125 މިލިއަން ޔޫރޯގެ ރިކޯޑު ފީއެއްގައި ލިވަޕޫލާ ގުޅުނު ފަހުން އިސާކް ފުރަތަމަ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ -- ފޮޓޯ: ގެޓީ އިމޭޖެސް
ކުޅިވަރު
24 Sep 2025 | 14:41
އިސާކްގެ ފުރަތަމަ ލަނޑާއެކު ސައުތަމްޕްޓަން ބަލިކޮށް ލިވަޕޫލު ހަތަރުވަނަ ބުރަށް

ނިއުކާސަލް އިން ރިކޯޑު އަގެއްގައި ބަދަލުވި އެލެކްސަންޑާ އިސާކް ލިވާޕޫލަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑާއެކު  އިނގިރޭސި ލީގް ކަޕްގެ ތިންވަނަ ބުރުން ލިވާޕޫލް މޮޅުވެއްޖެއެވެ.

ލިވާޕޫލުގެ އެންފީލްޑްގައި ރޭ ކުޅުނު މި މެޗުން ސައުތަމްޕްޓަންއާ ދެކޮޅަށް ކުޅެ ލިވާޕޫލް މޮޅުވީ 1-2 ލަނޑުންނެވެ. އެގޮތުން އެ މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖެހީ ވެސް ލިވަޕޫލް އިންނެވެ.

މެޗުގެ 43 ވަނަ މިނެޓުގައި ސައުތަމްޕްޓަންގެ ގޯލްކީޕަރުގެ އަތުން ހެދުނު ކުށެއްގެ ފައިދާ ނަގައި ފެޑެރިކޯ ކިއެސާގެ ޕާހަކުން އިސާކް ވަނީ ގޯލު ޖަހާފައެވެ. މިއީ ގާތްގަޑަކަށް 125 މިލިއަން ޔޫރޯގެ ރިކޯޑު ފީއެއްގައި ލިވަޕޫލާ ގުޅުނު ފަހުން އިސާކް އެ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެެވެ.

މެޗުގެ ދެވަނަ ހާފުގައި ސައުތަމްޕްޓަން ވަނީ ވަރަށް މޮޅަށް ބޯޅަ ހިފަހައްޓައިގެން ކުޅެފައެވެ. އޭގެ ނަތީއްޖާއެއްގެ ގޮތުން ލިވަޕޫލްގެ ވަޓަރޫ އެންޑޯގެ އަތުން ހެދުނު ގޯހެއްގެ ފައިދާނަގައި، ސައުތަމްޕްޓަންގެ ޝިއާ ޗާލްސް ވަނީ 76 ވަނަ މިނެޓްގައި މެޗުގެ ނަތީއްޖާ ހަމަހަމަކޮށްދީފައެވެ.

މެޗުން ލިވަޕޫލް މޮޅުވި ގޯލު ކާމިޔާބުކޮށްދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ހިއުގޯ އެކިޓިކޭއެވެ. އެ ގޯލަށް ފަހު ޖޯޒީ ބާލައި އެކެޓިކޯ އުފާފާޅުކުރުމުން ރެފެރީ ވަނީ އޭނާއަށް ދެވެނަ ރީނދޫކާޑާއެކު ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.

މެޗަށް ފަހު ލިވަޕޫލުގެ ކޯޗު އާނެ ސްލޮޓް ވަނީ އެކެޓިކޭ ހޯދި ރަތްކާޑާއި މެދު ހިތްހަމަނުޖެހި ވާހަކަދައްކާފައެވެ. އެގޮތުން އެއީ ހޯދި ބޭކާރު ކާޑެއްގެ ކަމަށް ކޯޗު ވަނީ ބުނެފައެވެ. އެ ރަތް ކާޑާ ގުޅިގެން އެކިޓިކެ ވަނީ އެއް މެޗަށް ސަސްޕެންޑް ވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.