އެސްޖޭއިން ހުޅުމާލޭގައި އަޅަމުންދާ މިސްކިތް: މިއީ ނުނިމި އެތައް ދުވަހެއް ވެފައިވާ މިސްކިތެއް --
ހަބަރު
09 Sep 2025 | 17:45
މިސްކިތް އަޅަން ބިން ނެގުމަށް ފަހު މަސައްކަތް ނުނިންމާ އެ ބިމުން އެހެން ފައިދާތަކެއް ނަގާތީ އުސޫލު ހަރުކަށި ކޮށްފި

މިސްކިތް އަޅަން އެދި ހުށަހަޅާ އަމިއްލަ ފަރާތްތަކަށް މިސްކިތް އަޅައި ނިންމުމަށް ދެ އަހަރަށް ވުރެ ގިނަ މުއްދަތު ނުދޭން އިސްލާމިކް މިނިސްޓްރީން ނިންމާ އެކަން އިއުލާނު ކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ވޭތުވެ ދިޔަ އަހަރުތަކުގައި އަމިއްލަ ފަރާތްތަކުން މިސްކިތް އެޅުމަށް ތަންތަނުން ބިން ހޯދުމަށް ފަހު މަސައްކަތް ނުފަށައި ނުވަތަ މަސައްކަތް ނުނިންމައި އެތައް އަހަރެއް ވަމުންދާތީވެ، މިކަމުގެ ސަބަބުން ރައްޔިތުން ނަމާދުކުރުމަށް އެކި ސަރަހައްދުތަކުގައި ނުހަނު ތަކުލީފު އުފުލަމުންދާ ކަމަށެވެ.

އެހެން ކަމުން ކުރިއަށް އޮތްތަނުގައި މިކަމަށް ހައްލު ހޯދުމަށްޓަކައި މިނިސްޓްރީން އިން ސިޔާސަތު ތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.

އެގޮތުން މިސްކިތް އަޅަން އެދި ހުށަހަޅާ އަމިއްލަ ފަރާތްތަކަށް މިސްކިތް އަޅައި ނިންމުމަށް ދެ އަހަރަށް ވުރެ ގިނަ މުއްދަތު ނުދިނުމާއި ⁠ހަ މަސްދުވަހުގެ ތެރޭ މަސައްކަތް ފަށަން ލާޒިމުކުރުން ހިމެނެ އެވެ.

އަދި މި މުއްދަތުގައި މަސައްކަތް ނުފަށައިފި ނަމަ ބިން އަތުލަން ވަނީ ހަމަޖައްސާފަ އެވެ. މިނިސްޓްރީން ބުނީ އެއްވެސް ބައެއްގެ އަމިއްލަ އިދާރީ މަސައްކަތްތަކެއް މިސްކިތުގައި ނުހިންގޭނެ ކަމަށާ އަމިއްލަ މުދާ ގުދަން ކުރުން ފަދަ ކަންކަން ވެސް ނުކުރެވޭނެ ކަމަށެވެ.

އަދި މިސްކިތް ބިނާކުރުމަށް ފަހު ސަރުކާރާ ހަވާލުކުރުމާއި މިސްކިތް އެޅުމަށް ބޭނުންވާ ފައިސާ ހުރިކަމުގެ ނުވަތަ މަސައްކަތް ފަށާއިރު ބޮޑު ބައެއް ހުރިކަމާއި ނިންމަން ބޭނުންވާ ފައިސާ ލިބޭނެކަން ކަށަވަރުކުރާނެ ކަމަށެވެ.

މިނިސްޓްރީން މި އުސޫލު ހެދިއިރު ހުޅުމާލޭގައި އަމިއްލަ ބައެއް ފަރާތްތަކުން މިސްކިތް އަޅަން ބިން ނަގައިގެން މަސައްކަތް ނުނިންމާ އެތައް އަހަރެއްވެއްޖެ އެވެ. ކޮންސްޓްރަކްޝަން ބައެއް ކުންފުނިތަކުން އެގޮތަށް ބިން ނަގާ އެ މީހުން ހިންގާ އެހެން ޕްރޮޖެކްޓްތަކަށް މުދާ ގެނެސް އެ ބިމުގައި ގުދަންކޮށް ބަހައްޓަ އެވެ. އެފަދަ ފިޔަވަޅެއް މި އެޅީ ނޫސްވެެރީންނާއި ބައެއް އާންމުން އެފަދަ ކުންފުނިތަކުގެ ވާހަކަ ހިއްސާކޮށް އެކަމުގެ ޝަކުވާ ކުރާތާ އެތައް ދުވަހެއް ފަހުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި
ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލައަށް ވީނަމަވެސް، ބައިނަލްއަގުވާމީ މުހިންމު މަޝްވަރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.