ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތ. ކަނޑޫދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަނީ -- ވޮއިސް ފޮޓޯ: ހުސައިން ނިއުމަތުﷲ
ހަބަރު
24 Sep 2025 | 13:28
ކަނޑޫދޫ ނަރުދަމާ މަޝްރޫއުގެ މަސައްކަތް އޮތީ ވަރަށް ފަހަތުގައި: ރައީސް

ތ. ކަނޑޫދޫގެ ނަރުދަމާ މަޝްރޫއުގެ 96 އިންސައްތަ ނިމިފައިވާ ކަމަށް ރައީސް އޮފީހަށް އަދި ކަމާ ގުޅޭ އިދާރާއަށް އެ މަސައްކަތްކުރި ކުންފުނިން އެންގި ނަމަވެސް، އަސްލު މަސައްކަތް އޮތީ މާ ފަހަތުގައިކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އަތޮޅުތެރެއަށް ރައީސް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކަނޑޫދޫއަަށް މިއަދު ރައީސް ވަނީ ވަޑައިގަންނަވައިފައެވެ. އެ ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ އެ ރަށުގެ މަޝްރޫއުތަކުގެ އަދާހަމަ ކައުންސިލާއި ވުޒާރާތަކުގެ ފަރާތުން ސާފުކުރައްވައި އެ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ބައްލަވައިލައްވައިފައެވެ. 

އެގޮތުން އެ ރަށުގެ މަޝްރޫއުތަކުގެ ވާހަކަ ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، މިވެރިކަން އައިއިރު ސަރުކާރާ ހަވާލުވީ ހުއްޓިފައި ހުރި މަޝްރޫއުތަކަކާއި އަލަށް ފަށާ މަޝްރޫއުތަކެއް ކަމަށެވެ. އަދި އޭގެ ތެރެއިން ހުއްޓިފައި ހުރީ އެންމެ އުނދަގޫ އެއް މަޝްރޫކަމުގައިވާ ނަރުދަމާ މަޝްރޫއުގެ ވާހަކަތައް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، އެ ރަށުގެ ނަރުދަމާގެ މަސައްކަތްކުރަމުން އައި ބޭރުގެ ކުންފުނިން ރާއްޖޭގެ އެހެން ވަރަށް ގިނަ ރަށްތަކުގައި ވެސް އެ މަސައްކަތްކުރަމުން އައި ކަމަށެވެ. 

އެހެން ނަމަވެސް ފައިސާ ނުދިނުން ފަދަ އެކި ސަބަބުތަކާއި ހެދި އެ މަސައްކަތް ހުއްޓިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެއާއެކު ރައީސް ވަނީ އެ ދަތުރުފުޅުގެ ތެރެއިން އެ ރަށުގެ ނަރުދަމާގެ މަޝްރޫއިން ފާހަގަކުރެވުނު މުހިންމު ކަމެއް ވެސް ހިއްސާކުރައްވާފައެވެ. އެގޮތުން ރައީސް ވިދާޅުވީ، އެ ރަށުގެ ނަރުދަމާ މަޝްރޫއުގެ 96 އިންސައްތަ ނިމިފައިވާ ކަމަށް ރައީސް އޮފީހަށް އަދި ކަމާ ގުޅޭ އިދާރާއަށް އެ މަސައްކަތްކުރި ކުންފުނިން އެންގި ނަމަވެސް، އެ ރަށަށް ވަޑައިގެން ބެލި ބެލުމުން އެނގުނު ގޮތުގައި އެ މަސައްކަތް އޮތީ އެއަސް ވުރެ މާ ފަހަތުގައެވެ.

އަދި އެކަން ވަރަށް ސީރިއަސްކަމެއްގެ ގޮތުގައި ބައްލަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ކަމާއިބެހޭ ވުޒާރާ އަށް ވެސް އަދި ރައީސް އޮފީހަށް ވެސް މައުލޫމާތު ލިބިފައި އޮތީ 96 ޕަސެންޓު މަސައްކަތް ނިމިފައިކަމަށް. އެހެންވީމާ އަޅުގަނޑުމެން ބެލީ އެމީހުން ލައްވައި މަސައްކަތް ނިންމައި ކޮމިޝަން ކުރަން. އެހެން ނަމަވެސް މިއަދު އެނގިގެން ހިނގައްޖެ އަޅުގަނޑުމެން އައީމާ ވަރަށް ބޮޑުތަނުން އަދި އެއަށްވުރެ މާާ ފަހަތުގައިކަން އުޅެނީ. އަޅުގަނޑުމެން ވަަރަށް ސީރިއަސް ގޮތެއްގައި އެކަން ނަގަން

ރައީސް ޑރ. މުޙައްމަދު މުޢިއްޒު 

އެހެން ނަމަަވެސް އެ ކަމާމެދު ވަރަށް އަވަހަށް ގޮތެއް ނިންމައި އެކަން ވަރަށް އަވަހަށް ޙައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ އެ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ. އެގޮތުން އެ މަސައްކަތް އެކުންފުނި ލައްވައި ކުރުވާނީތޯ ނުވަތަ ބާކީ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިޔަށްގެންދިޔުމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކަނޑޫދޫގެ ނަރުދަމާގެ މަސައްކަތަކީ 2019 ވަނަ އަހަރު އޭރުގެ ޕްލޭނިން މިނިސްޓްރީން ހަވާލުކުރި މަޝްރޫއެކެވެ. 2021 ވަނަ އަހަރަށް ނިންމަން ތާވަލުކުރި އެ މަޝްރޫއަށް ސަރުކާރުން 19 މިލިއަން ރުފިޔާ ޚަރަދުކުރާއިރު، މިހާތަނަށް ވެސް އެ މަޝްރޫއު ނިމިފައެއް ނުވެއެވެ.

އެކަމުގެ ކަންބޮޑުވުން އެރަށު ރައްޔިތުންނާއި ކައުންސިލުން ވަނީ މީގެ ކުރިން ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ.

ކަނޑޫދޫގެ ނަރުދަމާ މަޝްރޫއުގެ ތެރެއިން ރަށުގައި ފެނާއި ނަރުދަމާގެ ވިއުގަ އެޅުމާއި، ނަރުދަމާގެ ޕަމްޕް ސްޓޭޝަން ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަދި އާރްއޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބަހައްޓައި، ސީ އައުޓް ފޯލް އެޅުމާއި، އިދާރީ އޮފީސް ޤާއިމުކުރުން ހިމެނެއެވެ. އަދި ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުން ވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
ތަކެތީގެ އަގު ބޮޑުވާތީ ކަމަށް ބުނެ ކަޅުހުކުރުގައި އެމްޑީޕީން މުޒާހަރާއަށް ނިކުންނަނީ
އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 36 ވަނަ ބައްދަލްވުމުގައި އޮގަަސްޓް 12 ވަނަ ދުވަހު މުޒާހަރާ ކުރަން ނިންމީ އެ ޕާޓީގެ ޗެއާޕާސަން, ރައީސް މުހައްމަދު ނަޝީދެވެ.
02 Aug 2026
އެމްޑީޕީގެ ކޮންގްރެސް ވެސް ސެޕްޓެންބަރު މަހު ބާއްވަން ނިންމައިފި
63 މެންބަރުން ބައިވެރިވި ބައްދަލްވުމުގައި އެ ހުށައެޅުމަށް 52 މެންބަރުންގެ ތާއީދު ލިބުނެވެ.
02 Aug 2026
ހަލާކުވެފައިވާ އަމީނީ މަގު މާރާމާތު ކުރަނީ: މިރޭ މަސައްކަތް ފަށާނެ، މަގުން ބައެއް ބަންދު
މި ބަދަލާއި ގުޅިގެން ފުލުހުން ވަނީ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާ ކަަމަށްވެސް ވަނީ ބުނެފަ އެވެ.
02 Aug 2026
ވީއައިއޭއިން ޖުލައިމަހު ރެކޯޑް އަދަދަކަށް ޓްރާންޝިޕްމަންޓް ކާގޯ އުފުލައިފި
އެމްއޭސީއެލުން ބުނީ ޖުލައިމަހު ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރު 2،000 ޓަނަށްވުރެ އިތުރުކަމަށެވެ
02 Aug 2026
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ރިވެލި އެވޯޑް ބާއްވަނީ، ކުރިމަތިލާން ހުޅުވާލައިފި
މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، 2026 އޮގަސްޓު 30 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.
02 Aug 2026
ޖޫން މަހު ލިބުނު މުދަލުޱޒަކާތް 100 އިންސައްތަ އިތުރު، 21 މިލިއަން
ޒަކާތު ހައުސް އިން ބުނީ މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21,298,021.15 ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު 10,644,218.55 ރުފިޔާއާ އަޅާބަލާއިރު 100 އިންސައްތައިގެ އިތުރުވުމެކެވެ.
02 Aug 2026
ވަކިނުކޮށް އެއްކޮށްގެން ގެންނަ ކުނި ތިލަފުށީ ފެސިލިޓީއަށް ބަލައިނުގަނެވޭނެ
ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މުޅި ރާއްޖޭގައި ދުވާލެއްގެ މައްޗަށް އުފެދޭ ކުނީގެ 60 އިންސައްތަ އަކީ ތިލަފުށީ ފެސިލިޓީއަށް ގެނެވޭ ކުނި ކަމަށެވެ. ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުނި ވަކިކުރުމުގެ ބަދަލުގައި، ގިނަ ކަސްޓަމަރުން އަދިވެސް ކުނި ގެންނަނީ ވަރަށް ބޮޑަށް އެއްކޮށްގެންކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
02 Aug 2026
އެގްރޯ ނޭޝަނަލްގެ ބޯޑަށް ޝަޒުހަތު ލަތީފް އައްޔަނުކޮށްފި
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގައި އެކައުންޓިންގ އެންޑް ފައިނޭންސް މެންބަރެއްގެ ގޮތުގައި ގދ. ތިނަދޫ ވިނަވި ޝަޒުހަތު ލަތީފް އައްޔަނުކޮށްފިއެވެ.