އެޕަލްގެ އައު ފޯނުތައް
ލައިފްސްޓައިލް
10 Sep 2025 | 09:38
އައިފޯނު 17 އާ އެކު އެޕަލްގެ އެންމެ ފަހުގެ އުފެއްދުންތައް ދައްކާލައިފި

އެޕަލްގެ އައިފޯނު 17 އާއި އެކު އެންމެ ފަހުގެ އުފެއްދުންތައް މާކެޓަށް ދައްކާލައިފިއެވެ. 

އެޕަލް އިން ރޭ ބޭއްވި ޚާއްސަ އިވެންޓުގައި ވަނީ އެޕަލްގެ ތަފާތު އައު އުފެއްދުންތައް މާކެޓަށް ދައްކާލައި، ޕްރީ އޯޑަރަށް ހުޅުވާލާފައެވެ. އެގޮތުން އައިފޯނުގެ ހަތަރު ވައްތަރެއް ނެރެފައިވެއެވެ. އެއީ:

- އައިފޯނު 17، އަގު ފެށެނީ 799 އެމެރިކާ ޑޮލަރުން

- އައިފޯނު އެއާ، އަގު ފެށެނީ 999 އެމެރިކާ ޑޮލަރުން

- އައިފޯނު 17 ޕްރޯ، އަގު ފެށެނީ 1099 އެމެރިކާ ޑޮލަރުން

- އައިފޯނު 17 ޕްރޯ މެކްސް، އަގު ފެށެނީ 1199 އެމެރިކާ ޑޮލަރުން

މި ފޯނުތަކުގެ ތެރެއިން އެޕަލްގެ ރޭގެ އިވެންޓުގައި އެންމެ ޚާއްސަކަމެއް ދީފައިވަނީ އައިފޯނު ޕްރޯއަށެވެ. އެއީ އެޕަލް އިން ބުނި ގޮތުގައި އެކުންފުނިން މިހާތަނަށް ބާޒާރަށް ނެރުނު އެންމެ ބާރުގަދަ ފޯނެވެ. އެގޮތުން އައިފޯނު ޕްރޯ ތަފާތު ތިން ކުލައަކުން ނެރެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އޮރެންޖު، ގަދަ ނޫ އަދި އަޅި ކުލައެވެ.

އައިފޯނު އެއާގެ އައު ޑިޒައިން

މީގެ އިތުރުން އައިފޯން އެއާ ނެރެފައިވަނީ މުޅިން އައު ތަފާތު ޑިޒައިނެއްގައެވެ. 

އަދި އެޕަލް އިން ރޭ ވަނީ އިތުރު ތަފާތު އުފެއްދުންތަކެއް ވެސް ނެރެފައެވެ. އޭގެ ތެރޭގައި މުޅިން ތަފާތު އައު ފީޗާތަކާއި، އެތްލީޓުންނަށް ވެސް ޚާއްސަކޮށް ބޭނުންކުރެވޭ ގޮތަށް ނެރުނު އެއާޕޮޑްސް 3 އަދި އެންމެ ޒަމާނީ ފީޗާސް ތަކާއެކު ނެރުނު އެޕަލް ވޮޗް ސީރީޒް 11، އެޕަލް ވޮޗް އެސްއީ 3 އަދި އެޕަލް ވޮޗް އަލްޓްރާ 3އެކެވެ.

އައިފޯން ވޮޗް ސީރީޒްގެ އައު ގަޑިތައް

އެޕަލްއިން ބުނާ ގޮތުގައި، ސީރީސް 11 ގެ ބެޓެރީ 24 ގަޑިއިރާ ހަމައަށް ދެމިހުންނާނެއެވެ. މި ގަޑިތައް ރީސައިކަލްކޮށްފައިވާ އެލުމިނިއަމް އަދި ޕޮލިޝްކޮށްފައިވާ ޓައިޓޭނިއަމް ފިނިޝްގައި ލިބެން ހުންނާނެއެވެ. މީގައި އައިއަން-އެކްސް ބިއްލޫރިވެސް ހިމެނެއެވެ. މި ބިއްލޫރީގައި އެޓޮމިކް ލެވެލްގައި ބަންޑުކޮށްފައިވާ ސެރަމިކް ކޯޓިންއެއް ހިމެނޭތީ، ކުރީގެ ބިއްލޫރިއާ އަޅާބަލާއިރު ދެގުނައަށް ސްކްރެޗް ނުވާނެ ކަމަށް އެޕަލް އިން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.