ޑެންޓިސްޓޭ އުފެއްދުމެއްގެ އެޑެއް..
ހަބަރު
13 Sep 2025 | 13:41
ދަތްތައް ހުދުކޮށްލަން އެންމެ ރަނގަޅީ ކޮންކަހަލަ ދަތްއުނގުޅާ ބޭހެއް؟

ތިމާގެ ރީތިކަމުގެ އެންމެބޮޑު ދައުރެއް އަދާކުރަނީ އަނގައިތެރޭ ހުންނަ ދަތްޕިލައެވެ. އެހެނީ ތިމާއަށް ކިތަންމެ ރީތި ސިފައެއް ލިބިފައިހުއްޓަސް އެ ރީތިކަން ފުރިހަމަވާނީ ދަތްޕިލައިގެ ސާފްކަމަށް ބަލައިގެންކަމީ ގިނަ ބަޔަކު އެއްބަސްވާނޭ ހަގީގަތެކެވެ. ތިމާއާ ދޭތެރޭ މީހުން ގަޔާވުމުގައި ދަތްތަކުގެ ސާފްކަމާއި ހުދުކަން ވަރަށްބޮޑު ދައުރެއްއަދާކުރެއެވެ. ރީތި ހުދު ސާފް ދަތްޕިލައެއް ލިބިފައިވުމަކީ ވަރަށްބޮޑު ނަސީބެކެވެ.

ދަތްޕިލަ ރީތިކޮށް ހުދުކޮށް ބެހެއްޓުމަށް ގިނަ މީހުން ވަރަށް މަސައްކަތްކުރެއެވެ. އެއްބަޔަކު ދަތްއުނގުޅުމަށް އަގުބޮޑެތި ބޭސްތައް ބޭނުންކުރަމުންދާއިރު، އަނެއްބަޔަކު ކްލިނިކްތަކަށް ގަވާއިދުން ގޮސްގެންނަމަވެސް ދަތްތައް ހުދުކޮށް ބެހެއްޓުމަށް މަސައްކަތްކުރެއެވެ.

ޑެންޓިސްޓުން ފާހަގަކުރާ ގޮތުގައި ދަތްތައް ހުދުވުމާއި ރަތްވުން ގިނަފަހަރަށް ބިނާވެގެންވަނީ އެމީހެއްގެ އަމަލުތަކުގެ މައްޗަށެވެ. ދަތްތަކަށް ފަރުވާތެރިވެ، ކެއިން ބުއިމުގައި ބަލައިގެން އުޅޭނަމަ ދަތްތައް ސާފުކޮށް ބެހެއްޓުމަކީ އެހާ އުނދަގޫކަމެއް ނޫނެވެ.  

ހުދު ކޮންމެ ދަތްޕިލައަކީ އަދި ސިއްހީގޮތުން ބަލާނަމަ އެހާ ގަދަފަދަ ދަތްޕިލައަކަށް ނުވެދާނެއެވެ. އެހެންކަމުން ދަތްޕިލަ ހުދުކުރުމުގައި ވިސްނަންޖެހޭ ކަންކަން ހުރެއެވެ. އެގޮތުން ރަނގަޅު ދަތްއުނގުޅާ ބޭހެއް ބޭނުންކުރުމަކީ އެންމެ މުހިންމު ކަންތަކެވެ.

ތައިލެންޑްގެ މަޝްހޫރު ބްރޭންޑެއްކަމަށްވާ "ޑެންޓިސްޓޭ"ގެ ދަތްއުނގުޅާ ބޭހުގެ އުފެއްދުންތަކަކީ ދުނިޔޭގެ 22 ހަށްވުރެ ގިނަ ޤައުމުގައި ބޭނުންކުރަމުންދާ ޖަޕާން އަދި ސިންގަޕޫރުގެ ކޮސްމެޓިކްސް އުފެއްދުންތައް ވިއްކާ ކުންފުނިތަކުގެ އިތުބާރު ލިބިފައިވާ އުފެއްދުންތަކެވެ. ޑެންޓިސްޓޭގެ އުފެއްދުންތަކަށް ބަލާއިރު، އަނގަދޮންނަ ބޭހާއި، ނިދުމުގެ ކުރިން ދަތްއުނގުޅާ ބޭހާއި، މައުތް ސްޕްރޭ އަދި ދަތް އުނގުޅާ ބުރުސް ފާހަގަކޮށްލެވެއެވެ.

ޑެންޓިސްޓޭގެ އުފެއްދުންތަކުގެ ތެރެއިން ގިނަ ބަޔަކު އެންމެ ގަޔާވާ އެއް އުފެއްދުމަކީ، ދަތް ހުދުކޮށްދިނުމަށް ހާއްސަކޮށް އުފައްދާފައިވާ" ވައިޓް"  ދަތްއުނގުޅާ ބޭހެވެ. ގިނަ ބައެއްގެ މެދުގައި މި ޓޫތްޕޭސްޓްގެ މަގްބޫލްކަން ލިބިފައިވަނީ މި އުފެއްދުން ތައްޔާރުކުރުމުގައި މުޅިންވެސް ގުދުރަތީ އެއްޗެހި ބޭނުންކޮށްފައިވާތީއެވެ. މި ބޭސް ތައްޔާރުކޮށްފައިވަނީ ސިއްހީގޮތުން ހިރުގަނޑަށް ނޭދެވޭ އަސަރުތައް ނުކުރާ އަދި ހަކުރުހިމެނޭ މާއްދާތައް ނުހިމަނައެވެ.

 ޑެންޓިސްޓޭއިން މި ބޭސް ތައްޔާރުކޮށްފައިވަނީ، އެންމެ ސެންސެޓިވް ދަތްތަކަށްވެސް ބޭނުންކުރެވޭ ގޮތަށެވެ. މި ޓޫތްޕޭސްޓް ބޭނުންކުރަން ފަށާތާ 2 ހަފްތާގެ ތެރޭގައި ނަތީޖާ ފެންނަން ފަށާކަމަށް މި ދަތްއުނގުޅާބޭސް ބޭނުންކުރި މީހުންގެ ރިވިއުތަކުން އެނގެއެވެ. އަދި ޑެންޓިސްޓާގެ މި އުފެއްދުމަކީ، އަނގައިން ނުބައިވަސްދުވުން ހުއްޓުވުމަށްވެސް އޮތް ހައްލެކެވެ.

ވައިޓް

ޑެންޓިސްޓޭގެ މި އުފެއްދުންތައް ބޭނުންކުރާތާ 7 ދުވަހުގެ ތެރޭގައި އަނގައިން ދުވާ ނުބައިވަސް 83.7 އިންސައްތައަށް ދަށްކޮށްދޭކަމަށް މިހާތަނަށް ކުރި ކްލިނިކަލީ ދިރާސާތަކުން ދައްކައެވެ.

މިއީ ދުނިޔޭގެ މަޝްހޫރު ގިނަ އާޓިސްޓުންވެސް ވަރަށް ގަޔާވާ އުފެއްދުމެކެވެ. މިގޮތުން ޑެންޓިސްޓޭ ބްރޭންޑްގެ އުފެއްދުންތައް ބޭނުންކުރާ މަޝްހޫރުތަރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ މަޝްހޫރު ކޭޕޮޕް ސްޓާ ލީސާއެވެ.

ޑެންޓިސްޓޭގެ އުފެއްދުންތައް މިހާރު ރާއްޖެއިންވެސް ލިބެން އެބަހުއްޓެވެ. މިގޮތުން ރާއްޖެއިން ޑެންޓިސްޓޭގެ އުފެއްދުންތައް ހޯލްސޭލްކުރުމުގެ ހުއްދަ ލިބިފައިވަނީ ހަމައެކަނި ވެސްޓްރޭޑް ކުންފުންޏަށެވެ. މި އުފެއްދުންތައް ރީޓެއިލްކޮށް އަމީރުއަހުމަދު މަގުގައި ހުންނަ ކޮސްމެޓިކްސް އެއްޗެހި ވިއްކާ މަޝްހޫރު ފިހާރަ "އޭޑިއާ" ލިބެން ހުރެއެވެ.

ވެސްޓްރޭޑްގެ ފިހާރަ

އޭޑިއާއަކީ މިހާރުވެސް މަޤްބޫލު ގިނަ ބްރޭންޑްތަކެއް ވިއްކަމުން އަންނަ ފިހާރައެކެވެ. އޭޑިއާ ފިހާރައިން ޑެންޓިސްޓޭގެ ގިނަ އުފެއްދުންތައް ލިބެން ހުރެއެވެ. މީގެ ތެރޭގައި ދަތް ހުދުކުރުމަށް ހާއްސަ ދަތް އުނގުޅާ ބޭހާއި، ނިދުމުގެ ކުރިން ދަތް އުނގުޅުމަށް ހާއްސަ ޓޫތް ޕޭސްޓްގެ އިތުރުން އަނގައިން ނުބައިވަސްދުވުން ހުއްޓުވުމަށް ބޭނުންކުރާ މައުތު ސްޕްރޭ އާއި، ދަތް އުނގުޅާ ބުރުހާއި އެނޫންވެސް އުފެއްދުންތައް ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ