އިންޑިއާގެ ވިޔަފާރިއާއި ސިނާޢަތާ ބެހޭ ވަޒީރު ޕިޔުޝް... ފޮޓޯ: އިންޑިއާ ޝިޕިން ނިއުސް
ދުނިޔެ
23 Sep 2025 | 10:06
އިންޑިއާގައި އިންވެސްޓްކުރުމަށް ޔޫ.އޭ.އީގެ ޝައުގުވެރިކަން އެބަހުރި: ޕިޔުޝް ގޯޔާލް

އިންޑިއާގެ ދިފާޢީ ސިނާޢަތާއި، ޓެކްނޮލޮޖީ އަދި ޖައްވީ ސިނާޢަތަށް ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ޝައުޤުވެރިކަން އެބަހުރިކަމަށް އިންޑިއާގެ ވިޔަފާރިއާއި ސިނާޢަތާ ބެހޭ ވަޒީރު ޕިޔުޝް ގޯޔާލް ވިދާޅުވެއްޖެއެވެ.

ޔޫ.އޭ.އީއަށް ކުރެއްވި ރަސްމީ ދަތުރުފުޅަކަށްފަހު އަބޫދާބީގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޕިޔުޝް ގޯޔާލް ވިދާޅުވީ ޔޫ.އޭ.އީގައި މިހާރުވެސް ޔޫ.ޕީ.އައި ގާއިމްކުރެވިފައިވާކަމަށާއި، އިންޑިއާއާއި ޔޫ.އޭ.އާއި ދެމެދު އިތުރު ވިޔަފާރީގެ މަޝްވަރާތައް ކުރެވެމުން އަންނަކަމަށެވެ. މި ދެގައުމުގެ މެދުގައި ވިޔަފާރީގެ މަޝްވަރާތައް ހަރުދަނާކުރުމަށް ހައިލެވެލް ޖޮއިންޓް ޓާސްކްފޯސް އޮން އިންވެސްޓްމަންޓްގެ ނަމުގައި މަތީ ފަންތީގެ ޓާސްކްފޯހެއް ވަނީ އެކުލަވާލާފައެވެ.

ޕިޔުޝް ގޯޔާލް ވިދާޅުވީ އިންޑިއާގެ ބޭންކިން އިންޑަސްޓްރީއާއި އެހެނިހެން ދާއިރާތަކުގައިވެސް އިންވެސްޓްކުރުމަށް ޔޫއޭއީގެ ޝައުގުވެރިކަން އެބަހުރިކަމަށެވެ. އޭނާ ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގައި އަރިހުގައި 75 ވިޔަފާރިވެރިންގެ ވަފުދެއްވެސް ގެންދެވިއެވެ.

ދެޤައުމުގެ ވިޔަފާރީގެ ގުޅުން ވަރުގަދަވެ، ޔޫ.އޭ.އީ އިން އަރުވާ ދެވަނައަށް އެންމެ މަތީ ޝަރަފުވެސް އިންޑިއާއިން ޔޫ.އޭ.އީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރަށް ވަނީ އަރުވާފައެވެ. ސަންޖޭ ސުދީރު ޔޫ.އޭ.އީ ސަފީރަކަށް ފޮނުވުމުގެ ކުރިން ހުންނެވީ ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ގޮތުގައެވެ.

ޕިޔުޝް ގޯޔާލް ވިދާޅުވީ ޔޫ.އޭ.އީއިން ސަންޖޭ ސުދީރަށް މި އެވޯޑް އެރުވުމުންވެސް އެނގެނީ ދެގައުމުގެ ގުޅުން ބަދަހިވަމުންދާ މިންވަރާއި، ކުރެވޭ މަސައްކަތް ކާމިޔާބުކަން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް