ބާސެލޯނާ އާއި ވެލެންސިއާ ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: ބާސާ
15 Sep 2025 | 15:59
ބާސެލޯނާއިން ޔަމާލް ނުލައި ހަ ލަނޑުން ވެލެންސިއާ ބަލިކޮށްފި

ސްޕެނިޝް ލަލީގާގެ މިދިޔަ އަހަރުގެ ޗެމްޕިއަން ބާސެލޯނާއިން، ވެލެންސިއާ 0-6 ގެ ބޮޑު ތަފާތަކުން ބަލިކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ބާސެލޯނާއިން ކުޅުނު ފުރަތަމަ މެޗުގެ ދެވަނަ ހާފުގައި ބާސާއިން ވަނީ މޮޅުކުޅުމެއް ދައްކައިފައެވެ. އޭގެ ނަތީއްޖާއެއްގެ ގޮތުން މެޗުގައި ބާސާއިން ޖެހި ހަ ލަނޑުގެ ތެރެއިން ފަސް ލަނޑު އެ ޓީމުން ޖަހައިފައިވަނީ ދެވަނަ ހާފުގައެވެ.

ބާސާގެ ޒުވާން އަދި އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ކަމުގައިވާ ލަމީން ޔަމާލް އަށް ކުރިމަތިވި އަނިޔާއެއްގެ ސަބަބުން މި މެޗުގައި ޔަމާލް ކުޅެފައެއް ނުވެއެވެ. އެހެން ނަމަވެސް ބާސާ އިން މި މެޗުގައި 24 ޝޮޓެއް ފޮނުވާފައިވާއިރު، އޭގެ ތެރެއިން ގޯލާ އަމާޒުވެފައިވަނީ 10 ޝޮޓެވެ.

މެޗުގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގެ 29 މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން އަދި ހުނަރުވެރި ފާމިން ލޮޕޭޒްއެވެ. އެގޮތުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުމު ނަމަވެސް، ބާސެލޯނާއިން ވަނީ ދެވަނަ ހާފުގައި އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އަދި މި އަހަރުގެ ބެލެންޑިއޯގެ ރޭސްގައި ވާދަކުރާނެ ކަމަށް ބެލެވޭ ރަފީނިއާ ކުޅެން ނެރެފައެވެ.

އެއާއެކު ބާސާގެ އެޓޭކްތައް ވަރުގަދަވިއެވެ. ނަތީއްޖާއެއްގެ ގޮތުން ދެވަނަ ހާފުގައި ބާސެލޯނާއިން ޖެހި ފުރަތަމަ ލަނޑު ޖަހައިދިނީ ވެސް ރަފީނިއާއެވެ. އޭގެ ތިން މިނެޓު ފަހުން ފާމިން ލޮޕޭޒް އިން އޭނާގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްދިން އިރު، ބާސާގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ވެސް ރަފީނިއާއެވެ. 

އޭގެ ފަހުން މެޗުގެ 68 ވަނަ މިނެޓުގައިި ކުޅެން އަރައި ތަޖުރިބާކާރު ފޯވާޑް، ރޮބަޓް ލެވަންޑޯސްކީ ވަނީ މެޗުގައި ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ.

މި ނަތީއްޖާއާ އާއެކު ބާސާ ވަނީ ތާވަލުގެ ދެވަނައަށް އަރާފައެވެ. އެއްވަނައިގައި އޮތީ ދެ ޕޮއިންޓު އިތުރަށް ހޯދައިގެން ރެއަލް މެޑްރިޑްއެވެ.

ބާސެލޯނާއިން ދެން ނުކުންނާނީ އަންނަ ހުކުރު ދުވަހު، ޗެމްޕިއަންސް ލީގުގެ މެޗަށް އިނގިރޭސި ކުލަބު ނިއުކާސަލްއާ ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.
06 Aug 2026
ފީފާގެ ރައީސް އިންފަންޓީނާ ވަގުތުން އިސްތިއުފާ ދޭންޖެހޭ: ލުއިސް ފީގޯ
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން އިސްތިއުފާ ދެއްވުމަށް ފުޓުބޯޅަ ލެޖެންޑް ލުއިސް ފީގޯ ގޮވާލައިފިއެވެ. ޕޯޗުގަލްގެ ކުރީގެ ތަރި މިކަމަށް ގޮވާލާފައިވަނީ ފީފާގެ ރައީސްގެ އިތުބާރު ގެއްލިފައިވާކަމަށް ބުނެ ނެރުނު ބަޔާނެއްގައެވެ.
06 Aug 2026
ހަމަލާދީފިނަމަ ގަލްފުގެ ގައުމުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު އިރާނުން ދީފި
އެމެރިކާއިން އިރާނުގެ ބިމަށް އަމާޒުކޮށް އާ ހަމަލާތަކެއް ދީފިނަމަ، މުޅި ގަލްފު ސަރަހައްދުގެ ހަކަތައާ ބެހޭ މުހިންމު ވަސީލަތްތަކަށް ރައްދު ހަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރު އިރާނުން ދީފިއެވެ.