އެސްޓީއޯގެ އެމްޑީ ޝިމާދު
ވިޔަފާރި
11 Sep 2025 | 13:15
އޮކްޓޯބަރު 15 އިން ފެށިގެން އެސްޓީއޯއިން ގެންނަ ޒަރޫރީ މުދާތައް ބާޒާރުން ލިބޭނެ: ޝިމާދު

މި އަންނަ މަހުގެ 15ވަނަ ދުވަހުން ފެށިގެން އެސްޓީއޯ އިން ގަނޑުކޮށް ގެންނަން ނިންމާފައިވާ މުދާ އަދި ތަރުކާރީގެ 23 ބާވަތްތައް ރާއްޖޭގެ މާކެޓުން ލިބޭނެ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ކާޑުގެ ބާވަތްތަކުގެ އިތުރުން، ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް އެސްޓީއޯ އިން ގަނޑުކޮށް އެތެރެކޮށް، ބާޒާރުގައި ވިއްކަން ނިންމާފައިވާ ކަން އިއްޔެ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއުލާންކުރައްވާފައެވެ.

އެގޮތުން އެކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު އިގްތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު އަދި އެމްޑީ ޝިމާދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީ ވިދާޅުވީ، ގަނޑުކޮށް 23 ބާވަތެއްގެ މޭވާ އާއި ތަރުކާރީގެ އިތުރުން ކާޑުގެ ތިން ބާވަތް ކަމުގައިވާ ހަނޑޫ، ހަކުރު އަދި ފުށް ރާއްޖެއަށް އެތެރެކޮށް، ގުދަންކޮށް، މާކެޓަށް ސަޕްލައިކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. 

އަދި އެ ބާވަތުގެ އުފެއްދުންތައް ރާއްޖޭގެ މާކެޓަށް މި އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ލިބެން ހުންނާނެ ކަމަށާއި، އެ ދުވަހުގެ ކުރިން ވެސް އާފަލާއި އޮރެންޖު ބާޒާރުން އަގުހެޔޮކޮށް ލިބޭނެ ކަމަށް އެމްޑީ ވިދާޅުވިއެވެ.

ރަސްމީ ދުވަހަކަށް އެއްބަސްވެފައިވަނީ 15 އޮކްޓޯބަރު. އޮރެންޖު އަޅުގަނޑުމެން މިދިޔަ ހަފުތާއިން ފެށިގެން ގެންނަން ފަށައިފިން. މިހާރު އާލީ އިޝޫއަކަށް އުޅެނީ އޮރެންޖާއި އާފަލާއި. އެހެންވީމާ އާފަލާއި އޮރެންޖު މި އަންނަ ހަފުތާއިން ފެށިގެން ކޮންޓިނުއަސްކޮށް ލިބޭނެ. މުޅި ލިސްޓަކީ ކޮންމެހެން އޮރެންޖު އާފަލަށް ބިނާކޮށްފައި ހެދި ލިސްޓެއް ނޫން. ދެން ހުރި ބާވަތްތަތައް ވެސް ބާޒާރުން ހަމަ ބަރާބަރަށް ލިބެމުންދާނެ. 

ޝިމާދު އިބްރާހިމް 

ޝިމާދު ވިދާޅުވީ، ރާއްޖޭގައި އޮރެންޖުގެ އަގުތައް ވަކިން ބޮޑުވުމުގެ ސަބަބުން ދެކުނު އެފްރިކާ އާއި މިސްރުން އޮރެންޖުގެ ޝިޕްމެންޓެއް މިހާރު ރާއްޖެއަށް ގެނައުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ވީހާ ވެސް އަވަހަކަށް އެ ތަކެތި ބާޒާރަށް ނެރޭނެ ކަމަށް ވެސް އެމްޑީ ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި އެކަމަށް އިޝާރަތްކުރައްވަމުން ވަޒީރު ސަޢީދު ވަނީ، އޮކްޓޯބަރު 15 ވަނަ ދުވަހުގެ ކުރިން އެ ހުރިހާ ބާވަތްތަކެއް ރާއްޖޭގެ މާކެޓުން ލިބެން ހުންނާނެ ކަން އެސްޓީއޯއިން ޔަގީންކުރާނެ ކަން ފާހަގަކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އެއީ ކަމަަށާއި ނަމަވެސް، އެ ބާވަތްތަކުގެ ތެރެއިން އެއްވެސް ބާވަތެއްގެ އަގުތައް އޭގެ ކުރިން ވެސް ބާޒާރުން މަތިވާނަމަ، އެ ބާވަތެއް އެސްޓީއޯއިން ވަގުތުން ގެންނާނެ ކަމަށެވެ.

އޮކްޓޯބަރު 15 އަކީ މި ދެންނެވި 23 ބާވަތް ރާއްޖެއިން ލިބެން ހުންނާނެކަން ޔަގީންކުރަން ޖެހޭނެ އެސްޓީއޯއިން. އެއީ މީގެ އަމާޒަކީ. އެއީ ރައީސްގެ އަމާޒަކީ އިނގޭތޯ. ދެން އަނެއް އަމާޒަކީ 15 އޮކްޓޯބަރަށް އަންނަންދެން ވެސް އެއްވެސް ބާވަތެއްގެ، އަޅުގަނޑު ނުކިޔާނަން އޮރެންޖާއި އާފަލެކޭ. މި ބާސްކެޓުގައި ނުވަތަ ކަނޑައަޅާފައި އިންނަ ހަނޑުލާއި ހަކުރާއި ފުށުގެ އިތުރުން  23 ބާވަތެއްގެ އެއްވެސް އެއްޗެއް އަގު ބޮޑު އުފުލޭ ކަމަށް ވަންޏާ އެއް އެއްޗެއް އިމީޑިއަޓްލީ އެސްޓީއޯއިން ގެންނާނެ. އެހެންވީމާ އެމެންޑޭޓް އެސްޓީއޯއަށް އިތުރުވެގެން މިދަނީ. 

އިގްތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު

ވަޒީރު ވިދާޅުވި ގޮތުގައި އެ މަސައްކަތްކުރަނީ ދިވެހި ރައްޔިތުންނަށް ހެޔޮ އަގުގައި ތަކެތި ލިބޭނެކަން ކަށަވަރުކުރުމުގެ މަޤްސަދުގައެވެ. އަދި އެކަން އެސްޓީއޯ މެދުވެރިކޮށް އެކަން ކުރާއިރު، އެކަން ޙާސިލުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

އެއީ މިވަގުތު ދިވެހިރާއްޖޭގައި ރައްޔިތުންނަށް އެކަށީގެންވާ ހެޔޮ އަގެއްގައި މިތަކެތި ލިބޭނެކަން ކަށަވަރުކުރުމުގެ ފުރިހަމަ މަޤްސަދުގައި އަދި ވަރުގަދަ އޮބްޖެކްޓިވްއެއް އޮވެގެން މިކަން ކުރަނީ

އިގްތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު

ވަޒީރު އެފަދައިން ވިދާޅުވިއިރު، ރައީސް އިއްޔެ ވިދާޅުވި ގޮތުގައި ކެބިނެޓްގެ މަޝްވަރާއާއެކު ނިންމާފައިވަނީ ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުއި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
އަލްޖީރިއާއިން ޔޫއޭއީއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލަން ނިންމާފައިވާ ކަމަށް އަލްޖީރިއާއިން ބުނެފިއެވެ.
11 Sep 2026
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިއްޖެ
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.
11 Sep 2026
މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އަންނަ ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ. ރައީސް އޮފީހުން ބުނީ، މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވާނީ މިހިނގާ ސެޕްޓެންބަރު މަހުގެ 14 އިން 15 އަށް ކަމަށެވެ.
11 Sep 2026
ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުން ފަށައިފި
ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުން އިފްތިތާޙުކޮށްފިއެވެ.
11 Sep 2026
އިންތިހާބު ވާދަވެރިވެއްޖެ؛ ޕީއެންސީގެ ނާއިބު ރައީސް ކަމަށް 8 ބޭފުޅަކު، އާންމު މެންބަރު ކަމަށް 73 މެންބަރުން
އެގޮތުން ޕާޓީގެ ނާއިބު ރައީސުންގެ ހަ މަގާމަށް 8 ބޭފުޅަކު ވަނީ ކުރިމަތިލާފަ އެވެ.
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.