ރޭގެ މެޗުގައި ގޯލު ޖެހުމަށްފަހު ބާސާއިން އުފާފާޅުކުރަނީ -- ފޮޓޯ: ރޮއިޓާސް
ކުޅިވަރު
29 Sep 2025 | 09:29
ލަމީންގެ އެނބުރި އައުމާއެކު ބާސާއިން ތާވަލުގެ އެއްވަނައަށް

މިދިޔަ އަހަރުގެ ބެލޮންޑިއޯއިން ދެވަނަ ހޯދި އެންމެ 18 އަހަރުގެ ލަމީން ޔަމާލުގެ ޖާދުވީ ހުރަހަކުން ޖެހި ގޯލާއެކު، ބާސެލޯނާއިން ސްޕެނިޝް ލަލީގާގެ އެއްވަނައަށް ޖެހިލައިފިއެވެ.

ރޭ ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް ބާސެލޯނާގެ ވަގުތީ ދަނޑުކަމުގައިވާ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު އެ މެޗުން ބާސެލޯނާ މޮޅުވީ ފަހަތުން އަރައި 1-2 އެވެ. 

މެޗުގެ 30 ވަނަ މިނިޓުގައި އަލްވަރޯ އޮޑްރިއޯޒޯލާ ލަނޑެއް ޖަހައި ސޮސިއެޑާޑުން ކުރި ހޯދިއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސެލޯނާއިން ވަނީ މެޗު އެއްވަރުކޮށްފައެވެ. އެ ލަނޑު ޖަހައިފައިވަނީ އިނގިރޭސި ފޯވާޑް މާކަސް ރެޝްފޯޑް ނެގި ކޯނަރަކުން ޖޫލްސް ކުންޑޭ ބޮލުން ޖަހައިގެންނެވެ.

ދެވަނަ ހާފުގެ 60 ވަނަ މިނެޓުގައި އަނިޔާއަށް ފަހު އެނބުރި އައި ޒުވާން ތަރި ލަމީން ޔަމާލް ކުޅެން އަރައި ވަރަށް މޮޅަށް ކުޅުނެވެ. އެގޮތުން އޭނާ މެޗަށް އެރިތާ މިނުޓެއް ނުވަނީސް ދިން ރީތި ބޯޅައަކުން ރޮބަޓް ލެވަންޑޯސްކީ ބޮލުން ޖެހައި ބާސެލޯނާއަށް ދެވަނަ ލަނޑު ޖަހައިދިނެވެ. 

މެޗުގެ ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށް ގިނަ ހަމަލާތަކެއް އުފެއްދީ ބާސެލޯނާއިން ނަމަވެސް، ސޮސިއެޑާޑްގެ ފަރާތުން ނުރައްކާތެރި ހަމަލާތަކެއް ފެނިގެން ދިޔައެވެ. މެޗުގެ ފަހުކޮޅު މިކެލް އޮޔާޒަބާލް އާއި ޓަކެފޫސާ ކޫބޯ ފޮނުވާލި ހަމަލާތައް ގޯލްކީޕަރު ވޮއިޗެކް ޝްޗެސްނީ މޮޅަށް ހުއްޓުވައި، ބާސެލޯނާއަށް ލީޑު ދަމަހައްޓައިދިނެވެ.

މި މޮޅާއެކު ބާސެލޯނާ ވަނީ ލަލީގާ ތާވަލުގެ އެއްވަނަ ރެއާލް މެޑްރިޑާ ވުރެ އެއް ޕޮއިންޓުގެ ކުރި ހޯދާފައެވެ. މެޗަށް ފަހު ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ވަނީ ޕެޑްރީ އާއި ޔަމާލަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.

ކުރިޔަށް ބާސެލޯނާއަށް އޮތީ ޗެމްޕިއަންސް ލީގުގައި މިދިޔަ އަަހަރުގެ ޗެމްޕިއަނުންކަމުގައިވާ ޕީއެސްޖީއާ ދެކޮޅަށް ނުކުންނަ މެޗެވެ. މުހިންމު ދެ ކުޅުންތެރިން ކަމުގައިވާ ރަފީނީއާ އަދި ކީޕަރު ޖޯއަން ގާސިއާ އަށް އެ މެޗުގައި އަނިޔާގެ ސަބަބުން ނުކުޅެވޭނެކަން މިހާރު ވަނީ ޔަގީންވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.