އެއާބަސް ބޯޑުގައި ހިމެނިވަޑައިގަންނަވާ ބައެއް މެމްބަރުން އިންޑިއާގައި.. ފޮޓޯ: ހިންދޫ
ވިޔަފާރި
04 Oct 2025 | 09:42
އެއަރބަސް ކުންފުނީގެ ބޯޑު މެމްބަރުން އިންޑިއާގައި

މަތިންދާބޯޓު އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި އެއަރބަސްގެ ބޯޑު މެމްބަރުން އިންޑިއާގެ ވެރިރަށް ދިއްލީއަށް ވަޑައިގެންފިއެވެ.

4 ދުވަހުގެ ދަތުރެއްގައި އެއަރބަސް ކުންފުނީގެ ބޯޑު މެމްބަރުން އިންޑިއާއަށް ވަޑައިގަތީ ސެޕްޓެމްބަރު 29 ގައެވެ. ބޯޑު ބައްދަލުވުމެއް ދިއްލީގައި ބޭއްވުމުގެ އިތުރުން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި، ސިވިލް އޭވިއޭޝަން މިނިސްޓަރ ރަމޯހަން ނައިޑޫއާއި އެބޭފުޅުން ބައްދަލުކުރެއްވިއެވެ.

އެއަރބަސް ކުންފުނީގެ ބޯޑު ދިއްލީއަށް ވަޑައިގަތުމުން، އެކުންފުންޏަށް އިންޑިއާ ބާޒާރު މުހިއްމު ވެފައިވާ މިންވަރު ދޭހަކޮށްދޭކަމަށް މުހައްލިލުން ބުނެއެވެ. އިންޑިއާގެ ބޮޑު ދެ އެއަރލައިންކަމަށްވާ އިންޑިގޯ އާއި އެއަރ އިންޑިއާއިން މިހާރުވެސް ގިނަ އަދަދެއްގެ އެއަރބަސް މަތިންދާބޯޓަށް ވަނީ އޯޑަރު ދީފައެވެ. އިންޑިގޯއިން މިހާތަނަށް 1370 މަތިންދާބޯޓަށް އޯޑަރު ދިންއިރު، އެއަރބަސްއިން ޑެލިވަރކޮށްފައިވަނީ އަދި 463 މަތިންދާބޯޓެވެ. އެހެންކަމުން އަދި 907 މަތިންދާބޯޓު އިންޑިގޯއަށް ފޯރުކޮށްދޭން ޖެހެއެވެ. އިންޑިގޯ ކުންފުނިން އެކުންފުނީގެ ފްލީޓް ބޮޑުކޮށް،މަންޒިލްތައް އިތުރުކުރުމަށް މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އިންޑިއާގެ ވައިގެ ދަތުރުފަތުރުގެ ބާޒާރަކީ ދުނިޔޭގެ އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް މާކެޓެވެ.

ޓާޓާ ކުންފުނީގެ އެއަރ އިންޑިއާއިންވެސް 361 މަތިންދާބޯޓަށް އޯޑަރު ދީފައިވާއިރު، އެއަރބަސްއިން އަދި ޑެލިވަރކުރީ 17 މަތިންދާބޯޓެވެ.

މަތިންދާބޯޓު ވިއްކުމުގެ އިތުރުން، މަތިންދާބޯޓުތަކަށް ބޭނުންވާ ކޮމްޕޯނަންޓްތައް ފޯރުކޮށްދިނުމުގައިވެސް އިންޑިއާއަކީ އެއަރބަސްއަށް މުހިއްމު މާކެޓެކެވެ. އެގޮތުން ކޮމްޕޯނަންޓްތައް ގަތުމަށް އިންޑިއާގެ 40 ވަރަކަށް ސަޕްލަޔަރުންނާއެކު އެއަރބަސްއިން މަސައްކަތްކުރެއެވެ. އަދި އެއަރކްރާފްޓް އެސެމްބްލީ ލައިނެއްވެސް އިންޑިއާގައި ޤާއިމްކުރުމަށް އެކުންފުނިން ދަނީ މަސައްކަތްކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.
18 Sep 2026
ބަންގްލަދޭޝް އެއާލައިންސްގެ ފްލައިޓެއްގައި ދެ ފަސިންޖަރަކު މާރާމާރީ ހިންގައިފި
މި ހާދިސާ ހިނގާފައިވަނީ ފްލައިޓް ދަތުރުކުރަމުން ދިޔަ ވަގުތު ދެ ފަސިންޖަރެއްގެ ދެމެދުގައި ހިނގި ހޫނު ޒުވާބަކަށް ފަހުގައެވެ. ޑާކާ ޓްރިބިއުނުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޒުވާބު ބޮޑުވެ އެކަކު އަނެކަކަށް ހަމަލާދީ މާރާމާރީއަކަށް ބަދަލުވުމާ ގުޅިގެން، ފްލައިޓުގައި ތިބި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ހިމެނޭހެން ގިނަ ފަސިންޖަރުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނެވެ.