16 Jun 2019 | 20:15
ބޮން ގޮއްވީމާ ބަދުނާމު ކުރީ ދިވެހިންނެވެ އެކަމަކު ހައްޔަރުކުރަނީ އިންޑިޔާ މީހުންނެވެ

މިދިޔަ އެޕްރީލްމަހު ސްރީލަންކާގައި ކްރިސްޓިއަން ފައްޅިތަކަކާއި ޓޫރިސްޓް ހޮޓާތަކެއްގައި ބޮންގޮއްވާލައިގެން އެންމެން ކަންބޮޑުވެ ހާސްވެގެން އުޅުނުއިރު އިންޑިޔާގެ ބައެއް މީޑިއާތަކާއި އަދި އިންޓަރނޭޝަނަލް މީޑިއާގައި ވާހަކަދެއްކި އިންޑިޔާ ދަރިކޮޅުގެ ބައެއް ޖަރނަލިސްޓުން ހައްދުފަހަނައަޅާފައިވާ ޒަހްރާންގެ ޖަމާއަތާއި ދިވެހި ރާއްޖެއާއި ގުޅުވައިގެން ވާހަކަ ފަށައިގަތެވެ. އަދި ނުވިތާކަށް ރާއްޖޭގެ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ދިވެހި ރާއްޖެއަށާއި ދިވެހިންނަށް އިގިލިފުޅު ދިއްކުރެއްވިއެވެ. ދިވެހިންނާ ބޮންގޮއްވުމާ ގުޅުވާހިތުން ނަޝީދުގެ ޓްވީޓެއްގައި ޒަހްރާން ރާއްޖެނާންނަކަން ސާބިތު ނުކުރެވޭކަމަށް ބުނިއިރު އެމްޑީޕީގެ އިސްސަފުގައި ހަރަކާތްތެރިވާ ވަރަށް ގިނަ އެކްޓިވިސްޓުން ދިވެހިންނާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ވާހަކަދައްކަމުންދިޔައެވެ. ނަތީޖާއަކަށްވީ ސްރީލަންކާ ސަރުކާރުން ދިވެހިންނަށް ނޮހޮރުއްޕާންވާވަރަށް ބަލައިފާސްކުރަންފެށުމެވެ. އެކަމާއި ގަންނަންފެށި ބިރެއްގެ ސަބަބުން އެތައް ދިވެހި އާއިލާއެއް އެބުރި ގައުމަށް އަތުވެއްޖެއެވެ. މިއަދު އެގައުމުގައި ދިވެހިންނަށް ކުރިން އުޅެވެމުންދިޔަހާ ފަސޭހަކޮށެއް ނޫޅެވެއެވެ. ދިވެހިންނަށް މިދުއްތުރާތައް މިއައީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދިވެހި ރާއްޖެއާއި ދިވެހިންނާ ދެކޮޅަށް އިންޑިޔާ ސަރުކާރުން އެޅި ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކެއްގެ ސަބަބުންނާއި ދިވެހިންނަށް ވިސާނުދީ އިންޑިޔާގައި ދިރިއުޅެމުންދިޔަ ދިވެހި އާއިލާތައް އެގައުމުން ބޭރުކޮށްލުމުން ވަރަށް ގިނަ ދިވެހި އާއިލާތައް އިންޑިޔާ ދޫކޮށް ސްރީލަންކާއަށް ބަދަލުވެފައިވަނިކޮށެވެ.

މިހުރިހައި މުސީބާތްތަކެއް ގައުމުން ބޭރުގައި ދިވެހިންނަށް ޖެހުމުގައި ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ދިވެހިން ބަދުނާމްކޮށް ބޭރުގައުމުތަކުގެ މީޑިއާގައި ދައްކަވާ ވާހަކަފުޅުތައް ވަރަށް ބޮޑު ބައެއް އަދާކުރެއެވެ. ޚާރިޖީވަޒީރު އަބްދުﷲ ޝާހިދު މީޑިއާގައި މީގެކުރިން ވިދާޅުވެފައިވާގޮތުގައި ކުރިން ބޭރުގައުމުތަކުގައި ދިވެހިންނަށް ވަރަށް ފަސޭހައިން ދިރިއުޅެވެމުންދިޔަ ނަމަވެސް މިހާރު ސިންގަޕޫރުގައިވެސް ދިވެހިންނަށް އިތުރު ދަތިތަކާއި އިމިގްރޭޝަންގައި ދިމާވާކަމަށެވެ. ކުރިން ޗެކްނުކުރާވަރަށް ކުރެއެވެ.

ކޮންމެއަކަސް ސްރީލަންކާގައި ގޮއްވާލި ބޮންތަކުގައި ދިވެހިންނާ އެއްވެސް ގުޅުމެއްހުރިތޯ ލައްކަގިނަ ބެލުންތަކެއް ބެލުމަށްފަހު ސްރީލަންކާގެ ފުލުހުން ބުނެފައިވަނީ ދިވެހިންނަށް ކުރެވޭ ތުހުމަތުތަކެއް ނެތްކަމަށެވެ. މީގައި ޝައްކުތަކެއްވެސް އެބައުފެދެއެވެ. ދިވެހި ރާއްޖެއާ ކައިރިތަނެއްގައި ބޮމެއް ގޮއްވާލާއިރަށް އިންޑިޔާގެ ނޫސްވެރިން ދިވެހި ރާއްޖެއަކާ މިހާބޮޑަށް މިއަޅައިގަންނަނީ ކީއްވގެންބާވައެވެ. އަމްދުން ބޮންގޮއްވާލި މަސްޓަރމައިންޑް ޒަހްރާންއާއި ގުޅުންހުރި މީހުންތައްތިބީ އިންޑިޔާގައިކަމަށްވާއިރުވެސް މެއެވެ. އެޖަމާއަތާގުޅުންހުރި މީހުންކަމަށްބުނެ އިންޑިޔާގެ ފުލުހުން އެގައުމުން މީހުން އެބަ ހައްޔަރުކުރެއެވެ. އެޒަހްރާނަކު އިންޑިޔާގައި އުޅުނުކަމަށްވެސް އެބަކިޔައެވެ. ސްރީލަންކާއަށް ހަމަލާއެއް އަންނަން އުޅޭކަމަށް އިންޒާރުދިނީ އިންޑިޔާއިންނެވެ. ސްރީލަންކާގައި ބޮންގޮއްވި މީހުން ސްރީލަންކާގެ ބުދުފައްޅިތަކަށް ހަމަލާނުދީ ހަމައެކަނި ހަމަލާމިދިނީ ކްރިސްޓިއަން ފައްޅިތަކަށެވެ. ހަމަލާއާއިގުޅިގެން ސްރީލަންކާ ސަރުކާރުން ފުރަތަމަވެސް މަނާކުރަން ހިފީ މުސްލިމް އަންހެނުން ބުރުގާ އެޅުމާއެވެ. ބުރުގާއާ ހަމަލާދިން މެތަޑާއި އެއްވެސް ގުޅުމެއް ހުރީއަކީވެސް ނޫނެވެ. ބޮން އުފުލީ ބުރުގާ ދަށަށްލައި ފޮރުވައިގެންނެއް ނޫނެވެ. ބެކްޕެކް ބޭގްތަކެއްގެތެރޭގައެވެ.

އިންޑިޔާއިން ހަރުކަށި ހިންދޫން އެގައުމުގެ މިއަދުގެ ސަރުކާރުގެ ބްލެސިންގައި މުސްލިމުންގެ މުދާތައް ހަލާކުކޮށް މަރާހަދަމުންދަނީއެވެ. ސްރީލަންކާގައި ބުޑިސްޓުން އިސްލާމުންގެ ގެތަކާއި ފިހާރަތައް އަންދައިހަދާތާ ކިތަންމެ ދުވަހެކެވެ. ހަރުކަށި ބުޑިސްޓުންނާއި ހަރުކަށި ހިންދޫން މިއަދު މިއޮތީ އެއް މަގްސަދެއްގައި ގުޅި ލާމެހިފައެވެ. އެމީހުން މުސްލިމުން މަރާމެރުންތަކާއި ކުރާއަނިޔާތަކަށް އަޅުގަނޑުމެންގެ ސިޔާސީ ބޭފުޅުންގެ ހިއްޕުޅަށް އެއްވެސް އަސަރެއް ނުކުރެއެވެ. އަރުވާޖަހައިގެން ފަޟީހަތްކުރެވޭތޯ ބަލަނީ ދިވެހިންނާ ދިވެހި ގައުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.