ވެމްކޯގެ މުވައްޒިފެއް މަސައްކަތުގައި --
ހަބަރު
30 Sep 2025 | 19:15
ވެމްކޯގެ ހިޔާނާތްތައް ބަލަނީ؛ ތިން އިދާރާއަށް ލިޔެކިޔުންތައް ދީފި

ފާއިތުވެދިޔަ އަހަރުތަކުގެ އިންޓާނަލް އޮޑިޓް ރިޕޯޓްތަކުން ފާހަގަވެފައިވާ މައްސަލަތަކާއި މާލިއްޔަތު ގާނޫނާއި ހިލާފަށް ކޮށްފައި ހުރި މުއާމަލާތްތަކުގެ މައުލޫމާތު ތަހުގީގީ އިދާރާތަކަށް ދީފައިވާ ކަމަށް ވެމްކޯ އިން ބުނެފި އެވެ.

ވެމްކޯ އިން ވަނީ އެކަން ހާމަކޮށް މިރޭ ބަޔާނެއް ނެރެފަ އެވެ. އެ ކުންފުނިން ބުނީ ފާއިތުވެދިޔަ އަހަރުތަކުގެ އިންޓާނަލް އޮޑިޓް ރިޕޯޓްތަކުން ފާހަގަވެފައިވާ މައްސަލަތަކާއި މާލިއްޔަތު ގާނޫނާއި ހިލާފަށް ކޮށްފައި ހުރި މުއާމަލާތްތަކުގެ މައުލޫމާތު ބެލުމަށް އެ ކުންފުނީގެ އިސްނެގުމަށް މިހާރު ވާނީ ކަމާބެހޭ ތަހުގީގީ އިދާރާތަކަށް ފޯރުކޮށްދޭން ޖެހޭ ހުރިހާ މައުލޫމާތެއް ހިއްސާކޮށްފައި ކަަމަށެވެ. އަދި އެ އިދާރާތަކުން އިތުރަށް ބޭނުންވެގެން އެދިފައިވާ ހުރިހާ މަޢުލޫމާތުތަކެއް ވެސް ފޯރުކޮށްދީ ފުރިހަމަ އެއްބާރުލުން ދީފައި ކަމަށް ވެސް ބުންޏެވެ.

އެ ގޮތުން އޮޑިޓަރު ޖެނެރަލްގެ އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ދިވެހި ފުލުހުންގެ ހިދުމަތަށް އެކި މައްސަލަތަކާއި ގުޅުންހުރި ލިޔެކިޔުންތަކާއި އިތުރު މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

އެ ކުންފުނިން ބުނީ ރައްޔިތުންނާއި ގުޅުންހުރި މިފަދަ މާލީ މައްސަލަތައް ބެލި އެ މައްސަލަތައް ކަމާބެހޭ އިދާރާތަކަށް ހުށައަޅައިގެން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދޭ ކަމަށާ ވެމްކާއާ ގުޅުންހުރި ކޮރަޕްޝަންގެ އަމަލުތަކަށް ފިޔަވަޅު އަޅައި ކުށްވެރިވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ.

ކޮމެންޓް
މުޒުހިލް
އެޗްޑީސީގެ އިންޓާނަލް އޮޑިޓު ޑިޕާޓުމަންޓުން ތައްޔާރު ކުރި، އޮޑިޓު ރިޕޯޓުތަކާ ގުޅިގެން އެޅުނު ފިޔަވަޅެއް ބުނެބަލަ؟؟ އަހަރެން، އެޗްޑީސީން ވަކި ކުރުވި އަސްބާހުމެން ފެއިލް ވެއްޖެ!
30 Sep 2025
ގުޅޭ ލިޔުންތައް
22 Sep 2026
އަބްދުއްރަހީމް ހިމެނޭހެން ޕީއެންސީގެ 16 މެންބަރަކު ޕާކިސްތާނަށް
ޕާކިސްތާނަށް ވަޑައިގަންނަވާ ކޮންގްރެސް ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ވަފުދުގައި ރައްޔިތުންގެ މަޖިލީހުގެ 16 މެންބަރަކު ބައިވެރިވެވަޑައިގަންނަވަ އެވެ.
22 Sep 2026
ނުކުޅެދުންތެރިންގެ ޙައްޤުތަކުގެ ޕްރޮޓޮކޯލްގައި ބައިވެރިވާން ނިންމައިފި
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކާ ގުޅޭ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައި، މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސް ނިންމަވައިފިއެވެ.
22 Sep 2026
ސްރީލަންކާ ރައްޔިތުންގެ އައިޑީކާޑުތައް ހެދުމަށް ބޭނުންވާ ކާޑުތައް ސަޕްލައިކުރަން ޖަރުމަނުވިލާތުގެ ކުންފުންޏަކަށް
ސްރީލަންކާގެ ރައްޔިތުންނަށް ދޫކުރާ ގައުމީ އައިޑީ ކާޑު ތައްޔާރުކުރުމަށް ބޭނުންވާ 5 މިލިއަން ޕޮލީކާބޮނޭޓް ކާޑު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިއަށްގެންދިޔަ މަޝްރޫއު، ކާމިޔާބުކޮށްފައިވަނީ ޖަރުމަނުގެ "މުލްބައުއާ އައިޑީ ސާވިސަސް އިންނެވެ
22 Sep 2026
ސަޢޫދީގެ މަތިންދާބޯޓުތަކަށް ތެޔޮއަޅައިދޭން އިނގިރޭސިވިލާތުން އެހީވަނީ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ދެމުންދާ ހަމަލާތަކުން ސަޢޫދީ ޢަރަބިއްޔާ ދިފާޢުވުމަށް އެހީތެރިވުމުގެ ގޮތުން، އެ ޤައުމުގެ އަސްކަރީ މަތިންދާބޯޓުތަކަށް ވައިގެ ތެރޭގައި ތެޔޮއަޅައިދިނުމުގެ ލިމިޓެޑް އަސްކަރީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އިނގިރޭސިވިލާތުން އެއްބަސްވެއްޖެއެވެ.
22 Sep 2026
ކޮންގްރެސްގައި 986 އަށްވުރެ ގިނަ ކޮންގްރެސްމަނުން ބައިވެރިވާނެ: އެމްޑީޕީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ކޮންގްރެސްގައި ބައިވެރިވުމަށް 986 އަށް ވުރެ ގިނަ މަންދޫބުން މިހާތަނަށް ރަޖިސްޓްރީވެފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.
22 Sep 2026
ނައިބު ރައީސް އދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނަށް ޒިޔާރަތްކުރައްވައިފި
އެކުވެރި ދައުލަތްތައް (އދ.) ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގެ ހަވާސާގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް، އދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފިއެވެ.
22 Sep 2026
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކަނޑުހުޅުދޫއިން ދެ މީހުން ހައްޔަރުކޮށްފި
ގެމަނަފުށީ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، ކަނޑުހުޅުދޫ ދެ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށާ އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ 17 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
22 Sep 2026
ކަޅުބިލަ މަހުގެ އަގު 22 ރުފިޔާއަށް
މަސް ގަންނަ އަގަށް މި ބަދަލު ގެނެސްފައިވަނީ މި ދުވަސްވަރުގެ މަސްވެރިކަމުގެ ޙާލަތަށާއި، ދުނިޔޭގެ ބާޒާރާއި ރާއްޖޭގެ އެތެރޭގެ މާކެޓުގައި މަހުގެ އަގުތަކަށް އަންނަމުންދާ ލޮޅުންތަކަށް ރިޢާޔަތްކުރުމަށް ފަހުގައެވެ.