮޅަށް ހަރުއަޑުކޮށް ވަކާލާތުކޮށް، މިހާރު ޣައްޒާއަށް މިސްރާބު ޖަހާފައިވާ "ގްލޯބަލް ސުމޫދް ފްލޮޓިއްލާ"ގެ ބޯޓުތައް ތޫނިސްގައި އޮއްވައި، އޭގެ ތެރެއިން މައި އެއްބޯޓަށް ބަޔަކު ޑްރޯން ޙަމަލާއެއް ދީފިއެވެ.

ރާއްޖޭގެ ފަރާތުން އެ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ޑިރެކްޓާ އޮފް އިންޓަނޭޝަނަލް ރިލޭޝަންސް، މުޙައްމަދު އަލީ ވިދާޅުވި ގޮތުގައި ޑްރޯން ޙަމަލާ އަމާޒުވެފައިވަނީ އެ ހަރަކާތުގެ އެންމެ މައި އެއް ބޯޓު ކަމުގައިވާ "ފެމީލިއާ" ނަމަކަށް ކިޔާ ބޯޓަކަށެވެ.

މުޙައްމަދު ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ އެ ބޯޓުގައި ހިނގީ އަލިފާނުގެ ޙާދިސާއެއް ކަމުގައި ބެލެވުނު ނަމަވެސް، ފަހުން އެއީ ޑްރޯން ޙަމަލާއެއްކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެންމެންގެ ޙާލު ވެސް ރަނގަޅުކަމަށާއި، އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވާ ކަމަށް މުޙައްމަދު ވިދާޅުވިއެވެ.

އަދި އެ ޙަމަލާ އަކީ އެ ހަރަކާތަށް ބިރު ދެއްކުމުގެ ގޮތުން ބަޔަކު ދިން ޙަމަލާއެއްގެ ގޮތުގައި މުޙައްމަދު ވަނީ ސިފަކޮށްފައެވެ.

"ގްލޯބަލް ސުމޫދް ފްލޮޓިއްލާ"ގެ ބޯޓުތައް އެންމެ ފުރަތަމަ ފުރާފައިވަނީ ސްޕެއިންގެ ބާސެލޯނާއިންނެވެ. އެއަށް ފަހު އެ ބޯޓުތައް ތޫނިސްގައި ބަނދަރުކުރުމަށްފަހު، އިތުރު ބައެއް ބޯޓުތަކާއެކު ޣައްޒާއަށް މިސްރާބު ޖެހުމަށް ހަމަޖެހިފައިވެއެވެ. 

އެ ހަރަކާތުގައި ބައިވެރިވާ ފަރާތްތަކަކީ ޓެރަރިސްޓުންތަކެއް ކަމަށް ޔަހޫދީ ނިރުބަވެރި ދައުލަތުގެ ވެރިން ވަނީ ސިފަކޮށްފައެވެ. އަދި އެ ހަރަކާތުގެ ބައިވެރިން ޣައްޒާއަށް ވާސިލްނުވެވޭނެ ކަމުގެ އިންޒާރު ވެސް އިޒްރޭލުން މީގެ ކުރިން ވަނީ ދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި
ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލައަށް ވީނަމަވެސް، ބައިނަލްއަގުވާމީ މުހިންމު މަޝްވަރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.