އުރީދޫގެ ޕްރައޮރިޓީ ޕާސް އާ އެކު ލައުންޖްތަކަށް ވަދެވޭނެ
ވިޔަފާރި
01 Oct 2025 | 11:29
އުރީދޫގެ ޕްރައޮރިޓީ ޕާސް އާ އެކު ދުނިޔޭގެ 1300 އަށް ވުރެ ގިނަ ލައުންޖު ބޭނުންކުރެވޭނެ

އުރީދޫގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ޕްރައޮރިޓީ ޕާސް އާ އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ 1،300 އަށް ވުރެ ގިނަ ލައުންޖުތައް ބޭނުންކުރެވޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

އުރީދޫން ބުނީ، އުރީދޫ މޯލްޑިވްސްގެ ކްލަބް ޕްރިމިއާ ގޯލްޑް އަދި ޕްލެޓިނަމް މެމްބަރުންނަށް ހިލޭ ޕްރިއޯރިޓީ ޕާސް މެމްބަޝިޕްގެ ދަށުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 1،300 އަށް ވުރެ ގިނަ އެއާޕޯޓް ލައުންޖްތަކަށް ވަނުމުގެ ފުރުޞަތު ލިބޭނެ ކަމަށެވެ.

އެގޮތުން ކްލަބް ޕްރިމިއާ ގޯލްޑް ނުވަތަ ޕްލެޓިނަމް މެމްބަރެއްގެ ގޮތުގައި ތިން މަސް ދުވަސް ދެމިހުންނަ ފަރާޓްތަކަށް ޕްރިއޯރިޓީ ޕާސް ނެގޭނެކަމަށް އުރީދުން ބުންޏެވެ. އެގޮތުން އެ ޕާސް އެކްޓިވޭޓްކުރުމުން ލައުންޖްތަކަށް ވަދެވޭނެއިރު، ކްލަބް ޕްރިމިއާ މެންބަރުންނަށް ރާއްޖޭގެ އެކި ކެފޭ، ރެސްޓޯރަންޓް، ފިހާރަ ފަދަ ގިނަ ތަންތަނުން ލިބޭ ހާއްސަ ޑީލްތަކުން ވެސް ފައިދާ ލިބޭނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.

އެ ޕާސް އެކްޓިވޭޓް ކުރުމަށް ސޯޝަލް މީޑިއާ ނުވަތަ ލައިވް ޗެޓް މެދުވެރިކޮށް އުރީދޫ ކަސްޓަމާ ސާވިސް އަށް މެސެޖެއްކުރުމުން ވާނެ ކަމަށް އުރީދޫން މައުލޫމާތުދެއެވެ.

އުރީދޫން ބުނީ ލްޑް އަދި ޕްލެޓިނަމް ކްލަބް ޕްރިމިއަރ މެންބަރުންނަށް ޕްރިއޯރިޓީ ޕާސް ލިބުމަކީ ކަސްޓަމަރުންނަށް ލިބެމުންދާ ބެނެފިޓްސް އާއީ ފައިދާތައް އިތުރަށް ފުރިހަމަވާނެ ކަމެއް ކަމަށެވެ. އަދި އެކަމަކީ އުރީދޫގެ ކަސްޓަމަރުންނަށް ދަތުރުތަކުގައި ލުއިފަސޭހަ އަދި ލަގްޒަރީ ގޮތްތަކެއް ފަހިކޮށްދީ، ލޯޔަލްޓީގެ އަގު ވަޒަން ކުރުމުގެ ގޮތުން ފޯރުކޮށްދޭ ޚިދުމަތެއް ކަމަށް ވެސް އުރީދޫން ބުންޏެވެ.

ކޮމެންޓް
ވަތަނިޔާ
ތި ބޭނުން ކޮށްފަ ބޮޑު ބިލެއް އާދެ. ލޮލް
01 Oct 2025
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.
18 Sep 2026
ބަންގްލަދޭޝް އެއާލައިންސްގެ ފްލައިޓެއްގައި ދެ ފަސިންޖަރަކު މާރާމާރީ ހިންގައިފި
މި ހާދިސާ ހިނގާފައިވަނީ ފްލައިޓް ދަތުރުކުރަމުން ދިޔަ ވަގުތު ދެ ފަސިންޖަރެއްގެ ދެމެދުގައި ހިނގި ހޫނު ޒުވާބަކަށް ފަހުގައެވެ. ޑާކާ ޓްރިބިއުނުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޒުވާބު ބޮޑުވެ އެކަކު އަނެކަކަށް ހަމަލާދީ މާރާމާރީއަކަށް ބަދަލުވުމާ ގުޅިގެން، ފްލައިޓުގައި ތިބި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ހިމެނޭހެން ގިނަ ފަސިންޖަރުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނެވެ.