15 Oct 2018 | 11:12
ސިއްރު ހެއްކާއި ބެހޭގޮތުން ކުރީގެ ރައީސް މައުމޫން ކުރެއްވި ޓްވީޓް ގެއްލިއްޖެ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ސިއްރު ހެކި ބަހަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އެއްޗެއް ނޫން ކަމުގައި ވިދާޅުވެ ކުރެއްވި ޓްވީޓް އެމަނިކުފާޏުގެ ޓްވިޓާ ފީޑުން ޑިލީޓް ކޮށްލައްވައިފިއެވެ.

ކީރިތި ގުރުއާނުގައި ވެސް ކީރިތި ރަސޫލާގެ ސުންނަތުގައިވެސް އަދި އެއްވެސް އިމާމެއްގެ ބަސް ފުޅުގައިވެސް ސިއްރު ހެކިބަހުގެ ވާހަކައެއް ނެތް ކަމުގައި މައުމޫން ކުރެއްވި ޓުވީޓުގައި ލިޔުއްވާފައިވެއެވެ.

އެ ޓުވީޓް ޑިލީޓް ކުރައްވާފައިވަނީ ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވުމާއި ގުޅިގެންކަމަށް ގަބޫލު ކުރެވެއެވެ. އެގޮތުން ރާއްޖޭގައި އެންމެ ފުރަތަމަ ސިއްރު ހެކިބަހަށް ބަރޯސާވެ ޝަރީއަތްތައް ހިންގަން ފެށުނީ މައުމޫނުގެ ވެރިކަމުގަ ކަމަށާއި މިހާރު މިވާހަކަތައް މިގޮތަށް ދައްކަވަނީ ކީއްވެގެން ކަމާމެދު ގިނަ އަދަދެއްގެ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.

މައުމޫން މިމޭރުމުން ޓްވީޓް ކުރައްވާފައިވަނީ ނިމިދިޔަ ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައިގަ ސިއްރު ހެކިވެސް ހުށަހަޅުއްވާފައިވާތީ ކަމަށް ގަބޫލު ކުރެވެއެވެ.

ސިއްރު ހެކިވެރިންނާއި މެދު އަމަލު ކުރައްވާނެ ގޮތެއް ނިންމަވާނީ ބަހުސް ކުރެއްވުމަށް ފަހުގައި ކަމަށް މި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާ ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Jun 2026
ޝަމްޢާންގެ ތުހުމަތުތައް ދޮގުކޮށް ތަހުގީގުގެ ތަފްސީލް ފުލުހުން ހާމަކޮށްފި
އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަޙީދު މީޑިއާތަކާ ބައްދަލުކޮށް ކޮށްފައިވާ ތުހުމަތުތަކަށް ރައްދުދީ އެ މައްސަލައިގެ ތަހުގީގުގެ ތަފްސީލް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
11 Jun 2026
ނިޔާވި އޮފިސަރަށް މަގާމުގެ ކުރިއެރުން ދީފި
ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު އާސިފް ނިޔާވީ ޖޫން 11 ވަނަ ދުވަހުގެ ދަންވަރު ފުލުހުންގެ ރަސްމީ ވާޖިބު އަދާކުރަމުން ގެންދަނިކޮށެވެ.
11 Jun 2026
އަތޮޅު ކައުންސިލްތައް އުވާލުމާ އެކު ހުރިހާ ސެކްރެޓަރީ ޖެނެރަލުން ވަކިކޮށްފި
އަތޮޅު ކައުންސިލްތައް އުވާލުމާ ގުޅިގެން އެ ކައުންސިލްތަކުގައި މަސައްކަތް ކުރެއްވި ހުރިހާ ސެކްރެޓަރީ ޖެނެރަލުން އިއްޔެ މަގާމުން ވަކިކޮށްފިއެވެ.
11 Jun 2026
ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީނުން ވޯލްޑްކަޕް ބަލައިލެވޭނެ!
މި އަހަރުގެ ފީފާ ވޯލްޑް ކަޕް ފޯރިގަދަކޮށް ބެލުންތެރިންނަށް ގެނެސްދިނުމަށްޓަކައި، އެޗްޑީސީއާއި ޕީއެސްއެމް ގުޅިގެން ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ވޯލްޑް ކަޕް ބެލުމަށްބޮޑުސްކްރީންތައް ބަހައްޓައިފިއެވެ.
11 Jun 2026
ސައުދީ އަރަބިއްޔާއިން އުމަރުގެފާނުގެ ނަންފުޅު ހިމެނޭ ތާރީޚީ ލިޔުންތަކެއް ފެނިއްޖެ
ސައުދީ އަރަބިއްޔާގެ މަދީނާ ޕްރޮވިންސުން، އިސްލާމީ އުންމަތުގެ ދެވަނަ ޚަލީފާ އުމަރު ބިން އަލްޚައްޠާބުގެ ނަންފުޅު ހިމެނޭ ތާރީޚީ ލިޔުންތަކެއް ފެނިއްޖެއެވެ.
11 Jun 2026
ފުލުހުންގެ ލޯންޗުގައި ޑިޔުޓީ ކުރަން ހުރި އޮފިސަރަކު ނިޔާވެފައި އޮއްވާ ފެނިއްޖެ
ރޭ ދަންވަރު ފުލުހުންގެ ލޯންޗުގައި ޑިޔުޓީކުރަން ހުރި އޮފިސަރަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
11 Jun 2026
އެމެރިކާއިން އެތެރެވިޔަނުދީ ފޮނުވާލި ރެފްރީއަށް ސޯމާލިއާއިން ހޫނު މަރުޙަބާއެއް
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އިންސާފުކުރުމަށް އެމެރިކާއަށް ދިޔުމުން، އެ ގައުމަށް އެތެރެވިޔަނުދީ އަނބުރާ ފޮނުވާލި ސޯމާލިއާގެ މަޝްހޫރު ރެފްރީ އުމަރު އަރުތާނަށް ސޯމާލިއާގެ ވެރިރަށް މޮގަދިޝޫއިން ބަތަލެއްގެ ދަރަޖައިގައި ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
11 Jun 2026
ޑައިމަންޑް ޖުބްލީ މުބާރާތް ޕާކިސްތާނުން ކާމިޔާބުކޮށްފި
މުބާރާތުގެ މުހިންމު ވަނަތައް ހޯދާފައިވަނީ ޕާކިސްތާނުންނެވެ. އެގޮތުން މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ގެންދިޔައީ ޕާކިސްތާނުންނެވެ. އެއީ ޖާން މުޙައްމަދެވެ.