ވައްޑެ ޕީއެންއެފުން ބޭއްވި ޖަލްސާއެއްގައި -- ފޮޓޯ: ވޮއިސް
ހަބަރު
09 Sep 2025 | 18:48
ދެއްކުނީ ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެ ޕީއެންއެފްގެ ވައްޑެ ރައީސްގެ ދެކަނބަލުން ކިބައިން މާފަށް އެދިއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ގުޅޭގޮތުން ހަގީގަތާއި ހިލާފު ދޮގު ވާހަކަތަކެއް ދެއްކިފައިވާ ކަމަށް ވިދާޅުވެ ޕީއެންއެފް ގައި އިސްކޮށް ހަރަކާތްތެރިވާ އަހުމަދު މުހައްމަދު ވަހީދު ( ވައްޑެ) ރައީސްގެ ދެކަނބަލުންގެ އަރިހުން މާފަށް އެދިއްޖެ އެވެ.

އޭނާާ ވަނީ އެކަން ހާމަކޮށް އެކްސްގައި ޕޯސްޓެއް ކޮށްފަ އެވެ. ރައީސްގެ ދެކަނބަލުންގެ ފޮޓޯއަކާއެކު ވަހީދު ކުރި ޕޯސްޓެއްގައި ވިދާޅުވީ ތިމާއަށް ގޯހެއް ހެދިއްޖެކަން އިހްސާސް ކުރެވޭ ހާލަތުގައި އެފަދަ ގޯސްތައް ރަނގަޅު ކުރުމާއި، އެފަދަ ގޯހެއްގައި އެހެން މީހެއްގެ ހައްގަކަށް އުނިކަން ލިބިދާނެފަދަ އަމަލެއް ހިމެނޭނަމަ ވަގުތު ފާއިތު ނުވަނީސް އެފަދަ ފަރާތްތަކުގެ ކިބައިން މައާފަށް އެދުމަކީ މީހާގެ ނިކަމެތިކަމެއް ނޫން ކަމަށެވެ.

އަދި އެއީ ގައުމުގެ އިޖުތިމާއީ ފޭރާން ހިފެހެއްޓުމުގައި ފަރުދީގޮތުން އަދާ ކުރެވޭނެ އެންމެ ކުޑަ މިންވަރު ކަމަށް އޭނާ ވިދާޅުވި އެވެ.

ވަހީދު ވަނީ ސިޔާސީ އެކި މަހައްލުތަކުގައި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އާއި ފަސްޓްލޭޑީ ސާޖިދާ މުހައްމަދާއި ގުޅުވައި އޭނާއަށް ދެއްކިފައިހުރި ވާހަކަތަކާއިމެދު މިއަދު ހިތާމަކުރާ ކަމަށް ވިދާޅުވެފަ އެވެ. އަދި ރައީސްގެ ދެކަނބަލުންނާއި އާއިލާގެ ކިބައިން އެދެނީ ދީލަތި މައާފަކަށް ކަމަށް ވިދާޅުވި އެވެ.

"ސިޔާސީ ޖޯޝު ހުންނަ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު އެފަދަ ވާހަކަތައް ދެއްކީ އަޅުގަނޑަށް އޭރު ލިބުނު މައުލޫމާތުތަކަކަށް ބިނާކޮށް ކަމުަގައި ވީނަމަވެސް، މިހާރު އަޅުގަނޑަށް ކަށަވަރު ކުރެވިފައިވަނީ އެއީ ހަގީގަތާއި މުޅިން ހިލާފު މައުލޫމާތުތަކެއްކަން, އޭނާ ވިދާޅުވި އެވެ.

އަދި ވިދާޅުވީ ސިޔާސީ ދާއިރާއަށް ކިތަންމެ ޝައުޤެއް ހުއްޓަސް، އަނެކާގެ އަބުރު ގަސްތުގައި ނަގާލުމާއި ފިތުނަ ފަސާދަ އުފެއްދުމަކީ އޭނާ މިހާރު ނަފްރަތު ކުރާކަމެއް ކަމަށެވެ.

"އަޅުގަނޑު ހިމެނޭހެން އަޅުގަނޑުގެ އިލްތިމާސަކީ ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވާ ހުރިހާ ފަރާތަކުންވެސް މި ގައުމުގެ މައްސަލަތަކަށް ފޯކަސް ކުރައްވައި، ހަސަދަވެރިކަމުގައި މީހުންނަށް ޓާގެޓްކުރުން ހުއްޓާލުމަށް. އަޅުގަނޑުމެންނަށް ކުރިއެރުމެއް އޮތީ އޭރުން," ރައީސް ޔާމީންގެ އެންމެ އަރިހުގައި ހުރި ވަހީދު ކުރި ޕޯސްޓްގައި ވިދާޅުވެފައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި
ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލައަށް ވީނަމަވެސް، ބައިނަލްއަގުވާމީ މުހިންމު މަޝްވަރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.