ދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު -- ފޮޓޯ: ވޮއިސް
28 Sep 2025 | 12:31
ގެދޮރުވެރިޔާގެ ލިސްޓަށް އެއްވެސް ފަރާތެއް އިތުރުނުކުރަން: ވަޒީރު މުއްތަލިބު

މިދިޔަ ސަރުކާރު ނިމެންދަނިކޮށް 15 ނޮވެމްބަރު 2023 ގައި އިއުލާންކުރި ގެދޮރުވެރިޔާގެ ލިސްޓަކީ ފައިނަލް ލިސްޓުކަމަށާއި، އެ ލިސްޓަށް އިތުރު އެއްވެސް ފަރާތެއް އިތުރުކޮށްފައިނުވާނެ ކަމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދީފައިވާ ފްލެޓްތަކުގެ ބައެއް ވަގަށް ވިއްކަންއުޅޭ ކަމަށް ބުނެ ރާއްޖޭގެ ބައެއް ނޫސްތަކުންނާއި ސޯޝަލް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ. 

އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، 15 ނޮވެމްބަރުގައި އިއުލާނުކުރި ލިސްޓަކީ އެންމެ ފައިނަލް ލިސްޓު ކަމަށާއި، ފްލެޓް ދިނުމުގައި ވެސް އަމަލުކުރާނީ އެ ލިސްޓާއެކު ކުރެވުނު އިއުލާނުގައިވާ ގޮތަށް ކަމަށެވެ. އެގޮތުން ޝަރުތު ހަމަނުވާ ފަރާތްތައް ލިސްޓުން އުނިވި ނަމަވެސް، ގެޒެޓުގައިވާ ލިސްޓާއި އިޢުލާނާ ޚިލާފަށް ފަހުން ލިސްޓަށް އެއްވެސް ފަރާތެއް އިތުރުކުރެވިފައި ނުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ގެދޮރުވެރިޔާގެ ފްލެޓްތައް -- ފޮޓޯ: ވޮއިސް

އަދި އެފަދައިން ލިސްޓަށް އައު ބަޔަކު އިތުރުކުރުމުގެ ފުރުސަތު ވެސް އެއްވެސް ފަރާތަކަށް ނޯންނާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އެފަދައިން ވިދާޅުވިއިރު، މިދިޔަ ސަރުކާރުން ހިންގި ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާ ގުޅޭ މައްސަލަތަކުގައި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީނާއި، އުސިން މިނިސްޓްރީގެ ކުރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އަދި ގެދޮރުވެރިން ކޮމިޓީގެ މެންބަރު މުޙައްމަދު ޢާރިފް، ޑިރެކްޓަރ ޖެނެރަލް އަޙްމަދު ވިޝާން ނަސީމް، އަދި ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު ޟިރުޣާމް ވަޙީދުގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ވެސް ވަނީ ފޮނުވާފައެވެ.

އެގޮތުން އެމީހުންގެ މައްޗަށް ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއެވެ. މިއީ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ ދަށުން ކުރެވޭ ދަޢުވާއެކެވެ.

އެގޮތިން އެ މައްސަލައިގައި އެމީހުންގެ މައްޗަށް ތުހުތަމުކުރެވެނީ 2022ވަނަ އަހަރުގެ ޖޫން މަހު އިޢުލާނުކުރި ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން، ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅި ބައެއް ފަރާތްތަކަށް އުސޫލާ ޚިލާފަށް ޕޮއިންޓް ދީ، ޝަރުތު ފުރިހަމަނުވާ ފަރާތްތަކެއް ލިސްޓުގައި ހިމަނާފައިވާ މައްސަލައެވެ. 

ބިންވެރިޔާ ސްކީމުން ބިންތައް ދޫކުރުމުގެ ތެރެއިން.. ފޮޓޯ: ވޮއިސް

ގެދޮރުވެރިޔާގެ ދަށުން ޢިމާރަތްކުރަމުން އަންނަ ފްލެޓްތައް ޢިމާރަތްކުރަނީ އިންޑިޔާގެ ދެ ކުންފުންޏަކުންނެވެ. އެ ފްލެޓްތަކުގައި ދެ ކޮޓަރީގެ އެޕާޓްމެންޓްތަކާއި ތިން ކޮޓަރީގެ އެޕާޓްމެންޓުތައް ހުންނައިރު، ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ދޫކުރަނީ 7،000 ރުފިޔާއަށެވެ. އެ ތަންތަނުގެ މެއިންޓެނަންސް ފީގެ ގޮތުގައި 1،000 ރުފިޔާ ނަގާއިރު، ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން 15،000ރ. ދައްކަން ޖެހެއެވެ.

އަދި ތިން ކޮޓަރީގެ އެޕާޓްމެންޓުތައް 9،500 ރުފިޔާއަށް ދޫކުރާއިރު، މެއިންޓެނެންސް ފީގެ ގޮތުގައި 1،5000 ރުފިޔާ އަދި ސެކިއުރޓީ ޑެޕޮސިޓްގެ ގޮތުގައި 25،000 ރުފިޔާ ދައްކަން ޖެހެއެވެ.

އެ ފަރާތްތަކަށް ތަޅުދަނޑި ހަވާލުކުރާނީ ޓަވަރުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ސެކިއުރިޓީ ޑިޕޮސިޓް ދެއްކާ ފަރާތްތަކަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.